Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވެލާނާ އެއާޕޯޓަކީ އޭޝިއާގައި ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށްވާނެ: އިކޮނޮމިކް މިނިސްޓަރ

ޖޫން މަހުގެ 23 ވަނަ ދުވަހު ވަނީ ޝީޓްޕައިލް ޓެސްޓިންގ މަސައްކަތް ކޮށްފަ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 7 ޖުލައި 2017 | ހުކުރު 17:01
މިހާރު ހިއްކާފައިވާ ސަރަހައްދަކީ ކުރިން ހުޅުލޭ ބިން އޮތްވަރުގެ ތިންގުނަ

މިހާރު ހިއްކާފައިވާ ސަރަހައްދަކީ ކުރިން ހުޅުލޭ ބިން އޮތްވަރުގެ ތިންގުނަ

ވެލާނާއިންޓަނޭޝަނަލް އެއާޕޯޓަކީ އޭޝިއާގައި މިވަގުތު ހެދޭ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވެގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެއާޕޯޓްގެ އާ ރަންވޭ އެޅުމަށް ހިއްކާފައިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ސައީދު ވިދާޅުވީ މިހާރު ތަރައްގީ ކުރާ ސަރަހައްދު ނިމޭއިރު ކޮމާޝަލް އޭރިއާ ތަކާއި ފްރެޗައިސް ރެސްޓޯރަންޓްތައް ގެނެވިގެންދާނެކަމަށެވެ.

މިދިއަ ޖޫން މަހުގެ 23 ވަނަ ދުވަހު މީޑިއާއާއި ބައްދަލުކޮށް އެއާޕޯޓްގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާބެހޭގޮތުން މައުލޫމާތުދީ ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޖުލައި މަހުގެ ހަވަނަ ދުވަހު އަނެއްކާވެސް މިނިސްޓަރ ސައީދު އެ މައުލޫމާތު މީޑިއާއާ ހިއްސާކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށެވެ. ސަރުކާރުންވަނީ ބުދަ ދުވަހު ބްރިޖްގެ މަސައްކަތްތައްވެސް މީޑިއާއަށް ދައްކާލާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ މިހާރު ހިއްކާފައިވާ ސަރަހައްދުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފެށޭނެ ކަމަށެވެ.

"ދެން ތިން އޭރިއާއެއް ގާތްގަނޑަކަށް ނިންމާފަ އަޅުގަނޑުމެން ޝީޓްޕައިލް ކުރުމުގެ މަސައްކަތް އެއީ އަލަށް އަޅާ ރަންވޭއަޅާ ސަރަހައްދާ ސީޕްލޭން ޓާމިނަލްއާ އަދި އިންޓަރނޭޝަނަލް ޓާމިނަލް ޕެސެންޖަރ އެ އޭރިއާގަ. ދެން ތިންތަނުގަވެސް ޕެރެރަލްކޮށް މަސައްކަތްދާނެ" އާދިލް ވިދާޅުވިއެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ވަނީ ޝީޓްޕައިލް ޓެސްޓިންގ މަސައްކަތް ކޮށްފައެވެ.

ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސަބްކޮންޓްރެކްޓް އުސޫލުން ގަލްފް ކޮބްލާ ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ހުޅުލޭގެ ހުޅަނގު ދެކުނުން 7.8 ހެކްޓަރުގެ ބިން ހިއްކައި ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު އާ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2017

ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅު ހެދޭނެ ބާރެއް ނެތް: ކުޅުދުއްފުށީ ކައުންސިލް

23 އޮކްޓޯބަރު 2017
ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއި ދެކޮޅު ހެދޭނެ ބާރެއް ނެތް: ކުޅުދުއްފުށީ ކައުންސިލް
09 އޯގަސްޓު 2017

ގާސިމްގެ ހާލުކޮޅު ބަދަލެއް ނުވޭ، ޓެސްޓުތައް ނުހެދޭތީ ފަރުވާ އިތުރަށް ކުރިއަށް ނުގެންދެވިފައި!

09 އޯގަސްޓު 2017
ގާސިމްގެ ހާލުކޮޅު ބަދަލެއް ނުވޭ، ޓެސްޓުތައް ނުހެދޭތީ ފަރުވާ އިތުރަށް ކުރިއަށް ނުގެންދެވިފައި!
04 އޯގަސްޓު 2017

ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި

04 އޯގަސްޓު 2017
ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް  އަލަށް ހިއްކި ބިންތަކުގެ ޝީޓް ޕައިލް ކުރަން ފަށައިފި
27 ޖޫން 2017

ވެލާނާ އެއާޕޯޓްގެ އާ ޑިޕާޗާ ގޭޓްގެ ހިދުމަތް ދޭންފަށައިފި

27 ޖޫން 2017
ވެލާނާ އެއާޕޯޓްގެ އާ ޑިޕާޗާ ގޭޓްގެ ހިދުމަތް ދޭންފަށައިފި
18 ޖޫން 2017

ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި

18 ޖޫން 2017
ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު