Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކްރޯނާ ވައިރަސް - މެލޭޝިއާ

މެލޭޝިއާއިން ވެސް ކޮރޯނާ ވައިރަސް ޖެހިފައި ތިބި 3 މީހަކު ފެނިއްޖެ

ވައިރަސްއަށް ހުށަހެޅުނު ތިން މީހުންނަނީ ސިންގަޕޫރުގައި މި ބައްޔަށް ޕޮޒިޓިވްވި 66 އަހަރުގެ ފިރިހެން މީހާއާއި ގުޅުންހުރި ބައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2020 | ހޮނިހިރު 13:36
މެލޭޝިއާގެ އޮފިޝަލަކު އެއާޕޯޓުގައި އެގައުމަށް އަންނަ ފަތުރުވެރިން މޮނިޓަރ ކުރަނީ

މެލޭޝިއާގެ އޮފިޝަލަކު އެއާޕޯޓުގައި އެގައުމަށް އަންނަ ފަތުރުވެރިން މޮނިޓަރ ކުރަނީ

މެލޭޝިއާއިން ވެސް ކޮރޯނާ ވައިރަސް އަށް 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

މިއީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ފުރަތަމަ މި ބައްޔަށް މީހަކު ޕޮޒިޓިވްވި ޤައުމެވެ. މީގެ އިތުރުން އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ނޭޕާލުން އެކަކު ފެނިފައިވާ އިރު، އިންޑިއާއިން ވެސް މި ބައްޔަށް ޝައްކު ކުރެވޭ ބަޔަކު ވަނީ ފެނިފައެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒުލްކެފްލީ އަހުމަދު ވިދާޅުވީ ވައިރަސްއަށް ހުށަހެޅުނު ތިން މީހުންނަނީ ސިންގަޕޫރުގައި މި ބައްޔަށް ޕޮޒިޓިވްވި 66 އަހަރުގެ ފިރިހެން މީހާއާއި ގުޅުންހުރި ބައެއް ކަމަށެވެ.

ހުކުރު ދުވަހު މެލޭޝިއާގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ލީ ބޫން ޗީއި ވިދާޅުވީ ސިންގަޕޫރުގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހާއާއެކު ޗައިނާއަށް ނިޞްބަތްވާ 8 މީހަކު އުޅުނު ކަމަށާއި، އެމީހުން މެލޭޝިއާއަށް އެތެރެވުމާއެކު ޖޯހޯރު ބަހްރުގެ ހޮޓަލެއްގައި ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވި ތިން މީހުންނަށް ދަނީ ކުއަލާ ލަމްޕޫރުގެ ސުންގައި ބުލޮޝް ހޮސްޕިޓަލުގައި މޮނިޓަރ ކުރެވެމުންނެވެ.

ވައިރަސްއަށް ޕޮޒިޓިވް ތިން މީހުންނަކީ ސިންގަޕޫރުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހާގެ އަންހެނުންނާއި ދެ ކާފަ ދަރިންނެވެ. އޭގެ ތެރެއިން އަންހެން މީހާގެ އުމުރަކީ 65 އަހަރެވެ. އަދި ދެ ކާފަ ދަރިންގެ އުމުރަކީ 2 އަހަރާއި 11 އަހަރެވެ.

މި ޢާއިލާ ދަތުރުކުރި ގޮތް ކިޔައިދެއްވަމުން މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒުލްކެފްލީ ވިދާޅުވީ އެމީހުން ދަތުރުކޮށްފައިވަނީ ޗައިނާގެ ގޮންޒޫ އިން ސިންގަޕޫރަށް، މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޢާއިލާގައި ހިމެނޭ ކާފަ އާއި އޭނާގެ ދަރިފުޅު ބައްޔަށް ޕޮޒިޓިވް ވެގެން ސިންގަޕޫރުގައި ފަރުވާދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޒުލްކެފްލީ ވިދާޅުވީ މެލޭޝިއާގެ މިނިސްޓްރީއަށް މިކަމުގެ އެލަރޓް ދީފައިވަނީ ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ކަމަށާއި، މި ޢާއިލާގެ އިތުރުން ހަތަރު މީހުންގެ އެހެން ޢާއިލާއެއް ވެސް އެމީހުންނާއެކު ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މި ގްރޫޕުގައި ހިމެނޭ އިތުރު 8 މީހަކު ހޯދިފައި ނުވާ ކަމަށާއި، އެމީހުން ޖޯހޮރު ބަހުރަށް އެތެރެވެފައިވާ ކަމަށެވެ.

މިހާތަނަށް ޗައިނާއިން 850 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. އަދި މިހާތަނަށް 26 މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ވެސް ޗައިނާއިން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި ޗައިނާގައި މި ބަލި ފުރަތަމަ ފެނުނު ހޫބޭ ޕްރޮވިންސް އިން 12 މީހަކު މަރުވެފައިވާ އިރު އެހެނިހެން ސިޓީތަކުން 13 މީހަކު ވަނީ މަރުވެފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ހިސާބުތަކުގައ 40 މިލިއަނަށް ވުރެ ގިނަ މީހުން ދަނީ ދިރިއުޅެމުންނެވެ. އަދި މި ޞަރަޙައްދުތަކުގެ ޢާންމު ދަތުރުފަތުރު ހުއްޓުމަކަށް ގެނެސްފައިވާ އިރު، ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް އެކި ތަންތަނަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން އެ ޤައުމުގެ 15 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ދުނިޔޭގެ ޞިއްޙަތާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ކްރޯނާ ވައިރަސް ބަލި ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ޖަޕާން، ތައިލެންޑް، ސައުތު ކޮރެއާ، އެމެރިކާ، ފްރާންސް، ނޭޕާލް، ސިންގަޕޫރު، މެލޭޝިއާ އަދި އިންޑިއާއިން ވަނީ ބައްޔަށް ޝައްކުކުރެވޭ ބައެއް ފެނިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

30 ޖޫން 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު