Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހިޒްބުﷲ ޖަމާޢަތް

ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ހޮންޑޫރަސް އިން ކަނޑައަޅައިފި

21 ޖެނުއަރީ 2020 | އަންގާރަ 02:02

ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅުއްވާނެ ކަމުގެ އިޝާރާތެއް މިދިޔަ ހަފްތާގައި ގުއަޓަމެލާގެ އާ ރައީސް ވަނީ ދެއްވާފަ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޖެނުއަރީ 2020 | އަންގާރަ 02:02
ހިޒްބުﷲ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާއި މުޚާތަބުކުރައްވަނީ

ހިޒްބުﷲ ޖަމާޢަތުގެ ލީޑަރު ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނާއި މުޚާތަބުކުރައްވަނީ

ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ހޮންޑޫރަސް އިން ކަނޑައަޅައިފި އެވެ.

ހޯމަ ދުވަހު އެޤައުމުން އެކަން ނިންމާފައިވާއިރު އެޤައުމުގެ ސެކިޔުރިޓީ މިނިސްޓަރ ލުއިސް ސުއެޒޯ ވިދާޅުވީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާކަމަށާއި އަދި އެޖަމާޢަތުގައި ރަޖިސްޓްރީވެފައިވާ މީހަކާއި ގުޅުންހުރި ތަންތަން އަދި ފައިނޭންސް ކުރުންވެސް އެއީ ޓެރަރިޒަމްގެ ޢަމަލުގެ ގޮތުގައި ހިމެނޭ ކަމަށެވެ.

އެމެރިކާއިންވެސް ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅުއްވާނެ ކަމުގެ އިޝާރާތެއް މިދިޔަ ހަފުތާގައި ގުއަޓަމެލާގެ އާ ރައީސް ވަނީ ދެއްވާފަ އެވެ. ގުއަޓަމެލާ އިން އަންނަނީ އެޤައުމުގެ އެމްބަސީއެއް އިސްރާޢީލްގައި ޤާއިމުކުރުމަށް ތައްޔާރުވަމުންނެވެ.

ހޮންޑޫރަސް އިން ނިންމި މިނިންމުމާއި ގުޅިގެން އިސްރާޢީލްގެ ފޮރިން މިނިސްޓަރ އިސްރާއިލް ކެޓްޒް ވަނީ މިއީ ހޮންޑޫރަސް އިން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ކަނޑައަޅާފައިވާ އިނގިރޭސި ވިލާތުން މިމަހުގެ 17 ވަނަ ދުވަހު ބުނެފައިވަނީ ހިޒްބުﷲ ޖަމާޢަތުގެ އެސެޓްތައް ފްރީޒްކުރުމުގެ ކަންކަން ކުރިޔަށްވުރެ ފުޅާކޮށްފައިވާ ކަމަށެވެ. މީގެއިތުރުން މިދިޔަ އަހަރު އާޖެންޓީނާއަށް ދިން ދެ ހަމަލާ ދީފައިވަނީ ހިޒްބުﷲއިން ކަމަށް ބުނެ އެގައުމުންވެސް ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ނިންމާ އެޤައުމުގައި ހުރި އެޖަމާޢަތުގެ އެސެޓްތައް ފްރީޒްކޮށްފަ އެވެ.

ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާޢަތެއްކަމަށް ކަނޑައަޅާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ކެނެޑާ، އޮސްޓްރޭލިއާ، ނިއު ޒިލެންޑް އަދި ޔޫރަޕިއަން ޔޫނިއަން އާއި އިސްރާޢީލެވެ. ހިޒްބުﷲ އަންނަނީ މެދުއިރުމަތީގައި އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
08 އެޕްރީލު 2017

ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

08 އެޕްރީލު 2017
ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް