Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ވޮލީބޯޅަ މުބާރާތް

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ބަލިކޮށް ސިފައިން ގައުމީ މުބާރާތުގެ ތަށި އުފުލާލައިފި

މި މެޗު ސިފައިން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 10:33
ގައުމީ މުބާރާތުގެ ތަށި ސިފައިން އުފުލައިލަނީ

ގައުމީ މުބާރާތުގެ ތަށި ސިފައިން އުފުލައިލަނީ

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ބަލިކޮށް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ސިފައިން ކާމިޔާބުކުރީ ފަހަތުން އަރައި ތިން ސެޓު ދެ ސެޓުންނެވެ. މިއާއެކު ސިފައިން ވެގެން ގޮސްފައިވަނީ މި އަހަރުގެ ވޮލީގެ ފިރިހެން ޑިވިޝަނުގެ ދެ ތަށީގެ ޙައްޤުވެރިންނަށެވެ.

ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ސެޓުތައް ދިޔައީ 25-13، 27-29، 25-22 އަދި 15-13 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓުގައި ސިފައިންނަށް ފުރުސަތެއް ނުދީ ޕޮލިހުން ވަނީ މި ސެޓު ގެންގޮސްފައެވެ. މި ސެޓުގައި ޕޮލިސް ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އަލީ ހުޒާމް (ހުޒަންޓޭ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު ޕޮލިހުން ވަނީ ފަސޭހަ ކަމާއެކު 25-13 އިން ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ސެޓުގައި ސިފައިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި ސެޓު ދިޔައީ ވަރަށް ހަމަހަމަ ކޮށެވެ. މި ސެޓުގައި ސިފައިންގެ ޓީމުން ތަފާތު ދެއްކީ އެޓީމުގެ ކެޕްޓަން އަހުމަދު ޢަބްދުލް ކަރީމް (ލޯންގޭ) އާއި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ މުބައްޝިރު ރާޒާ އާއި އިދުރީސް މުހައްމަދުއެވެ. މި ސެޓު ސިފައިން ގެންދިޔައީ 27-29 އިންނެވެ.

މެޗުގެ ތިން ވަނަ ސެޓުގެ ކުރީކޮޅު ސިފައިން ރަނގަޅަށް ކުޅެ ގިނަ ޕޮއިންޓުތަކެއް ވަނީ ސްކޯރ ކޮށްފައެވެ. މި ސެޓުގައި ސިފައިންގެ ޓީމުގެ އާދަމް ނަސީމް (އެޑަމް) ގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔައެވެ. ސެޓުގެ ފަހު ކޮޅުގައި ސިފައިންގެ ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ޕޮލިހުގެ ކުޑަ ކާއްޓޭ އަދި ދިފްތީގެ ތަޖުރިބާ ބޭނުންކޮށް މި ސެޓު ޕޮލިހުން ގެންދިޔައީ 25-22 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ސިފައިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން މި ސެޓުގައި ލޯންގޭ އާއި އެޑަމް އަދި މުބައްޝިރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 15-13 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ސިފައިން ކުޅުނީ ޓީމެއްގެ ގޮތުގައި ވަރަށް މޮޅަށް ކަމަށާއި މި މެޗުން ޕޮލިސް ބަލިވީ، ބައެއް ސެޓުތަކުގައި ކުރަންޖެހޭ ބައެއް ކަންކަން ނުކުރެވުމުން ކަމަށެވެ. ސިފައިން މި މެޗުން މޮޅުވީ ޓީމެއް ގޮތުގައި ކުޅެގެން ކަމަށްވެސް ފައްލޯ ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު