Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19 ރަށަށް

އެމްޑީޕީއާ ދޭތެރޭގައި ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭން އުޅޭތީ: ސަލީމް

13 ޖެނުއަރީ 2020 | ހޯމަ 19:25

މިއީ އެމްޑީޕީން ޗެމްޕިއަންކަން ހޯދަން ނުކުންނަ ތިންވަނަ ފަހަރު، މި ފަހަރު ވެސް އެމްޑީޕީން ތަށި ނަގާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ޖެނުއަރީ 2020 | ހޯމަ 19:25
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

އެމްޑީޕީއާ މެދުގައި ސިޔާސީގޮތުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދޭން އުޅޭތީކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އެޖެންޑާ 19 ރަށަށް – ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހިރާއްޖެއަކީ އެތައް ޒަމާންތަކެއް ވަންދެން އެކި ބާވަތްތަކުގެ ވެރިކަން ކޮށްފައި އޮތް ގައުމެއްކަން އެންމެންނަށްވެސް އިނގޭ ކަމަށެވެ. އަދި އެމްޑީޕީއާ މެދުގައި ސިޔާސީގޮތުން ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހެނީ ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދީ ރައްޔިތުން އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދައިދޭތީ ކަމަށް ސަލީމް ވިދާޅުވި އެވެ. އެގޮތުން ސަލީމް ވިދާޅުވީ ވެރިންގެ ކައިރިއަށްގޮސް ސަލާން ނުޖަހާ ފައިބުޑަށް ނުވެއްޓި އަމިއްލައަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަސައްކަތް ކުރަން އުޅޭތީ އެމްޑީޕީއާއި ދޭތެރޭގައި ސިޔާސީ ބައެއް ފަރާތްތަކުން ހިތްހަމް ނުޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ސަލީމް ވިދާޅުވީ މިއީ އެމްޑީޕީން ޗެމްޕިއަންކަން ހޯދަން ނުކުންނަ ތިންވަނަ ފަހަރު ކަމަށެވެ. އަދި މި ފަހަރު ވެސް އެމްޑީޕީން ތަށި ނަގާނެ ކަމަށާއި، ޗެމްޕިއަނުން ޗެމްޕިއަނުންނަށް ވަނީ ހަމައެހެން ތިބެފަ ނޫން ކަމަށެވެ. އެއީ ބުރަ މަސައްކަތާއި ހިއްމަތާއި މިންނަތާއި ރޭވުންތެރިކަމާއެކީ ކުރާ ކަމެއް ކަމަށާއި، ހަމަ ތިބެފަ ދަނޑަށްއަރާ މެޗެއް ކުޅެފައި މޮޅުވަނީއެއް ނޫން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެމްޑީޕީން ޗެމްޕިއަންކަން ނަގާނެކަމުގެ އެއް ހެއްކަކީ އެމްޑީޕީން މަސައްކަތްކުރާ އިންތިޒާމްތައް ކަމަށެވެ. އަދި ތަންތަނަށް ދަތުރުކޮށް ގޭގެއަށް ގޮސް މީހުންނާ ވާހަކަދައްކާ މެނިފެސްޓޯ އެކުލަވާލާ ކަންކަން ތަރުތީބުކޮށް ވޯޓާ ހަމައަށް ގޮސް އެކަން ކާމިޔާބުވުމުން އެވީ ވައުދުތަކުގެ މަތިން ހަނދާން ނައްތާނުލާ ރެއާ ދުވާލު މަސައްކަތްކޮށް އެ ވައުދުތައް ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ކަމަށާއި، އެއީ އެމްޑީޕީއަށް ޗެމްޕިއަންކަން ލިބޭ ގޮތް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކާޅު ހާލި ހެދީމަ ކޮވެލި ބިސްއަޅާ ކަމަށެވެ. އެގޮތުން އެމްޑީޕީން ރިޔާސީ އިންތިހާބެއް ކާމިޔާބުކޮށް ރާއްޖެއަށް ނަޒަރު ހިންގާލިއިރު، ރާއްޖެ އޮތީ ވީރާނާވެގެން ގޮސްފައި ކަމަށާއި، ރާއްޖެއާއި ގުޅުން އޮތް ގައުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން އޮތީ އިންތިހާއަށް ކަމަށާއި، ދިވެހިންނާ މެދު ކަންކުރެވެމުން ދިޔައީ ހިތުހުރި ގޮތަކަށް ކަމަށެވެ.

މީގެއިތުރުން ވަޒީފާތަކުގެ ޔަގީންކަމެއް ނެތް ކަމަށާއި، ބޭނުން މީހަކަށް ބޭނުންގޮތެއް ހަދަމުންދިޔަކަން އެއީ އިއްޔެ މެންދުރު ހިނގަމުންދިޔަ ކަންތައްތައް ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ބަދަލުކޮށް ދުނިޔެއާއި ގުޅުން ބަދަހިކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއަރުވާ އެތައްއެތައް ވައުދެއް ފުއްދަންކުރާ މަސައްކަތްތަކުން އުފާވެރިކަން އިހުސާސްކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ދަންނަ ނިޒާމެއް ކަމަށާއި، އެއީ އެމްޑީޕީއަށް ފަރިތަ ނިޒާމެއް ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ރާއްޖޭގައި ވެރިކަން ހިންގަން ބޭނުންވި ނިޒާމް މިހާރު އޮތީ ގާނޫނީ ގޮތުން ފުރިހަމަކޮށްފައި ކަމަށާއި، ދެން އެމްޑީޕީއަށް އެ ފުރުސަތު ދެއްވަން ޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެ ފުރިހަމަ ލާމަރުކަޒީ ނިޒާމަކުން ހިންގަން ފެށީމަ ރައްޔިތުންނަށް ލިބެނީ ކިހާ އުފާވެރިކަމެއް ކަން ފެނިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އަސީލުގެ މަރުގެ މައްސަލަ ކުރިއަށްދާތާ 12 އަހަރު: 4 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް