Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަ ބިހި

ހިމަ ބިއްސަށް ޝައްކު ކުރެވުނު ކުއްޖާ، އެ ބައްޔަށް ނެގެޓިވް

ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 13 ޖެނުއަރީ 2020 | ހޯމަ 12:43
ވެކްސިން - ރެޕްރެޒެންޓޭޝަނަލް ފޮޓޯ

ވެކްސިން - ރެޕްރެޒެންޓޭޝަނަލް ފޮޓޯ

ހިމަބިއްސަށް ޝައްކު ކުރެވުނު އުމުރުން 17 އަހަރުގެ ކުއްޖާ އެ ބައްޔަށް ޓެސްޓު ކުރި އިރު ނެގެޓިވްކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ހިމަބިހީގެ އިތުރު ކޭސްއަކާއި، ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތެއް ފެނިއްޖެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެހެންނަމަވެސް، ހެލްތު މިނިސްޓްރީން މިއަދު ހަވީރު ބުނީ، އެ މިނިސްޓްރީން ބެލި ބެލުމުން ހިމަ ބިއްސަށް ޝައްކު ކުރެވުނު އެކުއްޖާއަކީ ހިމަ ބިހިން ރައްކާތެރިވުމަށް ޖަހާ މީސްލްސް ވެކްސިން ޖަހާފައިވާ ކުއްޖެއްކަމަށާއި، ކުރި ތަހުލީލުތަކުންވެސް އޭނާގެ ގައިގައި މީސްލްސްގެ ޢަލާމާތެއް ފެންނަން ނެތްކަމަށެވެ. އަދި މީސަލްއަށް ހެދި ޓެސްޓް ނެގެޓިވް ކަމަށެވެ.

2019 ވަނަ އަހަރު 66 ފަރާތެއް މީސްލްސް އަދި ރުބެއްލާއަށް ޓެސްޓް ކުރެވިފައިވާއިރު، ހިމަބިއްސަށް ޝައްކުކުރެވޭ ކޭސްއެއް 8 ޖެނުއަރީ 2020ގައި ރިޕޯރޓްކުރެވުމާއެކު، އެކަމާއި ގުޅިގެން ކުރަންޖެހޭ ތަހުޤީޤުތައް އެއޭޖެންސީއިން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން އެކުއްޖާގެ ފަރާތުން ބަލިފެތުރުމުގެ ފުރުޞަތު އޮތް ދުވަސްވަރު ދެނެގަނެ، އެދުވަސްތަކުގައި އެކުއްޖާއާއި އެކުގައި އުޅެފައިވާ ނުވަތަ ކައިރިވެފައިވާ ފަރާތްތައް ހޯދާ، އޭގެ ތެރެއިން މީސްލްސް ވެކްސިންގެ ދެޑޯޒް ހަމަކޮށްފައި ނުވާ ފަރާތްތަކަކަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އެ އޭޖެންސީން ބުނީ ހިމަ ބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމުން، ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތަކަށް، މި ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު