Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރެކްޝަންސް ސަރވިސް

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގަ ހުރި ކަންކަން ތަންފީޒުކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި

ހުށަހަޅުންތައް ތަންފީޒުކުރުމަށް ކުރަން ހުރި މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދެއްވައިގެން އެކަން ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގަންފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ޖެނުއަރީ 2020 | ހޯމަ 12:02
ޚާއްސަ ކޮމިޓީ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ބައްދަލުކުރައްވާފައި

ޚާއްސަ ކޮމިޓީ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ބައްދަލުކުރައްވާފައި

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓުގެ ހުށަހެޅުންތަކުގެ ތެރެއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ޢަމަލީ ގޮތުން ތަންފީޒުކުރުމަށާއި، ތަންފީޒުކުރެވޭ މިންވަރު ބެލެހެއްޓުމަށް ޚާއްޞަ ކޮމިޓީއެއް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު އެކުލަވާލައްވައިފި އެވެ.

ކަރެކްޝަންސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިކޮމެޓީގެ މެންބަރުންނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ބައްދަލުކުރައްވާ ހުށަހަޅުންތައް ތަންފީޒުކުރުމަށް ކުރަން ހުރި މަސައްކަތްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އެކަން ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އެދިވަޑައިގަންފައިވާކަމަށެވެ.

Advertisement - newsAdvertisement

ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ޙަވާލުވެ ހުންނަވި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު މަޤާމުން ވަކިކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެއަށްފަހު އެމަޤާމަށް ޢައްޔަނުކުރައްވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަޙްމަދު މުޙައްމަދު ފުޅެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްކަމަށް އަޙްމަދު މުޙައްމަދު ފުޅު ޢައްޔަނުކުރެއްވުމާއި ގުޅިގެން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ރާއްޖޭގެ ޖަލުތައް އިޞްލާޙުކުރުމަށް ވެވަޑައިގަންފައިވާ ވަޢުދުފުޅާ ، ޖަލު އޮޑިޓްގެ ރިކޮމެންޑޭޝަން ތަންފީޒުކުރުމުގެ މަސައްކަތް އާ ސީޕީ އާއެކު ހަލުވިކަމާއެކު ކުރިޔަށްގެންދަވާނެ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި ޓްވީޓްގައި އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ސަރުކާރަށާއި ޢާންމުންނަށް ދެއްވާކަމަށެވެ.

އަދި ޖަލުގެ ޙާލަތު ރަނގަޅުކޮށް ކަރެކްޝަންސްގެ ކަންކަން ވަރުގަދަ ކުރައްވާ ތަނުގެ ކެޕޭސިޓީ އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

ދާދި ފަހުން ޖަލުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އޭރުގެ ސީޕީ މުނާޒަށާއި، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު