Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިރުވައި ކޮންފެރެންސް

ކައުންސިލަރުންގެ މުސާރަ ބޮޑުކޮށް، މުސާރައިގެ އާ އޮނިގަނޑު މަޖިލީހަށް ފޮނުވައިފި

15 ޖެނުއަރީ 2020 | ބުދަ 08:09

މޭޔަރަކަށް ލިބޭނީ 40،000 ރުފިޔާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖެނުއަރީ 2020 | ބުދަ 08:09
އިރުވައި ކޮންފެރެންސް - ރައީސް ކޮންފެރެންސްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

އިރުވައި ކޮންފެރެންސް - ރައީސް ކޮންފެރެންސްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުން އަލަށް އިންތިޚާބުކުރާ ކައުންސިލަރުންނަށް ލިބޭނެ މުސާރައިގެ އޮނިގަނޑު އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް"ގައި ބައިވެރި ވަޑައިގެން ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކޮންފެރެންސްގެ ބައިވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގައި ބަލާފައިވާނީ ތަފާތުނުކޮށް ހުރިހާ ކައުންސިލަރުންނަށްވެސް އެއް ހަމައަކުން މުސާރަ ކަނޑައެޅުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން މޭޔަރަކަށް ލިބޭނީ 40،000 ރުފިޔާ އެވެ. އަދި ޑެޕިޔުޓީ މޭޔަރަކަށް 35،000 ރުފިޔާ ލިބޭއިރު ސިޓީ ކައުންސިލް މެމްބަރަކަށް 30،000 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލް ރައީސަކަށް 28،000 ރުފިޔާ އަދި ރަށު ކައުންސިލް ރައީސް އަކަށް 23،000 ރުފިޔާ ލިބޭއިރު ނައިބު ރައީސަށް ލިބޭނީ 15،000 ރުފިޔާއެވެ. ކައުންސިލް މެމްބަރަކަށް ކަނޑައަޅާފައިވަނީ 12،000 ރުފިޔާ އެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ކަނޑައަޅާފައިވާނީ ދައުލަތަށް ލިބޭ އާމްދަނީ އަށް ބަލައިގެންކަމަށެވެ. އަދި އާމްދަނީ ލިބޭ މިންވަރަކުން މުސާރަ މުރާޖަޢާ ކުރެވިދާނެ ކަމަށާއި މަޖިލިސް ފެށުމުން އެކަމާމެދު ގޮތެއް ނިންމަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުން ވަނީ މޭޔަރުންގެ މުސާރަ 18،000ރ. އަށް އަދި ޑެޕިއުޓީ މޭޔަރުންގެ މުސާރަ 14،000ރ. އަށް ކުޑަކޮށްފަ އެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކޮށްފައި ވަނީ 11،500ރ. އަށެވެ. ނަމަވެސް މިސަރުކާރު އައުމަށްފަހު ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ވަނީ މޭޔަރުންނަށް 45،000 ރުފިޔާ ޑެޕިއުޓީ މޭޔަރުންނަށް 35،000 ރުފިޔާ އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް 25،000 ރުފިޔާ ދިނުމަށް ފާސްކޮށްފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

އިތުރަށް ކިޔާލަން

11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
02 މާރިޗު 2017

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް