Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޯބީ ބްރަޔަންޓް

މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެ

އޭނާ މަރުވީ އޭނާ ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓި ހިނގި އެކްސިޑެންޓްގަ

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޖެނުއަރީ 2020 | އާދީއްތަ 20:37
ކޯބީ ބްރަޔަންޓް

ކޯބީ ބްރަޔަންޓް

އެމެރިކާގެ ކުރީގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް މަރުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ ދަތުރުކުރަމުންދިޔަ ޕްރައިވެޓް ހެލިކޮޕްޓަރު ވެއްޓި ހިނގި އެކްސިޑެންޓްގައެވެ. މި ހާދިސާގައި ބްރަޔަންޓް އިތުރުން އޭނާއާއި އެކު ހެލިކޮޕްޓަރުން ދަތުރުކުރި ނުވަ މީހުން ވެސް ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި ބްރަޔަންޓްގެ އަންހެން ދަރިފުޅުވެސް ހިމެނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބްރަޔަންޓް ދަތުރުކުރަމުން ދިޔައީ އޭނާ ދިރިއުޅޭ އޮރޭންޖް ކައުންޓީންގައި އޭނާ ހިންގާ ޔޫތު ބާސްކެޓްބޯޅަ އެކަޑަމީ އަށެވެ. އޭނާގެ ބޭނުމަކީ އެތަނުގައި ކުރިޔަށްދާ މުބާރާތުގައި ދަރިފުޅު ކުޅެމުންދާ ޓީމަށް ކޯޗުކަން ކޮށްދިނުމެވެ.

ބްރަޔަންޓް މަޝްހޫރު ވެގެންދިޔައީ ލޮސް އެންޖަލަސް ލޭކަރސް އަށް ކުޅުނު ދުވަސްވަރުގައެވެ. ބާސްކެޓް ބޯޅަ ކުޅުމުން ރިޓަޔަރ ވުމުގެ ކުރިން އޭނާވަނީ އެންބީއޭގެ 18 އޯލް ސްޓާރ ގޭމް ކުޅެފައެވެ. މީގެއިތުރުން އެންބީއޭ ޗެމްޕިއަންޝިޕް ފަސް ފަހަރު އޭނާވަނީ ކާމިޔާބުކޮށްފައެވެ. ބާސްކެޓްކުޅުން އޭނާ ހުއްޓައިލައިފައިވަނީ 2016 ވަނަ އަހަރުގައެވެ.

ބްރަޔަންޓްގެ ސީނިއަރ ކެރިޔަރ ފަށައިފައިވަނީ 1996 ވަނަ އަހަރުއެވެ. އޭނާގެ މުޅި ކެރިޔަރގައި ކުޅެފައިވަނީ އެންމެ ކްލަބަކަށެވެ.

ބްރަޔަންޓް މަރާއި ގުޅިގެން އެންބީއޭގެ ކޮމިޝަނާ އެޑަމް ސިލްވާ ވިދާޅުވީ ގެއްލިގެން މިދިޔައީ އެންބީއޭގެ ތާރީހުދުއް އެންމެ މޮޅު ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ލެޖެންޑެއް ކަމަށާއި އަދި މި ފަހުގެ ތާރީހުގައި އޭނާ ހަދައިފައިވާ ރެކޯޑްތައް އެހެން ކުޅުންތެރިންނަށް މުގުރާލުމަށް އުނދަގޫ ވާނެ ކަމަށްވެސް ބުންޏެވެ. މީގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ. އޭގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ހިމެނެއެވެ. މީގެ އިތުރުން އެންބީއޭއާއި ދުނިޔޭގެ ބާސްކެޓް ކޮމިއުނިޓީއިން އަންނީ އޭނާގެ މަރުގެ ހިތާމައިގައި ބައިވެރިވަމުންނެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
12 އެޕްރީލު 2017

ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި

12 އެޕްރީލު 2017
ސާބާ ޗެމްޕިއަންޝިޕަށް ގައުމީ ބާސްކެޓް ޓީމުގެ ފަރިތަކުރުންތައް ފަށައިފި
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު