Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖިންސީ އަނިޔާ ދިނުން

ޖިންސީ އަނިޔާ: ރާއްޖެ، އިންޑިއާ އޮތް ހާލަތަށް ދަންދެން "ހައްޕު" ކިޔައިގެން ތިބެންވީތަ؟

އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2020 | ހުކުރު 12:45
ކުޑަކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އަދި އެރަށު މުދިމު (ކ)

ކުޑަކުއްޖާ ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ ކުއްޖާގެ ކާފަ އަދި އެރަށު މުދިމު (ކ)

ދުނިޔޭގެ ނިސްބަތުން އަންހެނުންނަށް ކުރިމަތިވާ ފުރައްސާރައާއި ޖިންސީ އަނިޔާ އެންމެ ގިނަ އެއް ޤައުމަކީ އިންޑިއާއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެ ޤައުމުގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގައި ދުވާލެއްގެ މައްޗަށް މަދުވެގެން 92 ރޭޕްކޭސް ފުލުހުންނަށް ހުށައަޅައެވެ. އަދި އެފަދަ މައްސަލަތައް އާންމުވެފައިވާ މިންވަރުން ރޭޕްގެ މައްސަލައެއް ހުށައެޅުމަކީ މާބޮޑު ސިހުމެއް ގެނެސްދޭ ކަމަކަށް ނުވެއެވެ. ގިނަ ފަހަރު އެފަދަ މައްސަލަތައް ރޭޕްކުރާ މީހާއާއި އެކަމުގެ އަނިޔާ ތަހައްމަލުކުރާ ފަރާތް ނުވަތަ އޭނާގެ އާއިލާ ގުޅިގެން ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން "ހައްލުކޮށްލަން" ދޫކޮށްލަނީއެވެ. އެއީ އެކަން ކުރިމަތިވާ މީހާއާއި ރޭޕްގެ އަމަލު ހިންގާ މީހުންގެ "ޒާތީ" މައްސަލައެއް ކަމަށްދެކި އެކަން ގިނަ ފަހަރު އޮންނަނީ ދޫކޮށްލެވިފައެވެ.

ނަމަވެސް ސުވާލަކީ އަވައްޓެރި އިންޑިއާގައިކަން ހިނގަމުންދާ އުސޫލުން ރާއްޖޭގައިވެސް ކަންކަން ހިނގަން ދޫކޮށްލަންވީތޯއެވެ؟ ތެދެކެވެ. އިންޑިއާ ފަދައިން ރާއްޖޭގައި ދުވާލަކު އެތަކެއް ރޭޕްކޭސްގައި, ރޭޕް ވިކްޓިމްސްއިން ދުނިޔެ ދޫކޮށްދާންޖެހޭ ހިސާބަކަށް އަދި ނުދެއެވެ. ނަމަވެސް ރާއްޖެ މިހާރު މިއޮތީ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ އެފަދަ "ބިރުވެރި" ހާލަތަކަށް ކަންކަން ގޮސްދާނެ ފަދަ ހިސާބެއްގައެވެ. ސަބަބުތައް ބައިވަރެވެ.

ރާއްޖޭގައިވެސް ޖިންސީ ފުރައްސާރަ ކުރުމާއި، ޚާއްސަކޮށް ކުޑަކުދިންނަށް ޖިންސީ އަނިޔާލިބޭ މިންވަރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ޚާއްސަގޮތެއްގައި އާއިލާ މީހުންނާއި ގާތްތިމާގެ މީހުންގެ "އެކުވެރިންގެ" ފަރާތުން ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެމުންދާ މިންވަރު ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަތައް އިތުރުވުމަށްވުރެ ބިރުބޮޑީ އެފަދަ މައްސަލަތައް ދިފާއުކޮށް ސިއްރު ކުރުމުގައި އިސް ސަފުގައި ތިބެނީ އެކަން ތަހައްމަލު ކުރާ ކުދިންގެ އެންމެ ގާތް މީހުންނަށްވުމެވެ. އެކުދިންނަށް ހިމާޔަތް ދޭންޖެހޭ މީހުން އެކަން "އާއިލީ ކަމެއްގެ" ގޮތުގައި ދެކި އެކަން ނިންމާލާކަމެވެ.

"ތިއީ ދައްކާ ކަހަލަ ވާހަކަ ހެއްޔެވެ؟"، "ތިކަހަލަ ވާހަކަ ދައްކަން ލަދެއް ނުގަނޭ ހެއްޔެވެ؟" މި ޖުމުލަ ތަކަކީ ޖިންސީ ފުރައްސާރައާއި ގޯނާ ލިބޭ ކުދިންނަށް އެވާހަކަ ހިއްސާ ކުރުމުން ގިނަ ފަހަރު އަހަން ޖެހޭ ޖުމުލަތަކެކެވެ.

ތަންކޮޅެއް ކުރީގެ ހަނދާނެކެވެ. ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި ޒިޔާދާ ނައީމްގެ މަރުގެ މައްސަލަ ވެގެންދިޔައީ މުޅި ދިވެހިރާއްޖޭގެ ސަމާލުކަން ލިބިގެންދިޔަ މައްސަލައެކެވެ. ޒިޔާދާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް 2015 އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ނިޔާވެފައިވާއިރު، މި މައްސަލަ ތަހުގީގުކުރުމަށްފަހު ފުލުހުން ބުނީ ޒިޔާދާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި ކަމަށް ތަހުގީގަށް އެނގިފައިވާކަމަށެވެ. އެ މައްސަލަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާކަމުގެ ޝަކުވާ އާންމުންގެ ގިނަ ބަޔަކު ކޮށްފައިވާއިރު، މި މައްސަލައިގެ ޝަރީއަތްވެސް ފެށުނީ އޭގެ 8 މަސް ފަހުންނެވެ.

އެއަށްފަހުވެސް ދޭތެރެ ދޭތެރެއިން ކުޑަކުދިން ރޭޕް ކުރާ ވާހަކައާއި، އެކި ފަރާތްތަކަށް ޖިންސީ އަނިޔާ ކުރާކަމުގެ ވާހަކަތައް މީޑިއާތަކުގެ ފަލަސުރުހީތަކަށް އަރައެވެ. އަދި ދެތިން ދުވަސް ވަންދެން އެކަމުގެ ވާހަކަތައް މީސްމީޑިއާގައާއި، ހޮޅުއަށިތަކުގައި ދެކެވުމަށްފަހު ގޮސް ނިމެނީ "ފަނުފުލުން" ނެވެ. ގިނަ ފަހަރު އެފަދަ މައްސަލަތައް ސިއްރުކޮށްލައިގެން ތިބެނީވެސް އާއިލާ މެމްބަރުންނެވެ.

މިފަހުން މީޑިއާތަކަށް ތިލަވެގެން ދިޔައީ ދެކުނުގެ ރަށެއްގައި އާއިލާ މީހުންތަކެއް ވެގެން ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލައެވެ. ނަމަވެސް އެ މައްސަލަތައް ތިލަވުމާއެކު އެތަކެއް ދިވެހިންނެއްގެ ލޭ ކެކިގެން ދިޔައީ އެ މައްސަލައިގައި ހިމެނޭ މީހުންނަކީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މީހުންކަން އެނގިގެން ދިއުމުންނެވެ.

ރޭޕްކުރި ތުއްތު ކުއްޖާގެ ކާފައަކީ މީގެކުރިން ވެސް ދެފަހަރެއްގެ މަތިން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެއީ 2014 ވަނަ އަހަރާއި، 2015 އަހަރުގެ ތެރޭގައެވެ. ނަމަވެސް އެމީހާ މިނިވަންވެ ދާދި ފަހަކާ ޖެހެދެން އުޅުނީ މުދިމު ކަމުގެ މަގާމުގައެވެ. އޭނާގެ ޝަރީއަތް މިއަދާ ހަމައަށްވެސް އޮތީ ނުހިނގައި މަޑުޖެހިފައެވެ.

މީގެއިތުރުން އެކުއްޖާގެ މަންމައާ ބައްޕައަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ބައެއްކަން ރަށު ރައްޔިތުންނާއި ކައުންސިލްއަށް އެނގިތިބެ މިއަދާ ހަމައަށް އެތުއްތު ކުއްޖާ އެމީހުން ގާތުގައި ގެންގުޅުމީ މުޅި ގައުމު ފެއިލްވެފައިވާ ކަމުގެ އެއްހެއްކެވެ. އެކުއްޖާގެ ބައްޕަގެ އިތުރުން މުނި ކާފާގެ ޝިކާރައަކަށް އެކުއްޖާވެފައިވާއިރު، އެތުއްތު ކުއްޖާއަށް މިއަނިޔާތައް ލިބެމުންދިޔައީ ކިހައި ދުވަހެއް ވަންދެން ކަމެއް ނޭނގެއެވެ. ރަނގަޅަށް ކިޔައިދޭން ނުވަތަ ވާހަކަ ދައްކަން ނޭނގޭ މިތުއްތު ކުއްޖާގެ ބޮޑު ދައިތައަށް އަޅާނުލެވުނަމަ އެކުއްޖާއަށް ދެން ވާނެ ގޮތް ހިތަށް ގެނައުމަށް ވެސް އުދަނގޫވެއެވެ!

ސުވާލަކީ އެ ހިސާބަށް ކަންކަން ދިޔައިރު އެކަން ތަކުރާރުވާ ހިސާބަށް ކަންކަން ދިޔައީ ކާކުގެ އިހުމާލަކުންބާއެވެ؟ އެކަން ސިއްރުކޮށްގެން ތިބީ ކޮން ބައެއް ބާއެވެ؟ ނުވަތަ އެކަމަށް ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ އެހިސާބަށް ކަންކަން ދާނެ ބާއެވެ؟ އޭނާގެ ޝަރީއަތް ހިންގައި އެކަށީގެންވާ އަދަބު ދިންނަމަ އެހިސާބަށް ކަންކަން ދާނެބާއެވެ؟ އެފަދަ ކިތައް އާއިލާ ރާއްޖޭގައި އެބަތިބި ބާއެވެ؟ އިންޑިއާ ފަދައިން ރާއްޖެއަކީވެސް ޖިންސީ އަނިޔާއާއި ޖިންސީ ގޯނާއަކީ "ޒާތީ މައްސަލަ" އެއް ކަމަށް ދެކޭ ރައްޔިތުންތަކެއް އުޅޭ ޤައުމެއްކަމަށް ހަދައިގެން "ހައްޕު" ކިޔައިގެން ތިބެންވީބާއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު