Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

އެމްޑީޕީ ނޫން ކައުންސިލަރުން އައިސްގެން ބަޖެޓް ފުރިހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ: ޝަރީފް

ބަޖެޓުން ކުރާނެ ކަންތައްތައް ވިސްނުމަކީ އެމްޑީޕީ ކައުންސިލަރުން ނޫނީ ނުކުރެވޭނެ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 ޖެނުއަރީ 2020 | އަންގާރަ 03:32
ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ނޫން އެހެން ކައުންސިލަރުން އައިސްގެން ބަޖެޓް ފުރިހަމަ ގޮތުގައި ބޭނުންކުރުމަކީ ވާނެ ކަމެއް ނޫން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ. ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނު ފާސްކުރުމަށްފަހު އެ ގާނޫނުގެ ދަށުން ވަރަށް ގިނަ ބާރުތަކެއް ރަށްރަށުގެ ކައުންސިލްތަކަށް ދީފައިވާނެ ކަމަށެވެ. އަދި އެއާއެކު ރަށްރަށުގެ ކައުންސިލަށް މި ބާރުތަކާއެއްކޮށް ވަރަށް ބޮޑު ބަޖެޓެއް އެކުލަވާލާ ފާސްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ބަޖެޓުން ކުރާނެ ކަންތައްތައް ވިސްނުމަކީ އެމްޑީޕީ ކައުންސިލަރުން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީގެ ކައުންސިލަރުން ހޮވައިގެން ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ޓުއަރިޒަމް ފުޅާނުވެ އޮތް ތިލަދުންމައްޗަށް ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރުން ކަމަށެވެ. އަދި އެކަން ކުރުމަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ޖެހޭ ކަމަށާއި، އެއާއެކު ފަތުރުވެރިން ގެނައުމުގައި ވެސް ލުއިތަކެ ލިބިގެންދާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ހއ. ހދ. އަތޮޅުގައި ޓުއަރިޒަމް ކުރިއެރުވުމަށް އިންޑިއާގެ ފަތުރުވެރިން ގެނައުމަކީ ކުރެވިދާނެ ކަމަށާއި، އެހެން ހިސާބުތަކަށް ވުރެ އަގުހެޔޮކޮށް އެ ހިސާބުގައި އެކަން ކުރެވޭނެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރެވިގެން ކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު