Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޖެންޑާ 19 ރަށަށް

ރާއްޖެ އަނބުރާ 1800ގެ އަހަރުތަކުގެ ތެރެއަށް ވައްޓާލަން ރައްޔިތުން ބޭނުމެއް ނުވޭ: އަހުމަދު އަބްދުﷲ

އެމްޑީޕީން އަބަދުވެސް ގެންދިޔައީ ލާމަރުކަޒީ ބާރުތައް ރަށްރަށަށް ދިނުމަށް ވަކާލާތުކުރަމުން ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 19:36
ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ

ރާއްޖެ އަނބުރާ 1980 ނުވަތަ 1800 ގެ އަހަރުތަކުގެ ތެރެއަށް ވައްޓާލަން ދިވެހި ރައްޔިތުން ބޭނުންނުވާކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން ތިލަދުންމައްޗަށް ކުރާ ދަތުރުގައި، ހއ ދިއްދޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ޕާޓީގެ ޗެއަރޕާސަންގެ ނައިބް މާލީކަންވެސް ކުރައްވާ އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ކަމަށެވެ. އަދިި ރައްޔިތުންގެ ކަންކަން ރައްޔިތުންނަށް ނިންމޭނެ ފަދަ ނިޒާމެއްކަމަށާއި، 1800 ނުވަތަ 1980 ގެ އަހަރުތަކުގެ ހާލަތަށް އަނބުރާ ދިއުމަށް ރައްޔިތުން ބޭނުން ނުވާކަމަށް މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީން އަބަދުވެސް ގެންދިޔައީ ލާމަރުކަޒީ ބާރުތައް ރަށްރަށަށް ދިނުމަށް ވަކާލާތުކުރަމުން ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ ނިޒާމުގެ ތެރެއިން ލާމަރުކަޒީ ބާރުތަކާއި، ރައްޔިތުންނަށް ބާރުތައް ދޫކޮށްލުމަށް ފާސްކުރެވުނު ކަމަށެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރީ އެ ބާރުތައް ކައުންސިލްތަކުންނާއި ރައްޔިތުން އަތުން ނިގުޅައިގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ސަރުކާރުތަކުން ތަރައްގީއަށް ހުރަސްއަޅާ، ކައުންސިލްތަކުގެ އަތް ބަނދެލި ކަމަށް މެމްބަރު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއިން ދެވަނަ ފަހަރަކަށް ވެރިކަމަށް އައިސް އެ މަސައްކަތް އަލުން ފެށިކަމަށާއި އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސް، ނިގުޅައިގަތް ބާރުތައް އަނބުރާ ދީފައިވާނެ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ކައުންސިލްތަކަށް މާލީ ބާރުވެރިކަން ލިބޭ ގޮތަށް އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލުގައި ހިމެނެންވާނީ އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލުތަކަށް އިންތިޙާބު ކުރާ ރައީސުންނެވެ.

މީގެއިތުރުން ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުން ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ އިތުރުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ދިގު ކުރާ ގޮތަށްވެސް ވަނީ އިސްލާހުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު