Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮބީ

ބޮބީ އީގަލްސްއަށް ބަދަލުވެއްޖެ

ބޮބީ ފުޓުބޯޅަ ކެރިޔަރުފެށީ ކްލަބް އީގަލްސްއިން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ޖެނުއަރީ 2020 | އަންގާރަ 16:32
ބޮބީ

ބޮބީ

ކްލަބް ގްރީންސް ސްޓްރީޓްސްއަށް މި ސީޒަނުގައި ކުޅެމުންއައި ރިހާމް އަބްދުލް ގަނީ (ބޮބީ) އޭނާގެ ކުރީގެ ކްލަބް، ކްލަބް އީގަލްސްއަށް ބަދަލުވެއްޖެއެވެ.

ބޮބީ އަކީ މި ޓްރާންސްފަރ މާކެޓްގައި އީގަލްސް އިން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އީގަލްސްއިން ވަނީ ނިލަންދޫއަށް ކުޅެމުން އައި ބިދޭސީ ކުޅުންތެރިޔާ ޓޮޝީކީ އޮކަމޯޓޯ އާއި ފޯކައިދޫއަށް ކުޅެމުންއައި ހަސަން ނަޒީމް (ޗޯޓު) ގެނެސްފައެވެ.

އުމުރުން 22 އަހަރުގެ ބޮބީ އީގަލްސްއަށް ބަދަލުވީ މި ސީޒަނުގެ ނިޔަލަށެވެ. ބޮބީގެ އިތުރުން ގްރީން ސްޓްރީޓްސް ދޫކޮށް ގިނަ ކުޅުންތެރިންތަކެއް ވަނީ މި ޓްރާންސްފަރ މާކެޓްގައި ގޮސްފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ގާސިމް ސަމާމް (ސައްމެ) ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މި ކުޅުންތެރިން ގްރީން ދޫކޮށް ދިޔައީ އެޓީމްގެ ކޯޗު އަލީ ސުޒެއިންގެ ހުއްދަ އާއި އެކުގައެވެ.

2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަންފެށި ބޮބީ އެންމެ ފުރަތަމަ ފެނިގެންދިޔައީ އީގަލްސްގެ ޖާޒީގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ނިއުރޭޑިއަންޓް އަށް ބަދަލުވެ ބޮބީ ވަނީ އެޓީމުގައ މޮޅު ކުޅުމެއް ދައްކައި ގައުމީ ޓީމުން ޖާގަ ހޯދައިފައެވެ. ގައުމީ ޓީމާއިއެކު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ބޮބީ ވަނީ ނިއުރޭޑިއަންޓްއާއި އެކު އޭއެފްސީ ކަޕްގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މި ސީޒަނުގައި ގްރީންއަށް ބަދަލުވެ ގްރީންގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބޮބީއަށް ވަނީ އެޓީމުގެ ކޯޗު ސުޒެއިން ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ.

އީގަލްސް އާއި އެކު ބޮބީ ކުޅޭނެ ފުރަތަމަ މެޗަކީ ބުރާސްފަތި ދުވަހު ޓީސީ އާއި ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
21 ޖޫން 2017

ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި

21 ޖޫން 2017
ދެވަނަ ބުރުގައި އީގަލްސްގެ ބޮބީ، ހަންނަ އަދި މުއްކި ނުފެންނާނެ: ސާންތި
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
22 މެއި 2017

ޔޫވީ އަތުން އީގަލްސްއަށް ފަސޭހަ މޮޅެއް

22 މެއި 2017
ޔޫވީ އަތުން އީގަލްސްއަށް ފަސޭހަ މޮޅެއް
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު