Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރޯނާ ވައިރަސް - ރާއްޖެ

ކްރޯނާއަށް ސްކްރީން ކުރަން ވެލާނާ އެއަރޕޯޓުގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށައިފި

ކެމެރާތައް އިތުރުކޮށް ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ސްކްރީން ކުރެވޭ ގޮތް ހަދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖެނުއަރީ 2020 | ބުދަ 13:43
ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ވ) އަދީ ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު (ކ)

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން (ވ) އަދީ ދުނިޔޭގެ ޞިއްޚަތު ޖަމްޢިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑޮކްޓަރ އަރުވިންދު މާތުރު (ކ)

ކްރޯނާ ވައިރަސްއަށް ސްކޭން ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރމަލް ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ މިއަދުން ފެށީގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާފައިވާ އިރު، އައްޑު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެސް ކެމެރާ ބޭނުންކުރަން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ޕޯޓްސް ތަކުގައި އަދި ރާއްޖޭގެ ހުރިހާ އެންޓްރީ ޕޮއިންޓެއްގައި ތާރމަލް ކެމެރާ ބޭނުންކުރަން ފަށާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު ބޭނުންކުރަމުން ދަނީ 1 ކެމެރާ ކަމަށާއި، ކުރިއަށް އޮތް 3 ވަރަކަށް ދުވަހުގެ ތެރޭގައި އެ އަދަދު 6 ކެމެރާއަށް އިތުރުކުރެވޭނެކަމަށެވެ. އަދި މިއީ ބޭރުން އަންނަ ފަރާތްތައް ސްކްރީން ކުރުމަށް ބޭނުންވާ އަދަދު ކަމަށާއި، އައިސޮލޭޝަންގެ ކަންކަން ވެސް އެއަރޕޯޓުގައި މިހާރު ގާއިމް ކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެތެރެވާ ހުރިހާ ޕޮއިންޓެއްގައި ވެސް ސްކްރީން ކުރުމުގެ މަސައްކަތް ތިނެއް ނުވަތަ ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ފެށިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކްރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެމުންދިޔަ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ގޮތްނޭނގޭ ބައްޔަކީ ކޮރޯނާ ވައިރަސް ޢާއިލާގެ އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ ބައްޔެއްކަމުގައި ހޯދިފައިވާ ކަމަށެވެ.

ޗައިނާގައި މި އައުޓްބްރޭކްގައި ބަލިވި ގިނަ މީހުންނަކީ ސީފުޑް އާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކުރަމުންދިޔަ މީހުންނާއި އެތަނަށް އެކި ކަންކަމުގައި ގޮސްފައިވާ މީހުން ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗްގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި

03 އޮކްޓޯބަރު 2017
އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމަށް އައިޖީއެމްއެޗްގައި ޚާއްސަ ޕްރޮގްރާމެއް ފަށައިފި
25 ސެޕްޓެމްބަރު 2017

ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް

25 ސެޕްޓެމްބަރު 2017
ކެންސަރ ސްކްރީން ކުރަން އަދީބު އިންޑިއާއަށް ފޮނުވުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ލަފާ ދެއްވި: އެޗްއާރްސީއެމްގެ މެންބަރެއް
21 ސެޕްޓެމްބަރު 2017

ކެންސަރަށް ސްކްރީން ނުކުރެވި އަދީބު ޖަލުގައި އޮންނަވާތާ އަހަރެއްވީ!

21 ސެޕްޓެމްބަރު 2017
ކެންސަރަށް ސްކްރީން ނުކުރެވި އަދީބު ޖަލުގައި އޮންނަވާތާ އަހަރެއްވީ!
04 އޯގަސްޓު 2017

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި

04 އޯގަސްޓު 2017
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް  އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި
07 ޖުލައި 2017

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

07 ޖުލައި 2017
ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު