Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖާމަން ލީގު

ހާލަންޑްގެ ހެޓްރިކުން ޑޯޓްމަންޑް އަށް މޮޅެއް!

މި މެޗު ނިމިގެންދިޔައީ 5-3 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2020 | އާދީއްތަ 04:04
އޯސްބާގް އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

އޯސްބާގް އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޖެނުއަރީ ޓްރާންސްފަރ މާރކެޓްގައި ޑޯޓްމަންޑް އާއި އަލަށް ގުޅުނު އާލިން ބްރައުޓް ހާލަންޑް ގެ ހެޓްރިކުން ޑޯޓްމަންޑް ފަހަތުން އަރައި އޯސްބާގު ބަލިކޮށްފިއެވެ.

އޯސްބާގް ދަނޑުގައި ކުޅުނު މި މެޗު ޑޯޓްމަންޑްއިން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އޯސްބާގުން ޑޯޓްމަންޑްގެ ގޯލަށް ނުރައްކާކޮށްފައިވާއިރު މިހާފުގައި އޯސްބާގުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އޯސްބާގުން ލަނޑު ޖަހައިވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފްލޯރިއަން އެވެ. މި ލަނޑަށްފަހު ވެސް އޯސްބާގަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޯސްބާގް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އޯސްބާގުން އުފެއްދި ފުރަތަމަ ހަމަލާގައި އެޓީމުން ވަނީ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައެވެ. އެގޮތުން މެޗުގެ 46 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ރިޗްޓާ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން ޑޯޓްމަންޑްއިން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއަން ބްރާންޓް އެވެ. ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި އޯސްބާގުން ވަނީ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން އެވެ. އޭގެ މިނެޓެއް ފަހުން ޑޯޓްމަންޑްއިން ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ހާލަންޑް ކުޅެން އަރުވާފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓުގައި ހާލަންޑް ވަނީ ލަނޑު ޖަހާ ފަރަޤު ކުޑަ ކޮށްދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭޑޮން ސަންޗޯ އެވެ. މެޗުގައި ޑޯޓްމަންޑުން ލީޑު ނެގީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މި ލަނޑު ހަޒާޑްގެ އެހީތެރިކަމާއި އެކު އެޓީމަށް ކާމިޔާބުކޮށްދިނީ ހާލަންޑެވެ. އަދި މެޗުގެ 79 ވަނަ މިނެޓުގައި ހާލަންޑް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑުން އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އެޓީމު ހަތަރުވަނައިގައި އޮތީ ކުޅުނު 18 މެޗުން ލިބުނު 33 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

ޑޯޓްމަންޑް ކުއާޓާއަށް ދިޔައިރު ތަރިއަކީ އޮބާމަޔަންގް

09 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު