Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސި ޝާހީ އާއިލާ

ހެރީ އާއީ މޭގަންއަކީ މިހާރު "ރޯޔަލް ހައިނަސް" އިންނެއް ނޫން

އެދެބޭފުޅުންގެ ނަމުގެ ކުރިޔަށް "ރޯޔަލް ހައިނަސް" ދެން ބޭނުމެއް ނުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޖެނުއަރީ 2020 | އާދީއްތަ 03:54
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އަދި ދަރިކަލުން އަރޗީ ހެރިސަން

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން އަދި ދަރިކަލުން އަރޗީ ހެރިސަން

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އިނގިރޭސި ޝާހީ ޢާއިލާއިން ވަކިވެފައިވާ ކަން ރަސްމީކޮށް ރާނީ އެލިޒަބަތް އެދެބޭފުޅުންނަށް އަންގަވައިފި އެވެ.

ބަކިންގހަމް ޕެލަސް އިން ހޮނިހިރު ދުވަހު އެކަން އިޢުލާންކުރަމުން ބުނެފައިވަނީ ޕްރިންސް ހެރީ އާއި މޭގަން ޝާހީ ޢާއިލާގެ ސީނިއަރ މެންބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކުން ވަކިވެވަޑައިގެންފައިވާ ކަމަށާއި، އެދެބޭފުޅުންގެ ނަމުގެ ކުރިޔަށް "ރޯޔަލް ހައިނަސް" ދެން ބޭނުން ނުކުރާނެ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ރާނީ ފޮނުއްވާފައިވާ މެސެޖުގައި ބުނެފައިވަނީ ގިނަ ދުވަސްތަކެއްގެ މަޝްވަރާއާއެކު މިކަމުގައި ކުރިޔަށްދާނެ ގޮތްތަކެއް ހޯދިފައިވާ ކަމަށެވެ.

ހެރީ އާއި އަނބިކަނބަލުން މޭގަން އަދި ދަރިކަލުން އަރޗީއަކީ އަބަދުވެސް ޝާހީ ޢާއިލާގެ ލޯބި ލިބިގެންވާ ބައެއްކަމަށްވެސް ރާނީގެ މެސެޖުގައިވެއެވެ.

މީގެއިތުރުން ފާއިތުވި ދެ އަހަރު ދުވަހު ހެރީގެ ޢާއިލާގެ ކަންކަން ގާތުން ބަލަމުންދިޔުމުގެ ސަބަބުން އެޢާއިލާއަށް ކުރިމަތި ވެގެންދިޔަ އުނދަގޫތައް އެނގިވަޑައިގަންނަވާކަމަށާއި ޝާހީ ޢާއިލާއާ ވަކިން މިނިވަންކޮށް އުޅުމަށް ނިންމި ނިންމުމަށް ތާޢީދު ކުރައްވާކަމަށެވެ.

އަދި އިނގިރޭސިވިލާތަށާއި ކޮމަންވެލްތަށް އަދި އޭގެ ބޭރުންވެސް ހެރީ އާއި މޭގަން ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާ ރާނީ ވިދާޅުވީ ދާދި އަވަހަށް މޭގަން ޝާހީ ޢާއިލާގެ މެންބަރެއްގެ ގޮތުން މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދެވިގޮތާއި މެދު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށެވެ.

މީގެއިތުރުން އިނގިރޭސި މުޅި ޝާހީ ޢާއިލާ އިން އުންމީދުކުރަނީ މި ނިންމިގެންދިޔަ ނިންމުމާއެކު ހެރީ އާއި މޭގަން އަށް އުފާވެރި އަދި އަމާން ދިރިއުޅުމަކަށް ކަމަށް ރާނީގެ މެސެޖުގައި ބުނެފައިވެ އެވެ.

އޭބީސީ ނިއުސްއިން މީގެކުރިން ރިޕޯޓުކޮށްފައިވަނީ ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އެ ޢާއިލާގެ ސީނިއަރ މެންބަރުންގެ ގޮތުގައި އަދާކުރަމުން އައި މަސްއޫލިއްޔަތުތަކާ ދުރަށް ޖެހިލަން ނިންމީ މާލީ މިނިވަން ކަން ބޭނުންވާތީއެވެ. އެގޮތުން މި ދެމަފިރިން ވަގުތުތައް ހޭދަކުރަން ނިންމާފައިވާނީ ނޯތު އެމެރިކާ އާއި އިނގިރޭސިވިލާތުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ނިންމުމާއެކު ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ އަލަތު ފިރިހެން ދަރިކަލުން އަރޗީ ހެރިސަން މައުންޓްބަޓެން ވިންޑްސޯއާއެކު ގިނަ ވަގުތު ހޭދަކުރެވި، ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވޭނެއެވެ. އަދި ދެޤައުމުގައި ދިރިއުޅެން ނިންމުމާއެކު ދެގައުމުގެ ކަންކަން ދަރިފުޅަށް ދަސްވެ، ދަރިފުޅަށް ރަނގަޅު މާޙައުލެއްގައި ބޮޑުވުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ.

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2017

އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

16 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
10 ޖުލައި 2017

ކުވެއިތު އެއާވޭސްއާއި ރޯޔަލް ޖޯޑޭނިއަންއިންވެސް އެމެރިކާއަށް ލެޕްޓޮޕް އުފުލޭނެ

10 ޖުލައި 2017
ކުވެއިތު އެއާވޭސްއާއި ރޯޔަލް ޖޯޑޭނިއަންއިންވެސް އެމެރިކާއަށް ލެޕްޓޮޕް އުފުލޭނެ
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު