Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިޝަރީޒް މިނިސްޓްރީ

ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަގުވާމީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

22 ޖެނުއަރީ 2020 | ބުދަ 15:02

ރާއްޖެއިން މި ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ބައިވެރިވެވަޑައިގެންނެވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 22 ޖެނުއަރީ 2020 | ބުދަ 15:02
ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަގުވާމީ ވަޒީރުންގެ ބައްދަލުވުން ކުރިއަށްދަނީ

ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަގުވާމީ ވަޒީރުންގެ ބައްދަލުވުން ކުރިއަށްދަނީ

މިއަހަރުގެ ޖެނުއަރީ 16 އިން 20 އަށް ޖަރުމަންވިލާތުގެ ބާރލިންގައި ކުރިއަށް ގެންދެވުނު ދުނިޔޭގެ ކާނާއާއި ދަނޑުވެރިކަމުގެ ބައިނަލްއަޤްވާމީ ވަޒީރުންގެ ބައްދަލުވުން ނުވަތަ 'ގްލޯބަލް ފޯރަމް ފޯރ ފުޑް އެންޑް އެގްރިކަލްޗަރ' ޖީ.އެފް.އެފް.އޭ ގައި ރާއްޖޭއިން ބައިވެރިވެއްޖެއެވެ.

ޖަރުމަންވިލާތުގެ ފެޑަރަލް މިނިސްޓަރ ފޮރ އެގްރިކަލްޗަރ ޖޫލިއާ ކްލޮކްނަރގެ ދަޢުވަތަކަށް، ރާއްޖެއިން މިބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަޙީދާއި ޓެކްނިކަލް ސަޕޯޓްގެ ގޮތުގައި ސީނިއަރ އެގްރިކަލްޗަރ އޮފިސަރ، ގާސިތު މުޙައްމަދެވެ.

Advertisement - newsAdvertisement

ޖީ.އެފް.އެފް.އޭ އަކީ ކޮންމެ އަހަރަކުވެސް ދަނޑުވެރިކަމާއި ކާނާ އުފެއްދުމުގެ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގައި، އެ ވަގުތެއްގައި ދިމާވެފައި ބޮޑެތި ގޮންޖެހުންތަކާއިމެދު ވީހާވެސް ގިނަ ޤައުމުތައް ހިމެނޭގޮތައް، ވަޒީރުންގެ ފެންވަރުގައި ބޭއްވޭ މަޝްވަރާ ބައްދަލުވުމެކެވެ. ފާއިތުވި 10 އަހަރުވެސް މިފޯރަމްގެ ކަންތައްތައް އިސްވެ ރާވާ އިންތިޒާމުކޮށްފައިވަނީ ޖަރުމަންވިލާތުގެ ފެޑެރަލް މިނިސްޓްރީ އޮފް ފުޑް އެންޑް އެގްރިކަލްޗަރ އިންނެވެ.

މިއަހަރުގެ ޖީ.އެފް.އެފް.އޭގެ މައިގަނޑު ޝިޢާރަކީ 'ފުޑް ފޯރ އޯލް، ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓެއިނަބަލް ފުޑް' އެވެ. މިޝިޢާރު އަމާޒުކުރެވިފައިވަނީ، ބަނޑުހައިހޫނުކަން ނައްތާލުމަށާއި، ޤައުމުތަކުގެ މެދުގައި ފުޑް ސެކިއުރިޓީ ޙާސިލްކުރުމަށްޓަކައި ޓްރޭޑް ނުވަތަ ވިޔަފާރި އަދާކުރާ ދައުރާއި ގުޅޭގޮތުންނެވެ.

އެގޮތުން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ވިޔާފާރީގެ މުޢާހަދާތަކާއި ޤައުމުތަކުގެ މެދުގައި ކުރެވިފައިވާ 'ޓްރޭޑް އެގްރިމަންޓްސް' ނުވަތަ ވިޔާފާރީގެ އެއްބަސްވުންތައް ހަމަހަމަކޮށް ހަރުދަނާކުރުމުގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މިފޯރަމްގެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި، މިފަހަރުގެ ޝިޢާރާއި ގުޅިގެން ޤައުމުތައް އެއްމިސްރާބަކަށް މަސައްކަތްކުރުމަށްޓަކައި މި ފޯރަމްގެ ބައިވެރިވި ޤައުމުތައް ބޭނުންވާ މައިގަނޑު ނުކުތާތައް ހިމެނޭގޮތައް ތައްޔާރުކުރެވި ފައިނަލްކުރެވުނު 'ކަރުދާސް' ނުވަތަ 'ކޮމިއުނިކޭ' ހުށަހަޅާފައި ވެއެވެ.

މިކަރުދާސް ފައިނަލް ކުރުމުގައި ރާއްޖެއިން ބޭނުންވާ ކަންތައްތައް ވެސް ހިމެނިފައިވޭތޯ ވަނީ ބެލިފައެވެ. އަދި މިފަހަރުގެ މިދަތުރަކީ މިފޯރަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ދެވަނަފަހަރެވެ.

މި ފޯރަމްގައި 70 ޤައުމެއްގެ ވަޒީރުންގެ އިތުރުން، އ.ދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމިއްޔާ، އެފް.އޭ.އޯ އާއި އ.ދ ގެ ވިޔާފާރިއާއިބެހޭ ޖަމިއްޔާ ޑަބްލިއު.ޓީ.އޯ އިންވެސް ބައިވެރިވިއެވެ. މިފޯރަމުގައި އެފް.އޭ.އޯ އިން އިންތިޒާމްކުރެއްވި 'ހައިލެވެލް ޕެނަލް ޑިސްކަޝަން އޮން ހާނެސިންގ ޓްރޭޑް ފޯރ ސެކުއަރ، ޑައިވާސް އެންޑް ސަސްޓައިނަބަލް ނިއުޓްރިޝަން' ސެޝަންގެ ޕެނަލިސްޓެއްގެ ޙައިސިއްޔަތުން މިނިސްޓަރ، ޒަހާ ވަޙީދުވަނީ ބައިވެރިވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފުޑް އެންޑް ނިއުޓްރިޝަނަލް ސެކިއުރިޓީ ޙާސިލްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި އެކަންތައްތައް ހައްލުކުރުމަށް ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ މުހިންމުކަމާއި އަދި މިކަމުގައި އެހެން ޤައުމުތަކާއެކު ވެފައިވާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ދިވެހިރާއްޖެ ފަދަ ކުދި އަދި މެދު ފަންތީގެ ޤައުމުތައް ވިޔަފާރީގައި ބައިވެރިވެވޭ މިންވަރު އިތުރުކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްސާކުރެވި އެކަންތައްތައް ޙައްލުކުރާނެ ގޮތުގެ ވާހަކަތައް ކުރިއަށް ގެންދެވުނެވެ.

މިދަތުރުފުޅުގައި ބައިވެރިވި ދިވެހިރާއްޖޭގެ ޑެލިގޭޝަން ވަނީ، މިފޯރަމާއި ވިދިގެން، ބާރލިންގައި ފެށިގެންދިޔަ 'އިންޓަރނޭޝަނަލް ގްރީން ވީކް' ނުވަތަ އައި.ޖީ.ޑަބްލިއު 2020 ގެ ހަރަކާތްތަކުގައިވެސް ބައިވެރިވެފައެވެ. އައި.ޖީ.ޑަބްލިއު އަކީ 90 އަށްވުރެ ގިނަ އަހަރުވެފައިވާ ތާރީޚެއް އޮންނަ ހަރަކާތެކެވެ. މިހަރަކާތުގައި އެކި ޤައުމުތަކުގައި އުފައްދާ ދަނޑުވެރިކަމާއި އަދި މަސްވެރިކަމުގެ ތަފާތު އުފެއްދުންތައް ދައްކާލުމާއި، މިދާއިރާތަކާއި ގުޅުންހުރި ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ޙިއްސާކުރެވެއެވެ. މިގޮތުން، އެކި ސްޓޯލް ތަކަށް ޒިޔާރަތްކޮށް، ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ތަފާތު ޕްރޮޖެކްޓް އަދި ޕްރޮގްރާމްތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރެވުނެވެ.

މީގެ އިތުރުން، މިފޯރަމުގެ ޙަވާސާގެ ބޭރުން ޖަރުމަންވިލާތުގައި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ވިޔަފާރިކުރައްވާ ފަރާތްތަކާއި އަދި މިދެދާއިރާގެ ޕްރޮޖެކްޓްތައް ހިންގަވާ ބައެއް ފަރާތްތަކާއި ބައްދަލުކުރެވުނެވެ. މި ބައްދަލުކުރެއްވުން ތަކުގައި މައިގަނޑުކޮށް ރާއްޖެއަށް މިވަގުތު އެންމެ މުހިންމުވާ ކަންތައްތަކުގެ ވާހަކަ ޙިއްސާކުރެވުނެވެ. އަދި މިދެދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ދިވެހި ރާއްޖެއިން ޖަރުމަންވިލާތައް ކަނޑައަޅުއްވާފައި ހުންނަވާ ސާފީރު، އަލްފާޟިލް އަޙުމަދު ލަތީފުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި މިދަތުރުފުޅުގައި ސަފީރުގެ ޙާއްސަ ދަޢުވަތަކަށް ޖަރުމުންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއަށް ޒިޔާރަތްކުރުވުނެވެ. މިބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ޖަރުމަންވިލާތުގެ ކަމާއިގުޅޭ އެކި ފަރާތްތަކާއި މަޢުލޫމާތު ޙިއްސާކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވެ. އަދި މިކަމާއި ގުޅިގެން މިހާރު ކުރެވުމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސަފީރު ޙިއްސާކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2017

މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ

19 ނޮވެމްބަރު 2017
މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ
13 ސެޕްޓެމްބަރު 2017

ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ނުގެންދެވޭނެ: ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން

13 ސެޕްޓެމްބަރު 2017
ބައިނަލްއަގުވާމީ ގަވާއިދުތަކާއި ޚިލާފަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން ނުގެންދެވޭނެ: ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލުން
10 ސެޕްޓެމްބަރު 2017

އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު

10 ސެޕްޓެމްބަރު 2017
އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު
16 އޯގަސްޓު 2017

އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް

16 އޯގަސްޓު 2017
 އެމްއެމްޕީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައިނަލްއަގުވާމީ އެހީ ހޯދާނަން: ގުޅިފައިވާ ޕާޓީތައް
05 އޯގަސްޓު 2017

ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!

05 އޯގަސްޓު 2017
ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
04 ޖުލައި 2017

އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު

04 ޖުލައި 2017
 އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު
14 މެއި 2017

ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ

14 މެއި 2017
ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހެޅޭގޮތް ބަދަލުކުރުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓަށް ހިނގައްޖެ
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް