Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖެންޑަރ މިނިސްޓަރު ޝިދާތާ

އަޅުގަނޑުމެން އެންމެން ބޮޑުވީ ފާރުތަކާއި ފުރާޅުތަކަށް އަރައިގެން: ޖެންޑަރ މިނިސްޓަރު

އެކުދިން ގެންގުޅެނީ ބަންދުކޮށްގެން ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2020 | ހުކުރު 07:55
ފިޔަވަތީގެ ކުދިންތަކެއް ފާރުމައްޗަށް އަރައިގެން

ފިޔަވަތީގެ ކުދިންތަކެއް ފާރުމައްޗަށް އަރައިގެން

ސަރުކާރުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން ފުރާޅު މައްޗަށް އަރާ މައްސަލާގައި ފާޑު ކިޔާ ފަރާތްތަކަށް ޖެންޑަރ މިނިސްޓަރު ސިދާތާ ޝަރީފު ރައްދުދެއްވައިފިއެވެ.

ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ބޮޑުވެގެން އައީ ގަސްތަކާއި، ފާރުތަކުގެ އިތުރުން ގެތަކުގެ ފުރާޅުތަކުގެ މައްޗަށް އަރައިގެން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ގެތަކުގައި އުޅޭ ކުދިން ފާރުތަކާއި ގަސްތަކަށް އަރާ މަޖާކުރި ނަމަވެސް މައްސަލައަކަށް ނުވާ ކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ފާރުމަތިން ފެނުމުން މައްސަލައަކަށްވާ ކަމަށެވެ. އެކުދިން ގެންގުޅެނީ ބަންދުކޮށްގެން ނޫން ކަމަށާއި، އެކުދިންނަށް ވެސް އުފާވެރި މަޖާ މަހައުލެއް ގާއިމްކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަރުކަޒުތަކުގައި ދިރިއުޅޭ ކުޑަކުދިން ފާރުތަކާއި، ފުރާޅުތަކަށް އަރާ ކުޅެ މަޖާކުރަނީ އެކުދިން ނުބަހަލައްޓާތީ ނޫން ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން މަރުކަޒުތަކުގައި ގެންގުޅޭ ކުދިންނަކީ ތަފާތު މިޒާޖުގެ ކުދިންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކުދިން ގެނައީ ވެސް ތަފާތު މާހައުލުތަކުން ކަމަށެވެ. ކުދިން ބޮޑެތި ވަމުން އަންނައިރު ތަފާތު ކަންކަން ތަޖުރިބާ ކުރަން ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝީދާތާ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ހުޅުމާލޭގައި ހުންނަ ފިޔަވަތި، ވިލިމާލޭގައި ހުންނަ ކުޑަކުދިން ހިޔާގައި ދިރިއުޅެމުންދާ ކުދިން ފުރާޅު އަދި ފާރު މައްޗަށް އަރާ އުޅޭ ތަން ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މިފާޑު ކިޔުންތަކުގެ ސަބަބުން އެކުދިންނަށް ނޭދެވޭ އަސަރުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނެއް ވުޖޫދަށް އައިސް އެ ގާނޫނު ތަސްތީގުވެގެން ދިއުން އެއީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ކުޑަ ކުދިންގެ ހައްގުތަކާ ބެހޭ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ތަންފީޒު ކުރެވިގެންދާއިރު، ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ހުށަހެޅޭ މައްސަލަތައް ބެލުމާއި މައްސަލަތަކުގެ ނަތީޖާގައި ކުއްޖަކަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދީ ކުއްޖަކު މުޖުތަމައުއަށް ނެރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން

ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި އެންމެން ހައްޔަރު ކުރެވިއްޖެ: ފުލުހުން

05 ޖޫން 2017
އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

އޭޕްރީލް މަހުގެ ބިލްތައް ބޮޑުވީ، ހޫނު ގަދަވުމުގެ ސަބަބުން: ސްޓެލްކޯ

03 ޖޫން 2017
އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

އެކްސިޑެންޓްގައި އަނިޔާވި އެންމެންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަރަށް ގާތުން އަންނަނީ ބަލަން: ސަމާ އައިލެންޑް

03 ޖޫން 2017
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް

29 އެޕްރީލު 2017
މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

މިއަދު ރާއްޖޭގެ ސިޔާސީ މަސައްކަތުގައި އުޅޭ އެންމެންނަން އޮތީ ބިރުވެރިކަން: މާރިޔާ

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު