ތުއްތު ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް
18 ޖެނުއަރީ 2020 | ހޮނިހިރު 15:14ތިން މީހުންވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި

އަލީ ސަމާޚް | 18 ޖެނުއަރީ 2020 | ހޮނިހިރު 15:14

ތުއްތު ކުއްޖާގެ ހައްގުގައި ކުރި އިހްތިޖާޖުގެ ތެރެއިން
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ތުއްތު ކުުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފައެވެ. އެ މައްސަލާގައި ހިމެނޭ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފާ ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ހުކުރު ދުވަހުގުރޭ އުމުރުން 33 އަހަރުގެ ކުއްޖާގެ ބައްޕަ ފިލަންވެގެން 108 ވަނަ ނަންބަރު ޗައިނާ ފްލެޓް ސަރަހައްދަަށް އާއްމުންވަނީ އެއްވެފައެވެ. އެއްވި މީހުން ވަނީ އެ މީހާ ފިލާއޮތް ގެއަށް ގާއުކައި ބިއްލޫރިތަޅާލާފައެވެ. އެ މައްސަލާގައި މީހުން ތަކެއް ވަނީ ހައްޔަރުކޮށްފައެވެ.





