Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ އަވަށެއްގައި ބްރިޖެއް ވެއްޓި 9 މީހަކު މަރުވެއްޖެ

މި ހާދިސާގައި އެތައް ބަޔަކު ގެއްލިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2020 | ހޯމަ 14:38
ބްރިޖެއް ވެއްޓި ކޯރު ތެރެއަށް ވެއްޓުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ

ބްރިޖެއް ވެއްޓި ކޯރު ތެރެއަށް ވެއްޓުނު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ

އަވައްޓެރި އިންޑޮނޭޝިއާގެ އަވަށެއްގައި ކޯރެއް ހުރަސް ކުރުމަށް ހަދާފައިވާ ބްރިޖެއް ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 9 އަށް އަރައިފިއެވެ.

އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި އެތައް ބަޔަކު ގެއްލިފައިވާއިރު، ބްރިޖު ހަލާކުވެ ވެއްޓުމުގެ ސަބަބުން ބްރިޖު މަތިން ދިޔަ މީހުން ވަނީ ތިރީގައި އޮތް ކޯރަށް ވެއްޓިފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް އޮޔާގޮސް ބްރިޖު ވެއްޓުނު ސަރަޙައްދާއި 12 މޭލު ދުރުންވެސް ފެނިފައިވެއެވެ.

މި ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ތެރޭގައި 14 އަހަރުގެ ފިރިހެން ކުއްޖެއްވެސް ހިމެނެއެވެ.

މި ހާދިސާގައި ކޯރަށް ވެއްޓުނު 20 މީހަކު ސަލާމަތްކޮށްފައިވާއިރު، އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެކަމާ ގުޅޭގޮތުން އެ ޤައުމުގެ ލޯކަލް ޑިޒާސްޓަރ އެޖެންސީން ބުނީ، މި ބްރިޖަކީ މީހުން ހިނގުމަށް ބޭނުންކުރާ ބްރިޖެއް ކަމަށާއި، ހާދިސާ ހިނގި ވަގުތު ގިނަ އަދަދެއްގެ ކުޑަކުދިން ބްރިޖު މަތީގައި ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކުދިން ތިބީ ފޮޓޯނަގަންކަމަށްވެސް މަންޒަރު ދުއް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު