Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ޓޫރިޒަމް

ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް "ވިޒިޓް މޯލްޑިވްސް ފްރޮމް ހާ ޓު ސީނު" ރަށްތަކަށް ދަތުރުތައް ފަށަނީ

އިންޓަރނޭޝަނަލް މާކެޓްއަށް ނެރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2020 | ހޮނިހިރު 04:31
ހާސީނުގެ ފައުންޑަރ އަލީ ހަމީދު

ހާސީނުގެ ފައުންޑަރ އަލީ ހަމީދު

ލޯކަލް ޓޫރިޒަމްފުޅާކޮށް، ގެސްޓްހައުސްތައް އިންޓަރނޭޝަލް މަރކެޓަށް ނެރުމަށް ހާސީނުން ރަށްތަކަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ހުޅުމާލޭގެ ސެންޓަރަލް ޕާކުގައި ބޭއްވި ހަފްލާއެއްގައި ހާސީނުގެ ފައުންޑަރ އަލީ ހަމީދު ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަތަކުގައި ގެސްޓްހައުސް ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތައްކުރާ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ވިޔަފާރި އިންޓަރނޭޝަނަލް މާކެޓްއަށް ނެރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މަގުސަދަކީ ރަށްރަށުގެ މީހުންނަށް އެރަށް ޕްރޮމޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، ރާއްޖޭގެ މީހުން ދިރުއުޅޭ 185 ރަށަށް ޒިޔާރަތްކޮށް، އެރަށްތަކުގެ ގެސްޓްހައުސް ވިޔަފާރިތައް ބޭރުގެ ބޮޑެތި ފެޔަރތަކުގައި ބައިވެރިކުރުވާނެ ގޮތް ހެދުން ކަމަށެވެ. އަދި ވިދާޅުވީ ރިސޯޓުތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ހިންގާ ފަރާތްތައް މި ސިނާއަތުގައި ބާރުގަދަ ބަޔަކަށް ހަދާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ ކޮންމެ ރަށެއްވެސް ޕްރޮމޯޓް ކުރަމުންދަނީ އެރަށެއްގެ ވައްޓަފާޅިއާ ސަގާފަތް ކަމަށެވެ. އަދި އެރަކަށް ޚާއްސަ 24 ކަމެއް ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ އެރަށަކަށް ޒިޔާރަތް ކުރާ ފަތުރުވެރިޔާއަށް އެރަށުން ލިބޭ ޚިދުމަތްތަކާއި، ފުރިހަމަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ރަށެއްގެ ފަރާއި، މޫދުގެ ރީތިކަން އިސްތިހާރު ކުރެވިގެންދާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ ސީޒަންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިދަތުރުގެ ފުރަތަމަ ސީޒަންގައި ދެވޭ ރަށްތަކުގެ ފޮޓޯއާއި ވީޑިއޯތައް އެގްޒިބިޝަންއެއްގެ ސިފައިގައި ހުޅުމާލޭގެ ސެންޓަރަލް ޕާކުގައި މާލޭގައި ދިރިއުޅޭ މީހުންނަށް ދައްކާލުން އޮންނާނެ ކަމަށެވެ. އަދި އެރަށްތަކަށް ނުދާ މީހުންނަށް އެރަށްރަށުގެ މައުލޫމާތާއި، ފޮޓޯ އަދި ވީޑިއޯތައް އެއްތަނަކުން ބަލާލުމުގެ ފުރުސަތު ލިބުމަކީ ވެސް ލިބޭ ކުރިއެރުމެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

ހާސީނުގައި ހިމެނީ ޖުމްލަ 04 މެމްބަރުން ކަމުގައި ވިޔަސް ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން ހަމީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ދަތުރުތަކަށް ޚާއްސަ ޔޫޓިއުބް ޗެނަލްއިން ފަހުގެ ވީޑިއޯތަކާއި އެންމެފަހުގެ އަޕްޑޭޑްތައް ފެންނާނެ ކަމަށެވެ. އަދި ވީޑިއޯތަކާއި ފޮޓޯތައް ނަގަމުންދަނީ ޑިޖޭއޭ ޕްރޮޑަކްޓްތައް ބޭނުންކޮށްގެންކަން ހަމީދު ފާހަގަކުރެއްވިއެވެ.

ހާސީނުން މިކުރާ ދަތުރުތަކުގައި އެރަށްރަށުގެ ރައްޔިތުން ބައިވެރިވުމަށް ހަމީދު ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު