Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގު

އިރާގުގެ އިދިކޮޅު ފަރާތްތައް އަލުން ހައްޔަރުކުރަން ފެށިފަހުން މުޒާހަރާތަކުގައި މިހާތަނަށް ހަ މީހުން މަރުވެއްޖެ

21 ޖެނުއަރީ 2020 | އަންގާރަ 02:06

ދެ ފުލުހުންވެސް ވަނީ މަރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޖެނުއަރީ 2020 | އަންގާރަ 02:06
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިރާގުގައި އަންނަނީ މުޒާހަރާކުރަމުން

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިރާގުގައި އަންނަނީ މުޒާހަރާކުރަމުން

އިރާގުގެ ސަރުކާރާ ދެކޮޅަށް މިހާރު އެޤައުމުގައި ހިނގަމުންދާ މުޒާހަރާތަކުގައި އިދިކޮޅު ފަރާތްތައް ހައްޔަރު ކުރަންފެށިފަހުން ހަ މީހަކު މަރުވެއްޖެ އެވެ.

މީގެތެރޭގައި ދެ މީހުންނަކީ ފުލުހުންނެވެ. މި ދެ ފުލުހުން މަރުވީ ބަޞަރާގައި ޢާންމުންގެ މީހަކު ދުއްވަމުންދިޔަ ކާރެއްގައި ޖެހިގެން ކަމަށް ރޮއިޓަރސް އިން ބުނެއެވެ. ކާރުދުއްވަން އިން މީހާ މަސައްކަތް ކުރަމުންދިޔައީ މުޒާހަރާ ކުރާ ކުރަމުންދިޔަ މީހުންނާއި، ސަލާމަތީ ބާރުތަކާ ދެމެދަށް ނުވަދެ ދެވޭތޯ ކަމަށާއި ނަމަވެސް އެންމެފަހުން އެކާރު ގޮސް ޖެހުނީ ދެ ފުލުހުންގެ ގައިގައެވެ.

ހޯމަ ދުވަހު ބަޣްދާދުގައި ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ތިން މީހަކު ޒަޚަމްވެގެން އެމީހުންނަށް ވަނީ ފަރުވާދީފަ އެވެ. ޒަޚަމްވި ތިން މީހުންގެ ތެރެއިން އެކަކު ޒަޚަމްވީ ލައިވް ވަޒަން އަރައިގެން ކަމަށާއި، އަނެކަކު ޒަޚަމްވީ ކަރުނަ ގޭސް ޖެހުމުގެ ސަބަބުންކަމަށެވެ.

މުޒާހަރާކުރަމުން ދިޔަ ތަން ފެނުނު މީހުންނާ ޙަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުންނާ ދިމާއަށް ޕެޓްރޯލް ބޮމާއި ގައު އުކާފައިވާއެވެ. އެއާއެކު ފުލުހުން ރައްދުގައި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑްސް ޢާންމުންނާއި ދިމާލަށް ޖެހި ކަމަށެވެ.

މުޒާހަރާތަކުގައި ބައިވެރިވި އަންހެނަކު ރޮއިޓަރސް އާ ވާހަކަދައްކަމުން ބުނީ ސަލާމަތީ ބާރުތަކުން ޢާންމުންނަށް ޙަމަލާދިނުން ހުއްޓާލަން ޖެހޭކަމަށާއި ދެކޮޅުގައިވެސް ތިބީ އިރާޤު މީހުންކަމަށެވެ.

އިރާޤުގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރިޔަށްދާއިރު މުޒާހަރާކުރަމުންދާ މީހުންވަނީ ގިނަ ސިޓީތަކެއްގެ މައި މަގުތައްވެސް ބަންދުކޮށްފަ އެވެ. މިދިޔަ މަހުގެ އޮކްޓޯބަރ މަހުން ފެށިގެން އިރާޤުގައި މުޒާހަރާ ކުރަމުންމިދަނީ އެޤައުމުގައި އަވަސް މުއްދަތެއްގައި އިންތިޚާބެއް ބޭއްވުމަށް ގޮވާލައެވެ. މީގެއިތުރުން ޤައުމުގައި ވަކި ހިއްޕާލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހުއްޓާލުމަށްވެސް އެމީހުން އަންނަނީ ގޮވާލަމުންނެވެ. މިހާތަނަށް އާއިރު މި މުޒާހަރާތަކުގައި 450ށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
15 އެޕްރީލު 2017

ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި

15 އެޕްރީލު 2017
ވައިޓް ހައުސްއަށް ޒިޔާރަތްކުރާ ފަރާތްތައް ސިއްރުކުރަން ޓްރަމްޕް ނިންމަވައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް