Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ މުސްލިމުން

ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާގައި މަނާ ކޮށްފި

ޗައިނާގެ މުސްލިމުންނަށް އެކި ގޮތްގޮތުން ސަރުކާރުން ގެންދަނީ ފުރައްސާރަ ކުރަމުން

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2018 | ހުކުރު 14:00
ބެއިޖިންގ ގެ މިސްކިތެއްގައި މީހަކު ނަމާދު ކުރާ އިރު އޭނާގެ ކުޑަ ދަރިފުޅު ފަހަތުން ބައްދާލައިގެން

ބެއިޖިންގ ގެ މިސްކިތެއްގައި މީހަކު ނަމާދު ކުރާ އިރު އޭނާގެ ކުޑަ ދަރިފުޅު ފަހަތުން ބައްދާލައިގެން

މުސްލިމް މެޖޯރިޓީ އޮންނަ ޗައިނާގެ ސަރަހައްދެއްގައި ސްކޫލް ކުދިން މިސްކިތައް ފޮނުވުން ސަރުކާރުން މަނާ ކޮށްފިއެވެ.

ޗައިނާ ސަރުކާރުން ހިންގާ ދުވަހަ ނޫހެއް ކަމަށްވާ ގްލޯބަލް ޓައިމްސް އިން ހުކުރު ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، ފިނި މޫސުމުގެ ޗުއްޓީ ދުވަސް ވަރު ސްކޫލް ކުދިން މިސްކިތައް ފޮނުވުމަކީ މަނާ ކަމެއްގެ ގޮތުގައި ހަމަ ޖައްސާ އާއްމުކޮށް ހުރިހާ ސްކޫލަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

"ފިނި މޫސުމުގެ ޗުއްޓީ ދުވަސްވަރު ދަރިވަރުން ދީނީ ކަންކަމާ ގުޅޭ ތަންތަނަށާއި، ދީން އުނގަންނައިދޭ ތަންތަނަށް ވަދެގެން ނުވާނެ ކަމަށް ސްކޫލްތަކުން ދަރިވަރުންނަށް އަންގަންވާނެ" ސްކޫލްތަކަށް ފޮނުވި ނޯޓިސްގައި ވާކަމަށް ގްލޯބަލް ޓައިމްސް ގައި ލިޔެފައި ވެއެވެ.

މިސްކިތްތަކަށާއި ދީނީ ކަންކަން އުނގަންނައިދޭ ތަންތަނަށް ދަރިވަރުން ފޮނުވުން މަނާ ކުރި ގުއާންހީ ސަރަހައްދުގައި ދިރިއުޅޭ 257،000 (ދެ ލައްކަ ފަންސާސް ހަތްހާސް) މީހުންގެ ގިނަ މީހުންނަކީ މުސްލިމުންނެވެ.

ޗައިނާގެ ކުޑަކުދިން މިސްކިތައް ފޮނުވުން މަނާ ކުރި އިރު މީގެ ކުރިން، 2016 ވަނަ އަހަރު ޗައިނާގެ ތުއްތު ކުއްޖަކު ރީތި ކޮށް ގުރުއާން ކިޔަވާ ވީޑިއޯ އެއް ވައިރަލް ވުމާ ގުޅިގެން، ގާންސޫ އެޑިއުކޭޝަން ބިއުރޯ އިން ވަނީ ސްކޫލްތަކުގައި ދީނީ ހަރަކާތްތައް ހިންގުން މަނާ ކޮށްފައި ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެފައިވެއެވެ.

ޗައިނާ އަކީ ރަސްމީ ގޮތުން ވަކި ދީނެއް ގަބޫލު ކުރާ ދައުލަތެއް ނޫނެވެ. މިކަން މިހެން އޮތް އިރު، 2012 ވަނަ އަހަރު ޗައިނާގެ ވެރިކަމަށް ޝީ ޖީ ޕިން ވަޑައިގަތުމާއެކު ދީނީ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ޗައިނާގައި އިތުރު ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ ގާނޫނު އަސާސީގައި އެމީހަކު ބޭނުން ދީނަކަށް އުޅެވޭނެ ކަމަށް އޮންނަ އޮތުމަށް އިހުތިރާމް ކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޗައިނާގެ މުސްލިމުންނަށް ދީނަށް އުޅުމަށް ޗައިނާ ސަރުކާރުން ދަނީ ވަރަށް ބޮޑަށް ފުރައްސާރަ ކުރަމުން ކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ މުސްލިމުންނަށް މިހާރަކަށް އައިސް އިތުރު ފިއްތުންތައް ޗައިނާ ސަރުކާރުން ކުރިމަތި ކުރަމުންދަނީ ޓެރަރިޒަމާއި ގައުމީ ސަލާމަތް އައްޑަނައަކަށް ބޭނުން ކޮށްގެން ކަން ފާހަގަ ކުރެވެއެވެ.

ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާ ގައި މަނާ ކުރި މި ދަނޑިވަޅަކީ، ދީނީ މިނިވަންކަމަށް އިތުރަށް ހުރަސް އެޅުމަށް ޗައިނާ އިން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ ހުއްދަ ނެތި ދީނީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައު ގަވައިދަކަށް އަމަލު ކުރުމަށް ޗައިނާ އިން ދަނީ ތައްޔާރު ވަމުންނެވެ.

ޗައިނާގެ ޒިންޖިއާން ސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނަށް ވެސް ޗައިނާ ސަރުކާރުން އެތައް ދަތިތަކެއް ކުރަމުންދާ ކަން މީގެ ކުރިން އެތައް ފަހަރަކު ރިޕޯޓު ކުރެވިފައިވާކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ތުނބުޅި ބެހެއްޓުން މަނާ ކުރުމާއި، އާންމު ތަންތާނގައި ނަމާދު ކުރުން މަނާ ކުރުން ފާހަގަ ކުރެވެއެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2017

ސްކޫލް ނިމުމާ އެކު މަލާލާ ޓްވިޓަރ ބޭނުންކުރަން ފަށައިފި

08 ޖުލައި 2017
ސްކޫލް ނިމުމާ އެކު މަލާލާ ޓްވިޓަރ ބޭނުންކުރަން ފަށައިފި
26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
24 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

24 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
23 އެޕްރީލު 2017

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު