ރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސް
ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި މީހެއް ހައްޔަރުކޮށްފި
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރުގެ 60 އަހަރުގެ ދިވެހި ފިރިހެނެއް

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2020 | ހޯމަ 03:05

ޖިންސީ ގޯނާ- ރެޕްރެޒެންޓޭޝަނަލް ފޮޓޯ
މި ޖެނުއަރީ މަހުގެ އެކި ދުވަސް މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި ދިވެހި ފިރިހެނެއް ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.
މި ކަމާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރުގެ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އަދި އެމީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން އާދީއްތަ ދުވަހުގެ 18:10 ގައި ހައްޔަރުކޮށްފައި ކަމަށެވެ.
ދާދި ފަހުން ދެކުނުގެ ރަށެއްގައި އުމުރުން ދެ އަހަރުނުވާ ތުއްތު ކުއްޖަކަށް އޭނާގެ އާއިލާގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު މައްސަލަ ފެންމަތިވުމާއި އެކު އެފަދަ އެތައް މައްސަލަތަކެއް ފުލުހުންނަށް ދަނީ ރިޕޯޓް ކުރަމުންނެވެ.








