Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުގެ ހުކުމް ތަންފީޒްކުރުން

ރާއްޖެއިން މަރުގެ ހުކުމް ތަންޒީފުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވުން!

މަރުގެ ހުކުމް ތަންޒީފުކުރުމަކީ ރާއްޖެއިން ހަދާނެ ވަރަށް ބޮޑު ގޯހެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 އޯގަސްޓު 2017 | ހޮނިހިރު 08:36
އދ.ގެ އެކްސްޓްރާޖުޑީޝަލް، ސަމަރީ އޯ އާބިޓަރީ އެގްޒެކިއުޝަންސްގެ ޚާއްސަ ރެޕަޓުއަރ އެގްނެސް ކެލެމާޑް

އދ.ގެ އެކްސްޓްރާޖުޑީޝަލް، ސަމަރީ އޯ އާބިޓަރީ އެގްޒެކިއުޝަންސްގެ ޚާއްސަ ރެޕަޓުއަރ އެގްނެސް ކެލެމާޑް

ރާއްޖެއިން 60 އަހަރަށް ފަހު މަރުގެ ހުކުމް ތަންފީޒު ކުރުން ވެގެން ދާނީ ގައުމަށާއި ރާއްޖެ ހިމެނޭ މުޅި ސަރަހައްދަށް ލިބޭނެ ވަރަށް ބޮޑު ވެއްޓުމެއް ކަމަށް އދ. އިން ބުނެފި އެވެ.

އދގެ އެކްސްޓްރާޖުޑީޝަލް، ސަމަރީ އޯ އާބިޓަރީ އެގްޒެކިއުޝަންސްގެ ޚާއްސަ ރެޕަޓުއަރ އެގްނެސް ކެލެމާޑް ވިދާޅުވީ، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒުކުރުމަކީ ރާއްޖެއިން ކުރައްވާނެ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

އދ. އިން މިހެން ވިދާޅުވެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ "ފަހިވެހި" ސޯޝަލް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަރަށްމަރު ހިފާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ނުކުރައްވާނެ ކަމަށް ބައެއް ފަރާތްތަކަށް ގަބޫލުކުރެވުމަކީ ކުށްހީއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިހާރު ވެސް އެބަފެނޭ ބައެއް ލީޑަރުން، އެބޭފުޅުންގެ ނަންފުޅު ހާމަނުކިރައްވާ ލިޔުއްވާތަން. މި ރައީސް ވެސް މަރުގެ ހުކުމް ތަންޒީފު ނުކުރާނެ އޭ. ނޫން. އެއީ ރަގަޅުވާހަކައެއް ނޫން. މި ރައީސް މަރުގެ ހުކުމް ތަންޒީފު ކުރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ އިތުރަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވަނީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން މަރުގެ ހުކުމް ތަންޒީފުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ވަކި ތާރީހެއް ފާހަގަކޮށްފައެއް ނުވެ އެވެ.

އދ. އިން ބުނީ، ރާއްޖޭގައި 20 ކުށްވެރިއަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު އޭގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށެވެ. މި 20 މީހުންގެ ތެރެއިން ތިން މީހުންނަކީ މަރުގެ ހުކުމް ތަންޒީފުކުރުން ވަރަށް ގާތް ތިން މީހުން ކަމަށް އދ. އިން ބުނެ އެވެ. މި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންޒީރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު، މަރުގެ ހުކުމް އިއްވާފައިވާ ބައެއް މީހުންގެ ޝަރީއަތްތައް ކުރިއަށްގެންދިޔަ ގޮތާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކޮށްފައިވާކަން އދ. އިން ވަނީ ފާހަގަކޮށްފަ އެވެ.

"ދިވެހި ސަރުކާރުން ތިން މީހުންގެ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލަންޖެހޭ. މަރުގެ ހުކުމް އިއްވުނު ބައެއް މީހުންގެ ޝަރީއަތާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަންބޮޑުވުން ފާޅުކުރަމުންދާއިރު މަރުގެ ހުކުމް ތަންފީޒު ކޮށްފި ނަމަ ވާނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އަރައިގަތުން ކަމަށް،" ކެލެމާޑް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވެސް ދާދި ފަހުން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންޒީފު ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އެމްއެންސްޓީ އިންޓަރނޭޝަނަލްގެ ސައުތު އޭޝިޔާ ރީޖަންގެ ޑިރެކްޓަރ ބިރާޖް ޕަޓްނައިކު ވިދާޅުވީ، މަރުގެ ހުކުމް ތަންޒީފުކުރުމަކީ ސަރުކާރުން ހިންގާ އެކި ޖަރީމާތަކުގެ ސަމާލުކަން ގެއްލުވާލުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަން ވަރަށް ސާފު ކަމަަށެވެ.

މިހާތަނަށް 141 ގައުމަކުން މަރުގެ ކުރުން ތަންފީޒުކުރުން ހުއްޓާލާފައިވާ އިރު އޭޝިޔާ ޕެސިފިކް ރީޖަނުގެ 20 ގައުމު ވެސް ވަނީ މަރުގެ ހުކުމް ތަންޒީފު ކުރުން ހުއްޓާލާފަ އެވެ.

މިިދިޔަ އަހަރު ވެސް އދ.ގެ ހިއުމަން ރައީޓްސް ކޮމިޓީން ވަނީ ހުމާމުގެ މަރުގެ މައްސަަލަ އިސްތިއުނާފު ކުރުމަށް ގޮވާލާއި އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންޒީފު ނުކުރުމަށް ގޮވާލައްވާފަ އެވެ.

ހުސައިން ހުމާމް އާއި އަހުމަދު މުއްރަތުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ 2012 ވަނަ އެެވެ. މީގެ އިތުުރުން 2009 ވަނަ އަހަަރު މުހައްމަދު ނަބީލުގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ.

މި ތިން މީހުންގެ މަރުގެ ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މަރުގެ ހުކުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލާ މައިގަނޑު ސަބަބަކީ ރާއްޖޭގައި އިތުބާރު ހިފޭ ޝަރުއީ ނިޒާމެއް ނެތުމެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު