Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ

ބޭރު ދެކުޅުންތެރިން ގެނެސް އޭއެފްސީ ކަޕަށް މާޒިޔާ ވަރުގަދަ ކޮށްފި

21 ޖެނުއަރީ 2020 | އަންގާރަ 08:13

މާޒިޔާއިން ވަނީ މި ޓްރާންސްފަރ މާކެޓްގައި ހަތަރު ކުޅުންތެރިޔެއްގެ ސޮއި ހޯދައިފަ

އަތޫފް އާތިފް
އަތޫފް އާތިފް | 21 ޖެނުއަރީ 2020 | އަންގާރަ 08:13
ސާބިއާގެ ޕްލެނިޗް (ކ) މުޙައްމަދު ޝާރިފް (ވ)

ސާބިއާގެ ޕްލެނިޗް (ކ) މުޙައްމަދު ޝާރިފް (ވ)

ބިދޭސީ އިތުރު ދެ ކުޅުންތެރިން ގެނެސް އޭއެފްސީ ކަޕަށް މާޒިޔާއިން އެޓީމުގެ ސްކޮޑް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

މާޒިޔާއާއި އަލަށް ގުޅުނީ ބިދޭސީ ދެ ޑިފެންޑަރުންނެވެ. އެގޮތުން ސާބިއާގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ޕީޓަރ ޕްލެނިޗްގެ އިތުރުން މާޒިޔާއާއި ދެން ގުޅުނީ އަފްޣާނިސްތާނުގެ ގައުމީ ޓީމަށް ކުޅެމުން އަންނަ މުޙައްމަދު ޝާރިފެވެ.

ސާބިއާގެ ޕްލެނިޗް އެންމެ ފަހުން ކުޅުނީ ބަންގާޅުގެ ޗިޓަގޮންގ އަބަހާނީ އަށެވެ. އޭނާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރީ ބޭނުންވާ ވަރުގެ ހުށަހެޅުމެއް ނުލިބުމުންނެވެ.

ސާބިއާގެ ޑިފެންޑަރ އެންމެ ފުރަތަމަ ފެނިގެންދިޔަ އޭޝިއާގެ ކްލަބަކީ ލެބަނަންގެ ނެޖްމާއެވެ. އެކްލަބާއެކު 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕް އޭނާ ކުޅުނެވެ. އޭގެ ފަހުން އިންޑޮނޭޝިއާގެ ސުޕަރ ލީގުން އޭނާ ފެނިގެންދިޔައިރު އޭނާ ކުޅުނީ ޕީއެސްއައިއެސް ސެމަރަން އަށެވެ. މާޒިޔާއިން ބުނީ ޕްލެނިޗް އަކީ ޑިފެންސިވް ހުރިހާ މަގާމަކަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް ކަމަށާއި އޭނާ ގެނައީ އެޓީމުގެ ޑިފެންސް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަފްޣާނިސްތާނު ގައުމީ ޓީމަށް ކުޅެމުން އަންނަ މުޙައްމަދު ޝާރިފަކީ ވެސް ޑިފެންޑަރެކެވެ. އޭނާ އަކީ އަފްޣާން ގައުމީ ޓީމުގެ ޑިފެންސްލައިނުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެ ކުރިން ރަޝިޔާގެ މަޝްހޫރު ކްލަބެއް ކަމަށްވާ އަންޒީ މަކައްކަލަ އަށް ކުޅެދީފައެވެ.

މާޒިޔާއިން އެޓީމުގެ ސްކޮޑް ވަރުގަދަ ކުރަނީ އޭއެފްސީ ކަޕުގެ ކޮލިފައިން އަށް އަމާޒުކޮށްގެންނެވެ. އެގޮތުން މި ދެ ކުޅުންތެރިންގެ ސޮޔާއެކު މި ޓްރާންސްފަރ މާކެޓްގައި އެޓީމާއި ގުޅުނު ކުޅުންތެރިންގެ އަދަދު މި ވަނީ ހަތަރަކަށް އަރައިފައެވެ.

މިދިޔަ ސީޒަންގެ ދިވެހި ލީގުގެ ރަނަރަޕް މާޒިޔާއިން މި މުބާރާތުގެ ޕްރިމިނަލަރީ ބުރުގައި ވާދަކުރަން ޖެހެނީ ބަންގާޅު ޕްރިމިއަރ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު 5 އަދި 12 ވަނަ ދުވަހު އެވެ. ފެބްރުއަރީ ފަސްވަނަ ދުވަހު ޑާކާގައި ކުޅެން ޖެހޭއިރު ފެބްރުއަރީ 12 ވަނަ ދުވަހު މާޒިޔާއިން ނިކުންނާނީ އަމިއްލަ ގައުމުގައެވެ. މި ދެލެގުން މާޒިޔާ އަށް ކުރި ލިބިއްޖެނަމަ މަޒިޔާއަށް މުބާރާތުގެ ޕްލޭއޮފްގެ ޖާގަ އެއް ލިބޭނެއެވެ.

އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމުތަކުން ބައިވެރި މިވަނީ އަހަރެއްގެ މެދު ކެނޑުމަކަށް ފަހުގައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖް ފަހަނައަޅާ ރާއްޖޭގެ ޓީމަކަށް ދެވިފައިވަނީ އެންމެ ދެ ފަހަރެވެ. އެއީ 2005 ވަނަ އަހަރުގައްއާއި 2013 ވަނަ އަހަރެވެ. މި ދެ އަހަރު އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖް ފަހަނައަޅާ ގޮސްފައިވަނީ ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބެވެ. އަދި 2005 ވަނަ އަހަރު ނިއުރޭޑިއަންޓުން ވަނީ މި މުބާރާތުގެ ތިންވަނަ ހޯދާފައެވެ. މި އާއެކު ނިއުރޭޑިއަންޓް ވެގެން ގޮސްފައިވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
01 ފެބުރުއަރީ 2017

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް