Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އިރާނާމެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާއި އެމެރިކާގެ %56 މީހުން ނުގަބޫލު

56 އިންސައްތަ މީހުން އިރާނާމެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާއި ދެކޮޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ޖެނުއަރީ 2020 | އަންގާރަ 03:17
ޖެނުއަރީ 4 ގައި ވައިޓް ހައުސް ކުރިމަތީގައި ހަނގުރާމަ ކުރުމާއި ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން

ޖެނުއަރީ 4 ގައި ވައިޓް ހައުސް ކުރިމަތީގައި ހަނގުރާމަ ކުރުމާއި ދެކޮޅަށް ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނާ މެދު ގެންގުޅުއްވާ ސިޔާސަތާއި މެދު އެމެރިކާގެ ގިނަ މީހުން ނުގަބޫލުކަމަށް އެމެރިކާގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.

އޭބީސީ ނިއުސްއިން މިޚިޔާލު ހޯދުމުގެ ސާރވޭ ކުރިޔަށް ގެންގޮސްފައިވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެވެ. އެއަށްފަހު އާދިއްތަ ދުވަހު އެމީހުން ހާމަކުރި ނަތީޖާ ދައްކާގޮތުން ޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން 56 އިންސައްތަ މީހުން އިރާނާމެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާއި ދެކޮޅެވެ. އަދި 52 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާއިން ވައިގެ ހަމަލާދީ އިރާނުގެ ސަލާމަތީ ބާރުތަކުގެ މަތީވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް ޓްރަމްޕް ހުއްދަދެއްވުމާއި ގުޅިގެން އެމެރިކާ އަށް ކުރިމަތިވެފައިވާ ނުރައްކާ ބޮޑުކަމަށެވެ.

ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ސުލައިމާނީ އަވަހާރަ ކޮށްލާފައިވާއިރު މިހަމަލާދިނުމަށް ޓްރަމްޕް ހުއްދަ ދެއްވުމުން އިދިކޮޅު ޑިމޮކްރަޓު މެމްބަރުންނާއި ރިޕަބްލިކަންގެ ބައެއް މެމްބަރުންވަނީ ޓްރަމްޕްގެ އެ ނިންމެވުމަށް ފާޑުވިދާޅުވެފަ އެވެ. އަދި ކޮންގްރެސްގެ ހުއްދައަކާއި ނުލާ ޓްރަމްޕް މިއެޅުއްވި ފިޔަވަޅުގެ ސަބަބުން އެމެރިކާއިން އިރާނާއެކު ހަނގުރާމައެއް ކުރުމާ ހަމައަށް ގޮސްފިކަމަށާއި ސުލައިމާނީ އަވަހާރަކޮށްލަން ދިން ހަމަލާއަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ޚިލާފަށް ދިން ހަމަލާއެއް ކަމަށް ބުނެ ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

މިފަދަ އެހެން ޕޯލްތައް އެހެން ނިއުސް އެޖެންސީތަކުންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެޕޯލްތަކަށް ބަލާލާއިރު ޔޫއެސްއޭ ޓުޑޭއިން ކުރިޔަށްގެންދިޔަ ޕޯލުގެ ނަތީޖާ ދައްކާގޮތުން 55 އިންސައްތަ އެމެރިކާ މީހުން ގަބޫލުކުރާ ގޮތުގައި ސުލައިމާނީ އަވަހާރަކޮށްލުމުން އެމެރިކާއަށް ނުރައްކާތެރިކަން ވަނީ ކުރިޔަށްވުރެ ބޮޑުވެފަ އެވެ. އަދި ރޮއިޓަރސް އިން ކުރިޔަށް ގެންދިޔަ ޕޯލްގެ ނަތީޖާ ދައްކާގޮތުން 53 އިންސައްތަ މީހުން ޓްރަމްޕް އިރާނާމެދު ގެންގުޅޭ ސިޔާސަތުތަކާއި ދެކޮޅެވެ. ނުވަތަ އިރާނުގެ މަޝްރަހުގެ ކަންކަން ހައްލުކުރުމަށް ކަންކަން ކުރައްވާގޮތާއި މެދު ހިތްހަމައެއް ނުޖެހެއެވެ.

މީގެއިތުރުން ރޮއިޓަރސް އިން ނެގި ޕޯލްގައި 71 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި އިރާނާއި އެމެރިކާ އާ ދެމެދު ހަނގުރާމަ ކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އެމެރިކާއިން ދިން ހަމަލާތަކުގައި ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެމެރިކާ އާއި އިރާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު