Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޭރު ގައުމުތަކުގެ އެމްބަސީތައް

ބޭރު ޤައުމުތަކުގައި ތިބި ދިވެހިންގެ މަޢުލޫމާތު އެއްކުރަން ފަށައިފި

26 ޖެނުއަރީ 2020 | އާދީއްތަ 13:17

މައުލޫމާތު އެއްކުރަމުން ދަނީ ނިއު ކްރޯނާ ވައިރަސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖެނުއަރީ 2020 | އާދީއްތަ 13:17
ރާއްޖޭގެ ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓްރީ

ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ދިވެހި އެމްބަސީތަކުން ކުރަން ފަށައިފިއެވެ.

އެމްބަސީތަކުން ދިވެހިންގެ މަޢުލޫމާތު އެއްކުރަމުންދަނީ ޗައިނާގައި ފެތުރެމުންދާ ނިއު ކޮރޯނާ ވައިރަސްއާއި ގުޅިގެން އެކި ޤައުމުތަކަށް ދަތުރުކުރަމުންދާ ޗައިނާގެ ފަތުރުވެރިންގެ ގައިން މި ވައިރަސް ފެންނަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

އެގޮތުން މެލޭޝިއާއިން ނިއު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވި 4 މީހަކު ފެނިފައިވާ އިރު، އެޤައުމުގައި ހުންނަ ދިވެހި އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ "ކޮރޯނާ ވައިރަސް" ޖެހިފައިވާ 4 މީހަކު މިހާތަނަށް ފެނިފައިވާކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ކަމަށެވެ. އަދި މި ވައިރަސް މެލޭޝިޔާގައި ފެތުރިގެން ހިގައްޖެ ޙާލަތެއްގައި ދިވެހިރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވާނީ މެލޭޝިޔާގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންގެ މަޢުލޫމާތު އެގިގެން ކަމަށް ބުނެފައިވެއެވެ.

އަދި މިހާތަނަށް އެމްބަސީގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކުން އެމްބަސީގެ އެމަޖެންސީ ނަންބަރަށް ގުޅައިގެން ނުވަތަ އޮންލައިން ފޯމު ފުރިހަމަ ކޮށްގެން އެމްބަސީގައި ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންނާއި، އެކި ކަންކަމުގައި ދަތުރުކޮށްފައިވާ ފަރާތްތައް އެމްބަސީއަށް ގުޅައިގެން ރަޖިސްޓްރީވުމަށް އެދިފައެވެ. މީގެ އިތުރުން އިންޑިއާގެ ކެރެލާ ސްޓޭޓްގައި ތިބި ދިވެހިން އެ ސްޓޭޓްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ. އެގޮތުން އެ ސްޓޭޓްގެ ކޮންސިއުލޭޓް ޖެނެރަލްގެ އީމެއިންinfo@consulateofmaldives.inނުވަތަ ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ސައުދީޢަރައްބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިންގެ މަޢުލޫމާތު އެމްބަސީއަށް ޙިއްސާކޮށް ރަޖިސްޓްރީވުމަށް އެދިފައެވެ. އެ އެމްބަސީން ބުނީ ނިއު ކޮރޯނާ ވައިރަސްއަށް ރައްކާތެރިވުމުގެ ގޮތުން، އެ އެމްބަސީގެ އީމެއިލްadmin@maldivesembassy.org.saއަށް މެއިލްކޮށްގެން ނުވަނަ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދުމަށް ވަނީ އެދިފައެވެ.

ކޮރޯނާ ވައިރަސް ޖެހިފައި ތިބި ބަޔަކު ޖަޕާނުން ވެސް ވަނީ ފެނިފައެވެ. އެޤައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފައިވަނީ އެޤައުމުގައި ދިރިއުޅެމުން އަންނަ ދިވެހިން އެމްބަސީގެ މެއިލްinfo@maldivesembassy.jpއަދި ހޮޓްލައިން ނަންބަރަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

ނިއު ކޮރޯނާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވެސް ވަނީ އެޤައުމުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާއި އެޤައުމުގައި އެކިކަންކަމަށް ގޮސް ތިބި ދިވެހިންގެ މަޢުލޫމާތު އެޤައުމުގައި ހުންނަ އެމްބަސީއާ ހިއްސާކުރުމަށް އެދިފައެވެ.

ނިއު ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާއިން 56 މީހަކު މަރުވެފައިވާ އިރު، މިހާތަނަށް 1975 މީހަކު ވަނީ މި ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ވައިރަސް ޖެހިފައި ތިބި މީހުން ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަޕާން، މެލޭޝިއާ، ސިންގަޕޫރު، ނޭޕާލް، ސައުތުކޮރެއާ، ޓައިވާން، ތައިލެންޑް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް