Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮލިމްޕަސް

އޮލިމްޕަސް ކުއްޔަށް ދޫކުރުމާބެހޭ އުސޫލު އިސްލާހުކޮށް، އަލުން އެކުލަވާލައިފި

ކުރިން ބޭނުންކުރަމުން އައި އުސޫލަށް އިސްލާހުގެނެއީ ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތްތަކެއް ކަނޑަ އެޅުމުގެ މަޤްސަދުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 13:44
އޮލިމްޕަސް

އޮލިމްޕަސް

އޮލިމްޕަސް ހޯލް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރަމުން އައި އުސޫލު އިސްލާހުކޮށް އަލުން އެކުލަވާލައިފިއެވެ.

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސް އިން އާންމުކުރި އިސްލާހުގައި ބުނެފައިވަނީ ފިލްމު ދެއްކުމަށާއި ޝޯ ބޭއްވުމަށާއި އަދި ފަންނުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަމަށް އޮލިމްޕަހުގެ ހޯލު ހަމަހަމަ ގޮތެއްގައި، ވަކި އުޞޫލެއްގެ ދަށުން ކުއްޔަށް ދޫކުރުމާއި، ދެމެހެއްޓެނިވި އަދި ހަރުދަނާ ގޮތްތަކެއް ކަނޑަ އެޅުމުގެ މަޤްސަދުގައި ކުރިން ބޭނުންކުރަމުން އައި އުސޫލަށް އިސްލާހުގެނެސް އޮލިމްޕަސް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުސޫލް އާއްމުކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އޮލިމްޕަސް އުސޫލުގައި ބުނެފައިވަނީ ކުއްޔަށް ހިފާ ފަރާތުން ހަރަކާތެއް ހިންގުމުގަޔާއި ތައްޔާރީތައް ކުރިއަށް ގެންދިޔުމުގައި އޮލިމް ޕަހުގެ ޢިމާރާތާއި ވަސީލަތްތަކާއި ތަކެއ ޗަށް ރައް ކާތެރިވާން ވާނެ ކަމަށެވެ. އެގޮތުން ޝޯވއަށް ބޭނުންވާ ސްޓޭޖް ލައިޓް، ސްޕީކަރ ނުވަތަ ޕީއޭ ސިސްޓަމް އަދި ލެޑްޕެނަލް ފަދަ އާލާތްތައް ބަހައްޓައި ހަރުކުރުމުގައި، އޮލިމްޕަހުގައި އެކަންކަމަށް ހާއްސަކޮށްފައިވާ ތަން ތަނާއި ބްރެކެޓްތައް ފިޔަވައި އެހެން އެއްވެސް ތަނެއްގައި އެއްޗެއް ހަރުކުރަންވާނީ ނުވަތަ ހަރުކޮށްފައިހުރި އެއްޗެއް ނައްޓަން ޖެހިއްޖެ ހިނދެއްގައި އެ އެއްޗެއް ނައްޓަންވާނީ އެންސީއޭގެ ހުއްދަ ލިޔުމުން ލިބިގެން އެންސީއޭގެ ބެލުމުގެ ދަށުންނެވެ. އަދި މިފަދަ ކަމެއް ކުރަން ވާނީ އެންސީއޭ ގެ ބެލުމުގެ ދަށުންނެވެ.

މީގެއިތުރުން ހަރަކާތެއް ނިމޭތާ 24 ގަޑިއިރު ތެރޭގައި، އެ ހަރަކާތުގައި ބޭނުން ކުރުމަށް ގެނައި ހުރިހާ ސާމާނާއި އަދި ކުނިފަދަ އުކާލަންޖެހޭ ތަކެތި ގެންގޮސް ތަންހުސްކޮށް ސާފުކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

މި އުސޫލުގައި ބުނެފައިވާގޮތުން އޮލިމްޕަހުގައި ހަރަކާތެއް ހިންގަންވާނީ ނުވަތަ މަސައްކަތެއް ކުރަނ ވާނީ ހެނދުނު 8:00 އާއި ރޭގަނޑު 12:00 އާއި ދެމެދުއެވެ. ނަމަވެސް ރޭގަނޑުގެ ފިލްމު ޝޯއެއްނަމަ އެންމެ ލަސްވެގެން ރޭގަނޑު 1:00 އަށް ނިންމަން ޖެހެއެވެ. އަދި މި ވަގުތުގެ ތެރޭގައި ނަމާދު ވަގުތަށް 10 މިނިޓަށް މަސައްކަތް ނުވަތަ ހަރަކާތް މެދުކަނޑާލަން ވާނެ ކަމަށް ބުނެފައިވެއެވެ.

ދިވެހި ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކް ކުރެވޭނީ ކުލީގެ %50 އަށްވާ ފައިސާ އާއި ރިފަންޑްބަލް ޑިޕޮސިޓްގެ ގޮތުގައި 3000 ( ތިންހާސް ރުފިޔާ)ގެ ޑެޕޮސިޓެއް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ދައްކާ، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުގައެވެ. އަދި ރިފަންޑްބަލް ޑިޕޮސިޓްގެ ގޮތުގައި ދައްކާ -/3000 ( ތިންހާސް ރުފިޔާ) އަކީ މިއުސޫލުގެ 4 ވަނަ މާއްދާގެ (ހ) އަދި (ބ) އަށް ހިމަނާފައި ވާކަންކަމާ ކުއްޔަށް ހިފާ ފަރާތުން ޚިލާފް ވެއްޖެނަމަ އަނބުރާ ލިބޭނެ ފައިސާއެއް ނޫން ކަމަށް ބުނެފައިވެއެވެ.

ދިވެހި ފިލްމު ދެއްކުމަށް ކުއްޔަށް ހިފާ ފަރާތުން ކުލީގެ ބާކީ އޮތް %50 ފައިސާ ދައްކާނީ ކުއްޔަށް ހިފާފައިވާ ދުވަސްތަކަށް ކޮންމެ ދުވަހަކު އެދުވަހަކަށްވާ ކުލީގެފައިސާ އެދުވަހެއްގެ މެންދުރު 1:30 ގެ ކުރިން އެންސީއޭ އަށެވެ. އަދި ހަފްތާ ބަންދު ނުވަތަ އެހެންވެސް ސަރުކާރު ބަންދު ދުވަސްތަކަކާއި ދިމާވާނަމަ އެދުވަސްތަކުގެ ކުލި ބަންދުވުމުގެ ކުރިއަށް ދައްކަންވާނެކަމަށް ބުނެފައިވެއެވެ.

މި އުސޫލުގައިވާ ގޮތުން ދިވެހި ފިލްމު ދެއްކުމަށް ޝޯ އަކަށް 2,000 ރުފިޔާ، ފޮރިން ފިލްމު ދެއްކުމަށް ޝޯ އަކަށް 6,000 ރުފިޔާ، އެވޯޑް ޝޯ އަދި ފެސްޓިވަލްބޭއްވުމަށް ޝޯ އަކަށް 5,000 ރުފިޔާ، ތަމްސީލު އަދި މިއުޒިކް ޝޯ އަކަށް 2000 ރުފިޔާ، ޖަލްސާފަދަ، ސެމިނާ އަދި ޕްރެސެންޓޭޝަންފަދަ ހަރަކާތްތަކަށް ދުވާލަކު 5,000 ރުފިޔާ، އަދި ސަރުކާރުން ބާއްވާ ޙަފްލާއަކަށް 5,000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

އަދި އޮލިމްޕަސް ބެކްޔާޑުގައި އިވެންޓެއް ބޭއްވުމަށް ދުވާލަކަށް 1500 ރުފިޔާ، އިވެންޓަށް ހޯލް ތައްޔާރުކުރުމަށް ދުވާލަކަށް 2,500 ރުފިޔާ، ހަމައެކަނި ހަފްތާ ބަންދަށް ކުއްޔަށް ހިފާނަމަ ޝޯ އަކަށް 4000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެންސީއޭއިން ހިންގާ ހަރަކާތް ތަކާއި ސަރުކާރާއި އަމިއްލަ ފަރާތްތަކުން އެންސީއޭ އާއި ގުޅިގެން އޮލިމްޕަހުގައި ހިންގާ އެކިއެކި ހަރަކާތްތަކަށް އަގުނެގުމާއި ނުނެގުން މި އުސޫލުން ހުރަހެއް ނާޅައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

އިންތިހާބުތައް ކާމިޔާބުވަނީ ނަތީޖާ ނެރެވޭ އުސޫލުތައް ބޭނުން ކުރާތީ: ހަސަން ލަތީފު

24 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
ސާކް ސަމިޓަށް ސަފާރީތައް  ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް ސަފާރީތައް ކުއްޔަށް ހިފުމުގައި ވެސް ކޮރަޕްޝަނެއް ނެތް: އޭސީސީ

15 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު