Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީއެޗްއެސްއީ

ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަނީ

16 ޖެނުއަރީ 2020 | ބުރާސްފަތި 01:56

ހުޅުމާލެއަށް ބަދަލުކުރުމުގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 16 ޖެނުއަރީ 2020 | ބުރާސްފަތި 01:56
ސީއެޗްއެސްއީގެ ދަރިވަރުންތަކެއް

ސީއެޗްއެސްއީގެ ދަރިވަރުންތަކެއް

މާލޭގެ އެންމެ ޒަމާންވީ މަތީ ޘާނަވީ ތަޢުލީމު އުގަންނައިދޭ ސްކޫލްކަމަށްވާ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކުރުމާ ބެހޭ މަޝްވަރާތައް ފަށައިފިއެވެ.

ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާއިރު، އެސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ވަނީ މަޑު ޖައްސާލާފައެވެ. އެސްކޫލުގެ ޢާ ޢިމާރާތް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ޙަވާލުކޮށްގެންނެވެ. އެގޮތުން އައު ޢިމާރާތް ކުރަމުންދަނީ ކުރީގައި ބޭނުންކުރަމުން ދިޔަ ބާ ޢިމާރާތް ތަޅާލުމަށްފަހުގައެވެ.

Advertisement - newsAdvertisement

ސީއެޗްއެސްއީގައި 08 ބުރީގެ ޢިމާރާތެއް އެޅުމަށް އާރްސީސީއާ ޙަވާލުކޮށްފައިވަނީ 17 އޮކްޓޫބަރު 2019 ގައެވެ. މިމަޝްރޫޢު ޙަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 33 މިލިއަން ރުފިޔާއަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސީއެޗްއެސްސީއަށް ހުޅުމާލެއިން ބިމެއް ދިނުމަށް ކުރަން ޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ނިންމީ ސީއެޗްއެސްއީ ހުންނަ ލިލީމަގު ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ، އެސްކޫލުގެ ބޮޑު ބައެއް ގެއްލިގެންދާތީއެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން ރަސްމީ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.

1000 އަށްވުރެ ގިނަ ދަރިވަރުން މަތީ ޘާނަވީ ތަޢުލީމު ޙާޞިލުކުރަމުން އަންނަ ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލުކުރަން ނިންމި ނަމަވެސް ބަދަލުކުރަނީ ކޮން ޞަރަޙައްދަކަށް ކަމެއް އަދި ސާފެއްނުވެއެވެ.

ސައެންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި 1979 ވަނަ އަހަރު ،ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ހުޅުއްވައިދެއްވި މި ސްކޫލް، ސީއެޗްއެސްއީ ގެ ނަމަށް ބަދަލުކޮށްފައިވަނީ 2001 ވަނަ އަހަރުގެ ތެރޭގައެވެ.

ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިތަކުގެ މައްސަލައަށް ޙައްލެއް ހޯދައިދޭނެ ކަމަށާއި، ދަރިވަރުން ތަޢުލީމު ޙާޞިލުކުރުމަށް އެކަށީގެންވާ މާޙައުލެއް ޤާއިމުކޮށްދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2018

ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރަނީ

25 ނޮވެމްބަރު 2018
ސެނަހިޔާ ހޮސްޕިޓަލަކަށް ބަދަލުކުރަނީ
05 ނޮވެމްބަރު 2018

ސިނަމާލެ ބްރިޖަކުން ބައިސިކަލެއް ނުދުއްވޭ، ފެރީން ނުދެވޭ، ދެން ހުޅުމާލެއަށް ބައިސިކަލްގައި ދާނެ ގޮތެއް ބުނެދީބަލަ!

05 ނޮވެމްބަރު 2018
ސިނަމާލެ ބްރިޖަކުން ބައިސިކަލެއް ނުދުއްވޭ، ފެރީން ނުދެވޭ، ދެން ހުޅުމާލެއަށް ބައިސިކަލްގައި ދާނެ ގޮތެއް ބުނެދީބަލަ!
30 ސެޕްޓެމްބަރު 2018

ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަނީ

30 ސެޕްޓެމްބަރު 2018
ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަނީ
15 ޖޫން 2018

ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރަނީ

15 ޖޫން 2018
ޕްރައިމަރީއަކުން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅާގޮތަށް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރަނީ
22 އެޕްރީލު 2018

ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަމަށް ގެންދިޔަ މީހުނަކަށް ނޭނގޭ!

22 އެޕްރީލު 2018
ހުޅުމާލެއަށް ގެންދިޔައީ އާލިފްގެ ކާރެއް ކަމަށް ގެންދިޔަ މީހުނަކަށް ނޭނގޭ!
18 ނޮވެމްބަރު 2017

80000 މީހުން ހުޅުމާލެއަށް ޖަމާކުރުމަށް ސަރުކާރުގެ "ހިޔާ" މަޝްރޫއު އިފްތިތާހުކޮށްދެއްވައިފި

18 ނޮވެމްބަރު 2017
80000 މީހުން ހުޅުމާލެއަށް ޖަމާކުރުމަށް ސަރުކާރުގެ "ހިޔާ" މަޝްރޫއު އިފްތިތާހުކޮށްދެއްވައިފި
29 އޮކްޓޯބަރު 2017

އޭސީޕީ ޖަމްޝީދު މަގާމުން ދުރުކޮށް އައްޑޫ ސިޓީއަށް ބަދަލުކުރަނީ!

29 އޮކްޓޯބަރު 2017
އޭސީޕީ ޖަމްޝީދު މަގާމުން ދުރުކޮށް އައްޑޫ ސިޓީއަށް ބަދަލުކުރަނީ!
29 އޮކްޓޯބަރު 2017

ހުޅުމާލެއަށް މަސް ނުކުރިގެން ދޯނިތައް ފުނިޖެހިއްޖެ

29 އޮކްޓޯބަރު 2017
ހުޅުމާލެއަށް މަސް ނުކުރިގެން ދޯނިތައް ފުނިޖެހިއްޖެ
05 މެއި 2017

މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ

05 މެއި 2017
މީހެއް މަރުވުމުން މޫނު ބަލަން ހުޅުމާލެއަށް ދާންޖެހޭ ސަރުކާރުން ރަގަޅަށް ކޮށްދޭނީ ކޮންކަމެއް: މާރިޔާ
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް