Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޗައިނާގެ ގައުމީ ސަލާމް

ޗައިނާގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކޮށްފި ނަމަ ތިން އަހަަރުގެ ޖަލު ހުކުމެއް

މަގުމަތިން ހިނގާފައި ދިޔަސް ގައުމީ ސަލާމަށް ހުއްޓެން ޖެހޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 18:23
 މަގުމަތިން ހިނގާފައި ދިޔަޔަސް ގައުމީ ސަލާމަށް ހުއްޓެން ޖެހޭ

މަގުމަތިން ހިނގާފައި ދިޔަޔަސް ގައުމީ ސަލާމަށް ހުއްޓެން ޖެހޭ

ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުމަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލެވިދާނެ ޖިނާއީ ކުށެއް ކަމަށް ޗައިނާގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ކޮމިއުނިސްޓް ޕާޓީގެ މެމްބަރުން ކޮންޓްރޯލްކުރާ، ނޭޝަނަލް ޕީޕަލްސް ކޮންގްރެސްއިން ހޮނިހިރު ދުވަހު ފާސްކުރި އިސްލާހުގައިވާ ގޮތުން އެފަދަ ކުށެއް ކުރި މީހަކު ގިނަވެގެން ތިން އަހަރަށް ޖަލަށް ލެވިދާނެއެވެ.

ގާނޫނުހަދާ މަޖިލީހުގެ މެމްބަރުން ގެންދަވަނީ މިފަދަ ގާނޫނުތައް، ވަކިން އޮންނަ ހޮންކޮންގ އަދި މަކާއޯގައި ވެސް ތަންފީޒުކުރަން މަސައްކަތް ކުރަމުންނެވެ.

މިއީ ޒަމާނީ ޑިމޮކްރަސީގެ ރޫހު އަށަގަންނަމުން އަންނަ ތަންތަނުގައި ގައުމިއްޔަތާ ދެކޮޅު ހަރަކާތްތައް އިތުރުވާ ކަމަށް ބުނެ ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކެކެވެ.

ބެއިޖިންގެ މައި ސަރުކާރަށް ވަފާތެރި ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ ހޮންކޮންގގައި ވަނީ ގައުމީ ސަލާމުގެ ގާނޫނު އިތުރުން މިފަދަ ގާނޫނުތައް ތަންފީޒުކުރަން ފަށާފައެވެ.

ހޮންކޮންގ އާއި މަކާއޯގައި ޑެމޮކްރަސީއަށް ގޮވާލާ ފަރާތްތަކަށް ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިތުރަށް ހަނިކުރުމަށް މިފަދަ ގާނޫނުތައް ބޭނުންކޮށްފާނެ ކަމުގެ ބިރު ހީވެފައެވެ.

ގައުމީ ސަލާމަށް އިހުތިރާމް ކުޑަކުރުމުގެ ބައެއް އަމަލުތައް ހިންގާފައިވާއިރު މިދިޔަ މަހު ފުޓްބޯޅަ މެޗެއްގައި ވެސް ވަނީ އެފަދަ އަމަލެއް ހިންގާފައެވެ. މެލޭޝިއާއާ ދެކޮޅަށް ކުޅުނު ކޮލިފައިން މެޗެއް ފެށުމުގެ ކުރިން ގައުމީ ސަލާން ކީއިރު އެ ގައުމުގެ ސަޕޯޓަރުންގެ ތެރެއިން އެއްބަޔަކު އަޑުލެއްވިއިރު އަނެއް ބަޔަކު ތިބީ ފުރަގަހަށް އެނބުރިއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓް އިން ކޮށްފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ހޮންގކޮންގގެ ޑެޕިއުޓީ އަދި އެގްޒެކްޓިވް ކައުންސިލަރ ވިދާޅުވީ "ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ކޮޅަށް ތެދުވެ އިހުތިރާމް އަދާކުރަން ޖެހޭނެ،" ކަމަށެވެ.

"އެކަކު އެހި ހިނގަމުންދާ މީހަކު ހުއްޓެން ޖެހޭނެ ހޭ. އާނ ހަމަ ހުއްޓެން ޖެހޭނެ"

ގާނޫނަށް މި އިސްލާހު ގެނެވިފައި މިވަނީ ބާރުގަދަ ފާގަތި ގައުމަކަށް ޗައިނާ ހެދުމުގެ ތަސައްވުރާ އެކު ފަސްއަހަރުގެ ދެވަނަ ދައުރަކަށް ކޮމިއުނިސްޓް ޕާޓީގެ ލީޑަރުގެ މަގާމަށް ޝީ ޖިން ޕިން އައްޔަން ކުރެވިފައި ވަނިކޮށެވެ.

އިނގިރޭސިންގެ އަޅުވެތިކަމުގައި ކުރިން އޮތް ހޮންގ ކޮންގ 1997ވަނަ އަހަރު ޗައިނާގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ހޮންގ ކޮން އަމިއްލަ މިނިވަންކަމާ އެކު އެ ސަރަހައްދު ވަކި ސަރުކާރަކާއި މިނިވަން ޝަރުއީ ނިޒާމެއްގެ ދަށުން އެއްގައުމެއްގައި ދެ ނިޒާމެއްގެ ދަށުން ވެރިކަން ހިންގުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ޗައިނާއިން ހޮންގ ކޮންގގައި ވެރިކަން ހިންގަމުން ގެންދާތާ 20 އަހަރުވެފައިވާއިރު ބެއިޖިންގގެ ލީޑަރުންނާއި ޑިމޮކްރަސީއަށް ގޮވާލަމުންދާ ޒުވާން ޖީލާ މެދު ޚިޔާލު ތަފާތުވުން ދަނީ ބޮޑުވަމުންނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ އިގްތިސާދީ ހަބެއްގެ ގޮތުގައި އޮތް ހޮންގކޮންގ ޗައިނާއިން ވަކިވުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި

ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި

28 ޖޫން 2018
ވިނީ މަންޑޭލާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފި

ވިނީ މަންޑޭލާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކޮށްފި

12 އެޕްރީލު 2018
ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާގައި މަނާ ކޮށްފި

ސްކޫލް ކުދިން މިސްކިތައް ދިއުން ޗައިނާގައި މަނާ ކޮށްފި

19 ޖެނުއަރީ 2018
ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

13 އޮކްޓޯބަރު 2017
ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު