Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އޭރުވެސް ހުސްވާހަކަ، އަނެއްކާވެސް ބަނދިވަރު ފެށީތަ؟

މުއައްސަސާތަކުގެ އިހުމާލު ބޮޑު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2020 | އާދީއްތަ 13:30
ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީ އަށް ކުޑަ ކުއްޖާގެ މައްސަލާގައި ކަމާއިބެހޭ މުއައްސަސާތައް ހާޒިރުކުރި ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ ކޮމިޓީ އަށް ކުޑަ ކުއްޖާގެ މައްސަލާގައި ކަމާއިބެހޭ މުއައްސަސާތައް ހާޒިރުކުރި ކޮމިޓީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ އިއްޔެއެއް މިއަދެއް ފެންމަތިވެގެން އުޅޭ މައްސަލަތަކެއް ނޫނެވެ. މިއީ އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ފުލުފުލުގައި ހުށައެޅޭ މައްސަލަތަކެެވެ. ހާއްސަކޮށް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ އަދަދު އެހެނިހެން މައްސަލަތަކަށް ވުރެ ގިނައެވެ.

މައްސަލަތަކުގެ އަދަދު ކިތަންމެ ގިނަވިޔަސް މުއަައްސަސާތަކަށް މަދު ފަހަރެއްގައި ނޫނީ ރަނގަޅު ފިޔަވަޅެއް އެޅޭތަނެއް ނުފެންނަ ކަމަކީ އެކަމާއި ހިތާމަކުރަން ޖެހޭ ކަމަށެވެ. އެންމެ ނިކަމެތި ރައްޔިތު މީހާގެ ކަމަކަށްވެފައި އޮންނަނީ ކިހިލިފަށްދަށުގައި ފޯމް ބޮނޑިތައް ހިފައިގެން އެއް އޮފީހުން އަނެއް އޮފީހަށް ދުވުމެވެ. ފުލުސް އޮފީހަށާއި، ޖެންޑަރ އަށާއި ދެން ގޮސް ހުރިތަނަކަށް އެ ބުނާ މައުލޫމާތެއް ހުށައެޅިޔަސް އަބަދުވެސް ބުނާ އެއްޗަކީ ''މި ބަލަނީ'' ކަމަށެވެ. އެ ބުނާ ބެލުމަށް ބަލަން ފަސް އަހަރު ދިގުދައްމާލަން ޖެހުނަސް މުއައްސަސާތަކަށް ހެޔޮއެވެ.

ކުދި ކުދި މައްސަލަތައްވެސް ބޮއްސުންލާ ވަރަށް ހުށައެޅޭއިރުވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބޭ މީހުން ތިބެނީ ފިނިކޮޓަރީ ގައި އޭސީ ދަށުގައި އެމީހުންގެ އަމިއްލަ ކަންތައްތަކުގައި ބިޒީކޮށެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގައި އަޅާލަންޖެހޭ ވަރަށް މުއައްސަސާތަކަށް އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅޭ ވާހަކައަކީ ރައްޔިތުން ތާއަބަދު ދައްކާ ވާހަކައެވެ. މި މުއައްސަސާތަށް ''ގަދަ ނިދީ" ގައި ތިއްބާ ކުދި ކުދި ކަންތައްތައް ބޮޑުވެ އޭގެ ސަބަބުން އާއިލާތަކަށާއި، ކުޑަކުދިންނަށް ނޭދެވޭ އަސަރުކޮށް، އެ ކުދިންގެ ފުރާނައަށް ނުރައްކާވާ ހިސާބަަށް ކަންތައް ބޮއްސުންލުމުން ނޫނީ މިއިން ތަނަކަށް ރޭކާލާ ކަމަކަށް ނުވެއެވެ. މީޑިއާތަކުން ވާހަކަތައް ފެންމަތިކުރަން ފެށުމާ ހަމަޔަށްވެސް މި މުއައްސަސާތައް ތިބެނީ ހަނުއެވެ. ދެން ފެންނަނީ ކޮންމެ ބަޔަކުވެސް ނޫސް ބަޔާނެއް ނެރެ އެ ތަންތަން ދިފާއުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރާތަނެެވެ. މިއީ ތާއަބަަދު ކަންތައްތައް ވަމުންދާ ގޮތެވެ. މިއީ ކަން ހިނގާގޮތުގެ ހަޤީޤަތެވެ.

ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި މުއައްސަސާތަކުގެ ނާގަބިލުކަން މިކަމުން ހާމަވެއެވެ. ދެން މިހުރިހާ ކަމެއްގެ ތެރެއިން އަނގަމަތީ ބަހަކަށް ވެފައި އޮންނަނީ ''ރައްކާތެރިކަން ފޯރުކޮށްދިފައިވާނެ'' މިހެންނެވެ. އެހެން ބުނާއިރު، ކަން ހިނގުމުގެކުރިން ހަމަ ރަނގަޅަށްވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ތެރޭގައި ތުއްތު ކުދިންތަކެއް އުޅެމުންދާއިރު އެ ފިޔަވަޅު ނޭޅެނީ ކީއްވެތޯއެވެ؟ އެ މައްސަަލަތަކަށް އަޅާނުލެވެނީ ކީއްވެގެންތޯއެވެ؟ ގާނޫނީ ނިޒާމުގެ ތެރެއިން މިހުރިހާ ކަމަކަށްވެސް ހައްލުތަކެއް ހޯދައިދީފައި އެބައޮތެވެ. ރާއްޖޭގެ ގާނޫނުތަކަށް ބަލައިލިޔަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދޭ އަދަބަކީ އެންމެ ހަރުކަށި އެއް އަދަބެވެ. މިކަމާއި ގުޅުންހުރި ގާނުނުތައް ވެސް ގިނައެވެ. އެކަމަކު މިއިން އެއްވެސް ގާނޫނެއް ތަންފީޒުކުރެވެނީ ހާލަކުން ފަހަރެެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނަވެ، އާއްމުވަމުން ގޮސް އެއީ މައްސަލަ އަކަށް ނުވާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުއްޓެވެ. ގެއިން ފެތުރުމެން ގޮސް އޮފީހުން ފެށިގެން ގޮސް ރަށްރަށުގެ ކޯޓުތަކުގައި ޖިންސީ ގޯނާކުރާ މައްސަލަތައް އޮތީ ހައްދު ފަހަނައަޅާފައެވެ. ރަށުގެ ފިރިހެންވެރިން ފައިސާ ހޯދުމަށް ކުރާ ވިޔަފާރިއަކަށް ކަންކަން އޮންނަނީ ބަދަލުކޮށްލާފަ އެވެ. ދައުލަތުގެ ތަންފީޒީ އިދާރާތަކުން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ތަނުގައި އެކަންވެސް އޮންނަނީ ނުވެފައެވެ.

މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކަށް ބަލާލާއިރު، އިބްތިހާލްގެ މަރުގެ މައްސަލައާއި، ގދ. ތިނަދޫ ޒިޔާދާގެ މަރުގެ މައްސަލާގައިވެސް ދައުލަތުގެ މުއައްސަސާތަކުން އޭރުވެސް ޓީވީތަކަށް އަރާ ދެއްކީ ހަމަ ''ހޮޅި'' ވާހަކައެވެ. އަބަދުވެސް ބުނަނީ "މިކަން ރަނގަޅުވާނެ''، ''ފިޔަވަޅު އެޅުނު ނަމައޭ''، ''ހަރުދަނާ ގާނޫނުތަކެއް ނެތޭ'،' '' އެ މައްސަލަ ދަނީ ވަރަށް ގާތުން ބަލަމުން"، "ބަޖެޓެއް ނެތޭ" "މުވައްޒަފުން ނެތޭ" މި ޅެން ބައިތުތަކެވެެ.

ރައްޔިތުން ތިވާހަކަތައް އަޑު އަހައަހަ މީހާރު ފޫހިވެއްޖެއެވެ. މީ ހަމަ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އިހުމާލާއި، އަޅާނުލުމާއި، ފަރުވާކުޑަކަމެވެ. ދައުލަތުގެ ފެއިލިއަރ އެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް މަޖިލީހުގައި ރައްޔިތުންގެ އަޑު

އަނެއްކާވެސް މަޖިލީހުގައި ރައްޔިތުންގެ އަޑު

21 ނޮވެމްބަރު 2018
އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް

އިބްރާހިމް މުހައްމަދު ސޯލިޙް އަނެއްކާވެސް ދެއްކެވީ މިސާލެއް

28 އޮކްޓޯބަރު 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު