Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިން

ހުޅުމާލެއަށް މަސް ނުކުރިގެން ދޯނިތައް ފުނިޖެހިއްޖެ

މިއަދުވެސް 40 ވަރަކަށް ދޯނި ކިއުގައި މަސް ނުކިރިފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 29 އޮކްޓޯބަރު 2017 | އާދީއްތަ 08:12
ހުޅުމާލެ މަސް ކިރާ ސަރަހައްދުގައި މަސް ދޯނިތައް ކިޔޫގައި

ހުޅުމާލެ މަސް ކިރާ ސަރަހައްދުގައި މަސް ދޯނިތައް ކިޔޫގައި

ކަންނެލި މަހަށްދާ ދޯނި ފަހަރުތަކުން މަސްތައް ނުކިރިގެން ހުޅުމާލެ ފަޅުތެރޭގައި ފުނިޖެހިއްޖެ އެވެ.

ރާއްޖޭގައި މަސްކިރާ އެންެމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެންސިސް ހުޅުމާލެ ޖެޓީ ސަރަހައްދުގައި އޮތް ކަންނެލި މަހަށްދާ ދޯންޏަކުން ބުނީ އެމީހުން އެންސިސް ޖެޓީގައި ކިއުގައި އޮންނަތާ ތިން ދުވަސް ވެފައިވާ ކަމަށާއި ކިއުގައި ފަސް ދުވަސް ވެފައިވާ ދޯނިތައްވެސް އެބައޮތް ކަމަށެވެ.

މަސްވެރިޔަކު ބުނީ ހުޅުމާލޭގައި މަސްކިރާ ކުންފުނިތަކުން ބުނަމުންދަނީ މަސް ކިރެން ނެތްކަމަށާއި ސްޓޯރޭޖްގެ ޖާގަ ފުލްވެފައިވާ ކަމަށެވެ.

އޭނާ ބުނީ އާދިއްތަ ދުވަހު ވެސް އެންސިސް ޖެޓީއާއި އެސަރަހައްދުގައި 40 އަށްވުރެ ގިނަ ދޯނި މަސް ނުކިރިގެން ކިއުގައި އެބައޮތް ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ މަސް ނުކިރޭ ތަނުގައި އައިސްކޮޅެއް ލިބޭނެ ގޮތް ވެސް ނުވާކަމަށާއި މަސްވެރިންގެ ހާލަތު އަޑު އަހާނެ ބަޔަކު ރާއްޖޭގައި ނެތަތީ ހިތާމަ ކުރާކަމަށެވެ. ހާއްސަކޮށް ސަރުކާރުން މަސްވެރިންނަށް ރަނގަޅު ގޮތް ހައްދަވާނެ ކަމަށްބުނާއިރު، މަސްވެރިން ބާނާ މަސްކޮޅު ކިރޭނެ ފަސޭހަ ގޮތެއް ނެތްކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.

އޭނާ ބުނީ މަސް ކިރޭ ގޮތް ވާ ދުވަސްދުވަހު ވެސް މަހުގެ ހަމަ އަގު ނުލިބޭ ކަމަށާއި މިހާރުވެސް ކަންނެލި ކިލޯއެއް އުޅެނީ 40ރ އާއި 30ރ އާ ދެމެދުގެ އަގެއްގައި ކަމަށެވެ.

ހުޅުމާލެ މަސް ކިރާ ސަރަހައްދުގައި މަސް ދޯނިތައް ކިޔޫގައި

އޭނާ ބުނީ މަހަށް ފުރޭނީވެސް މަސްކިރި، އަދި އައިސް ވެސް ލިބިގެން ކަމަށްވާއިރު، އެކަންކަން ހަމަޖެހޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މިހާރަކަށްއައިސް މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅޭ ވާހަކަތަކާއި ކިރާ މަސްކޮޅަށް ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވާކަމަށް ބުނާ ވާހަކަތައް ދަނީ ވަރަށް ގިނައިން އިވެމުންނެވެ.

މަސްވެރިން ބުނަމުންދަނީ އެންސިސްފަދަ ބޮޑެތި ކުންފުނި ތަކުން ދަނީ ލޯންގްލައިން މަސްވެރިކަމަށްޓަކައި ރާއްޖޭން ބޭރުން މަސް ބޯޓުތަކެއް ގެނެސް ލޯންގްލައިންގެ މަސްވެރިކަން ކުރަމުން ކަމަށާއި އެހެންކަމުން އެ ބޯޓުތަކުން ބާނާ މަސް ކިރުމަށްފަހު ނޫނީ މަސްވެރި ދޯނިތަކުން ބާނާ މަސް ކިރުވުމުގައި ދަތިތަކެއް ވަމުންދާ ކަމަށެވެ. އެއިން ކޮންމެ ކުންފުންޏެއްގައި އެތަކެއް މަސް ބޯޓުތައް އޮންނައިރު، އެބޯޓުތަކުން ބާނާ މަސް ކިރުމަށްފަހު، ގިނަ ފަހަރަށް އެކުންފުނިތަކުގެ ސްޓޯރޭޖްތަކުގައި ޖާގަ ނުހުންނަ ކަމަށްވެސް މަސްވެރިން ބުނެއެވެ.

އެހެންކަމުން ކަންނެލި ދޯނިތަކުން ބާނާ މަސް ކިރުވުމުގައި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް މަސްވެރިން ބުނެއެވެ.

ރާއްޖޭގެ ބޮޑެތި މަސް ފެކްޓަރީތައް ހިންގާ ކުންފުނިތަކުން ރާއްޖެއިން ބޭރުން މަސްބޯޓުތައް ގެނެސް ލޯންގްލައިންގެ މަސްވެރިކަން ކުރަމުންދާތީ މަސްވެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފަ އެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު