Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިމިނަލް ކޯޓް

11 އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މަރުވި މީހުންގެ މަރުގެ ދިޔަ ދިނުމަށް ހުކުމްކޮށްފި

އެކްސިޑެންޓް ހިނގާފައިވަނީ 19 ޖެނުއަރީ 2008 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2020 | އަންގާރަ 04:58
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މީގެ 11 އަހަރު ކުރިން ހިނގި ކަނޑުމަތީގެ އެކްސިޑެންޓެއްގައި މަރުވި މީހުންގެ މަރުގެ ދިޔަ ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

2008 ވަނަ އަހަރު ހިނގި މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ އދ ދިގުރަށު އިރުމަތީގޭ މުޙައްމަދު ޤާސިމްއާއި، ހދ ހިރިމަރަދޫ ނޫރީގޭ މުހައްމަދު އަބްދުﷲ ގެ މައްޗަށެވެ. އެގޮތުން ކަނޑުމަތީގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި ޚިލާފުވެފައިވާތީ ޤާނޫނުލް އުޤޫބާތުގެ ދަށުން މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހުކުމްކުރުމަށް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ، ދައުވާއާއި ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ ޤާސިމް ދައުވާއަށް އިއުތިރާފުވެފައިވާ ކަމަށާއި، އޭނާގެ އިއުތިރާފް ޝަރީއަތުން ބަލައިގަނެފައިވާ ކަމަށެވެ.

އޭގެއިތުރުން، މި މައްސަލައިގައި ދައުވާލިބޭ މުހައްމަދު އަބްދުﷲ ދައުވާއަށް އިންކާރުކޮށްފައިވީ ނަމަވެސް އޭނާއާއި ދެކޮޅަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށައަޅާފައެވެ. އެގޮތުން މި އެކްސިޑެންޓް ހިނގައި ދިޔަ ގޮތަށް ބަލާއިރު، އެކްސިޑެންޓް ހިނގާފައިވަނީ 19 ޖެނުއަރީ 2008 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މުހައްމަދު އަބްދުﷲ ބާރު ސްޕީޑުގައި ދުއްވަމުން ގެންދިޔަ ދޯންޏަކާއި މި މައްސަލައިގައި ދެން ދައުވާލިބޭ ޤާސިމް ދުއްވަމުން ދިޔަ ޑިންގީއެއްޖެހި ހިނގި އެކްސިޑެންޓެއްގައެވެ. އަދި މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ދެ މީހަކު ވަނީ މަރުވެފައެވެ.

އެކްސިޑެންޓު ހިނގުމާއެކު ދައުވާލިބޭ ޤާސިމް ހޭނެތުނު ނަމަވެސް އޭނާވެސް ޑިންގީ ދުއްވީ ފަރުވާ ކުޑަކޮށް ކަމަށް ވަނީ އިއުތިރާފުވެފައެވެ. އަދި ދައުވާލިބޭ މުހައްމަދު އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެކްސިޑެންޓް ހިނގުމާއެކު އިތުރު މީހުން ސަލާމަތް ކުރެވޭތޯ ބެލުމުގެ ބަދަލުގައި ފުލުހުންނަށް ގުޅުމަށްފަހު އެ ސަރަޙައްދުން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އެ ސަރަޙައްދުގައި މަޑުކޮށް، އިތުރު މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތްކުރި ނަމަ މަރުވި މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު އޮތްކަން ހުކުމުގައިި ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގައި މަރުވި ދެމީހުންގެ ތެރެއިން އެކެއްގެ އާއިލާއިން މަރުގެ ދިޔަ ބޭނުން ނުވާކަމަށް ބުނި ނަމަވެސް މަރުވި ދެވަނަ މީހާގެ އާއިލާއިން ބުނެފައިވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށެވެ. އެގޮޮތުން މި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ދެ މީހުންގެ މައްޗަށްވެސް ދައުވާ ސާބިތުވާކަމަށް ހުކުމްކޮށް، މަރުގެ ދިޔައިގެ ގޮތުގައިވާ 133،333 ރުފިޔާގެ ތެރެއިން މީހަކަށްޖެހޭ 66،666.50 ރުފިޔާ ހޯމަ ދުވަހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު