Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުރައިދޫ

ގުރައިދޫ ކައުންސިލްގެ މާލީ މުއާމަލާތްތައް ސައްހައެއް ނޫން: އޮޑިޓް

އަހަރުތެރޭ ލިބުނު ފައިސާއާ ކުރެވުނު ހަރަދު މާލީ ބަޔާންތަކުގައި ހިމަނާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2020 | އަންގާރަ 15:07
ގުރައިދޫ ކައުންސިލް މެމްބަރުން ނައިބް ރައީސް ފައިސަލް އަރިހުގައި

ގުރައިދޫ ކައުންސިލް މެމްބަރުން ނައިބް ރައީސް ފައިސަލް އަރިހުގައި

ކ. ގުރައިދޫ ކައުންސިލަށް ލިބުނު ފައިސާއާއި ކުރެވުނު ޚަރަދު އަދި އަހަރު ނިމުނުއިރު ހުރި ފައިސާގެ ގޮތުގައި ހިމަނާފައިވާ އަދަދު ސައްޙަ ނޫންކަން އެ އިދާރާގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ 2018 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި އަހަރު ނިމުނުއިރު ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބޭލެވޭ ތަކެތީގެ ގޮތުގައި ހިމަނާފައިވާ އެއް މިލިއަން އަށް ސަތޭކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ ހަތް ރުފިޔާއަކީ، އަހަރު ނިމުނުއިރު ކައުންސިލްގެ އިދާރާގައި ފައިސާގެ އަދަދު ކަމަށް އެއިދާރާގެ ބޭންކު އެކައުންޓްތަކުގެ ސްޓޭޓްމަންޓުންނާއި ތިޖޫރީ ބާކީއިން ދައްކާ އަދަދަށްވުރެ އެއްމިލިއަން ތޭރަ ހާސް އެއް ސަތޭކަ ނުވަދިހަ އެއް ރުފިޔާ އިތުރު އަދަދެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަހަރު ނިމުނުއިރު ހުރި ފައިސާއާ ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ ގޮތުގައި މާލީ ބަޔާންތަކުން ދައްކާ އަދަދުތަކާއި ފައިސާއާއި ގުޅޭ ލިޔެކިއުންތަކުން ދައްކާ އަދަދުގައި ބޮޑެތި ތަފާތުތަކެއް އައިސްފައިވަނީ އަހަރު ފެށުނުއިރު ހުރި ފައިސާއާއި އަހަރުތެރޭ ލިބުނު ފައިސާއާއި އަދި އަހަރުތެރޭ ކުރެވުނު ހަރަދު ސައްހަކަމާއެކު މާލީ ބަޔާންތަކުގައި ހިމަނާފައިނުވުމުންކަން އޮޑިޓުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ގުރައިދޫ ކައުންސިލްގެ އިދާރާގެ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި 2018 ވަނައަހަރު ފެށުނުއިރު ހުރި ފައިސާގެ ގޮތުގައި 1453242 (އެއް މިލިއަން ހަތަރު ސަތޭކަ ފަންސާސް ތިން ހާސްދުއިސައްތަ ސާޅީސް ދޭއް) ރުފިޔާ ހިމަނާފައި ވީނަމަވެސް، 2017 ވަނަ އަހަރު ތިޖޫރީއާއި ބެންކު އެކައުންޓުގެ ހިސާބުތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމުން، މި އަދަދަކީ ޞައްހަ އަދަދެއް ކަމަށް ބެލެވެން ނެތް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި "ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނު"ގައި، އެހީގެ ގޮތުގައި ސަރުކާރުން ލިބުނުކަމަށް 3874675 (ތިން މިލިއަން އަށް ސަތޭކަ ހަތްދިހަ ހަތަރު ހާސްހަ ސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ހިމަނާފައި ވީނަމަވެސް، ކައުންސިލްގެ އިދާރާގެ ހިސާބުތަކުންނާއި ޕަބްލިކް އެކައުންޓިންގ ސިސްޓަމުން އެ އިދާރާއަށް 2018 ވަނަ އަހަރު އެހީގެ ގޮތުގައި ލިބުނުކަމަށް ދައްކަނީ 3381041 (ތިން މިލިއަން ތިން ސަތޭކަ އަށްޑިހަ އެއް ހާސް ސާޅިސް އެކެއް) ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެހެންކަމުން ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނުގޮތުގެ ބަޔާނުގެ ތިންވަނަ ފަރާތަކުން ކައުންސިލުގެ މަންފާއަށް ދޭ ފައިސާ އާއި ހިނގި ޚަރަދު ކޮލަމްގައި، އަހަރު ނިމުނުއިރު ހުރި ފައިސާއާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތި ކަމަށް ހިމަނާފައިވާ 493,635 (ހަތަރު ސަތޭކަ ނުވަދިހަ ތިންހާސް ހަސަތޭކަ ތިރީސް ފަހެއް) ރުފިޔާ އަކީ އަހަރު ނިމުނުއިރު ހުރި ބާކީއެއް ކަމުގައިނުވާނެ ކަމަށް އޮޑިޓްގައިވެއެވެ.

މީގެއިތުރުން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލްގެ އިދާރާއިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ހެއްދުމުގެ ފީގެ ގޮތުގައި 2018 ވަނަ އަހަރު ފައިސާ ބަލައިގަނެފައިވީ ނަމަވެސް، އައިޑީ ކާޑު ފީގެ ގޮތުގައި އަހަރު ތެރޭ ލިބުނު ފައިސާއާއި އެ ފައިސާއިން ކުރެވުނު ހޭދަ ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައި ނުވާ ކަމަށާއި، ކައުންސިލްއަށް ލިބުނު އަދި ހޭދަކުރެނު ފައިސާގެ ޖުމުލައިގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކުގެ ސައްހަކަން ކަށަވަރު ކުރެވެން ނެތް ކަމަށެވެ.

އައިޑީ ކާޑު ފީ ގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާއި މިޚިދުމަތް ފޯރުކޮށްދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންއަށް ދައްކާފައިވާ ފައިސާގެ ހިސާބުތައް އެއްވެސް ސިފައެއްގައި ބަލަހައްޓާފައި ނުވާތީ، މިފައިސާގެ އަދަދުތައް ދެނެގަނެވިފައިނުވާކަމަށް ރިޕޯޓުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު