Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރ.ފައިނު

މިކުދިންގެ މުސްތަޤުބަލް ހިމާޔަތްކޮށްދީ!

އަތިރިމަތިން ބޮޑަށް ގިރަންފެށީ މިއަހަރުގެ އިރުވައި މޫސުމުގައި ކަމަށް ރަށުގެ ރައްޔިތުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2020 | ހޯމަ 10:42
ރ.ފައިނު- އަތިރިމަތީ ސަރަހައްދުގައި ހުރި ގަހެއް ވެއްޓުނަނުދީ ކުދިންތަކެއް ވާޖަހާ ދަމަނީ

ރ.ފައިނު- އަތިރިމަތީ ސަރަހައްދުގައި ހުރި ގަހެއް ވެއްޓުނަނުދީ ކުދިންތަކެއް ވާޖަހާ ދަމަނީ

ރ ފައިނުގެ އަތިރިމައްޗަކީ ރާއްޖޭގެ ރީތި އަތިރިމަތިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އަތިރިމައްޗެވެ. ފައިނަށް ގޮސްފިނަމަ އެރަށުގެ ހިތްގައިމު އަތިރިމަތީ ޞަރަޙައްދުގައި ހުންނަ ނިކަ ގަސްތަކާއި، އެގަސްތަކުގައި އެލުވާފައި ހުންނަ ޖޯލިތަކާއެކު އެ ފެންނަ ހިތްގައިމު މަންޒަރަށް ހިތްދޫވެގެން ނުދާނެ މީހަކު ހަމަ މަދުވާނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ފައިނަށް ގޮސްފިނަމަ އެ އަތިރިމަތީގެ ފޮޓޮއެއް އިންސްޓަރގްރާމަށް ނުވަތަ ފޭސްބުކަށް ނުލާ މީހަކު ހަމަ ނުހުންނާނެ އެވެ. އެލިސްޓުގައި ޤައުމުގެ ރައީސްވެސް ހިމެނޭ ކަމީ އެކަމަށް ބާރުދޭ ކަމެކެވެ.

ނަމަވެސް މިފަހަކުން މުޅި ސޯޝަލް މީޑިޔާގައި އެއް ވާނަކަށް ފެންނަމުންދަނީ މިރީތި އަތިރިމަތި ގިރަމުން ގޮސް އެގަސްތައް ލޯކުރިމަތިން ގެއްލިގެންދާނެ ކަމުގެ ބިރު ހީވެފައިވާ މަންޒަރުތަކެވެ. ކުރިން އެގަސްތަކުގައި އެލުވާފައި ހުރި ޖޯލިތަކުގައި ކުޑަކުދިންނާއި ބޮޑެތި މީހުން އޮށޯވެލައިގެން ތިބެ ހީ ސަމާސާކުރަމުންދާ މަންޒަރުތައް ފެންނަމުންދިޔަ ނަމަވެސް މިހާރު ފެންނަމުންދަނީ އެޖޯލިތައް މޫދުގައިވާ މަންޒަރެވެ. މޫދުގައި ކުޅެން އުޅޭ ކުދިން އެޖޯލިތަކަށް އަރައިގެން ހެއްލާ މަންޒަރެވެ.

ފައިނުގެ މިރީތި އަތިރިމައްޗާއެކު އަތިރިމަތީގައި ހުރި އެތައް ގަސްރުކެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. އެކަމާއި ގުޅޭގޮތުން ފައިނުގެ ބައެއް މީހުންނާ ވާހަކަ ދައްކާލުމުން ސާފުވެގެން ދިޔަ ކަމަކީ ފައިނުގެ ރީތި އަތިރިމައްޗަށް އެޅިފައިވާ ހުރަހަކީ ތަރައްޤީގެ ނަމުގައި ހެދި ބަނދަރުކަމެވެ. މިއީ ފައިނުގެ ގޮނޑުދޮށް ގިރަމުންދާ ސަބަބުކަމަށް ފައިނުގެ ގިނަ މީހުން އެއްބަސްވާ ސަބަބެވެ.

ފައިނުން ވާހަކަ ދެއްކި މީހުން ބުނީ ފުރަތަމަ ފައިނުގައި ބަނދަރު ހެދީ ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށެވެ. އެގޮތުން ރަށުގެ ވަށައިގެންވާ ފަޅާއި އަތިރިިމައްޗަށް އަސަރު ނުކުރާނޭހެން އޮޔާއި ފެނާއި ވެލި ދައުރު ކުރުމަށް ހުރަސްނޭޅޭނެ ހެން ބޭރުގައި ބަނދަރެއް ކޮނެފައި ރިވެޓްމަންޓެއް އޭގެ ބޭރުން ލާފައި ވަރުގަދަ ފާލަމަކުން އެއްގަމަށް ގުޅާލާ ގޮތަށް އެ މަސައްކަތް ފެށިކަމަށް އެމީހުން ބުނެއެވެ. މިމަސައްކަތް 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަށާފައި އޮތުމަށްފަހު ކޮންމެސް ސަބަބަކާއި ހެދި އެ މަސައްކަތް ހުއްޓުނެވެ. ނަމަވެސް އޭގެފަހުން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އަލުން ފައިނުގައި ބަނދަރު ހަދަން ފެށީ ރާއްޖޭގެ ރަށްރަށުގައި ޢާންމުކޮށް ބަނދަރުތައް ހަދާ ކޮންސެޕްޓް ކަމަށްވާ "އަލިފާންފޮށި" ކޮންސެޕްޓަށެވެ. ފައިނުގެ ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި ހަތަރެސްކަން ފޮއްޓެއް ގޮތަށް ބަނދަރު ހެދުމުން އޮއިވަރު ބެދޭގޮތްވެ ރަށް ބޮޑަށް ގިރަން ފެށީއެވެ.

ފައިނު ގިރާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ވަހީދު ބުނީ ބަނދަރު ހަދާފައި އޮންނަނީ ރަށުގެ މޫނު މަތިވީ ފަޅީގެ ދެބައި ކުޅަ އެއްބައިގައި ކަމަށެވެ. އެހެން ބަނދަރު ހެދުމުގެ ސަބަބުން އޮއެ ދެމޭދެމުން ހުއްޓުމަަކަށް އައި ކަމަށް ވަހީދު ބުންޏެވެ. އެކަމުގެ ސަބަބުން ބަނދަރާއި އިންވެގެން އޮތް އުތުރު އަރިމަތީ ޞަރަޙައްދު ގިރަން ފެށިއެވެ.

ބަނދަރު ހެދިތާ ދެ އަހަރު ވެގެންދިޔައިރު، މިއަހަރު މި ވަރަށް ނުގިރާ ކަމަށް ވަހީދު ބުންޏެވެ. ނަމަވެސް މިއަހަރު އިރުވައި މޫސުން އައިސް ފަނަރވަރަކަށް ދުވަސް ތެރޭ އެޞަރަޙައްދުގައި އެތައް ޒަމާންތަކެއް ވަންދެން ހުރި ގަސްތަކާއި ރުށްތައް ލޯކުރިމަތިން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިވަނީ ހީވެފަ އެވެ. ބޮޑު ޞަރަޙައްދެއް ގިރާފައިވާއިރު ކުރިޔަށް އަދި އިރުވައި މޫސުން އޮތީކަމަށާއި އެކަމުގެ ސަބަބުން ރަށުން ބޮޑުބައެއް ގިރައިގެން ހިނގާދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ފައިނުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ފައިނު އަތިރި މަތީގައި ހުރި ގަސްތަކަކީ ގާތްގަޑަކަށް 200 އަހަރު ވެފައިވާ ގަސްތަކެއް ކަމަށެވެ. އެޞަރަޙައްދުގައި ގާތްގަޑަކަށް 12 ވަރަކަށް އެފަދަ ގަސް ހުންނާނެ ކަމަށާއި އޭގެތެރެއިން މިހާރު ގިރައިގެން ގޮސް ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވާ 8 ގަސް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

އެގަސްތައް މޫދަށް ވެއްޓުނަ ނުދީ ހިފެހެއްޓުމަށް މިހާރު ހުރީ ވާ ޖަހާފައެވެ. ރަށުގެ ކުދި ބޮޑު އެންމެން ނިކުމެ ގަސްތަކުގައި ވާ ޖަހާ ގަސްތައް ނުވެއްޓޭނެ ގޮތެއް ވޭތޯ ދަނީ ބަލަމުންނެވެ. ވެލިބަސްތާތައް ޖަހާ ގަސްތައް ސަލާމަތްކުރެވޭތޯ ރަށު ފެންވަރުގައި ކުރެވޭ މަސައްކަތެއް ފައިނުގެ ކުދި ބޮޑު ހުރިހާ އެންމެން ދަނީ ކުރަމުންނެވެ. ނަމަވެސް މިހާރުވެސް ގަސްތަކުގައި ޖަހާފައި ހުރި ވާތައް ނައްޓާލައިފިނަމަ އެގަސްތައް މޫދަށް ވެއްޓޭނެކަމަށް ފައިނު މީހުން ބުނެއެވެ.

އެތައް ސަތޭކަ އަހަރެއްވެފައިވާ މިގަސްތައް ކުރިޔަށް މިއޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މޫދަށް ވެއްޓި އަބަދަށްޓަކައި ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރުގައި ތިބި އެތައް ބަޔަކު ފައިނުގައި އެބަތިއްބެވެ. އަދި ތިމާވެއްޓަށް މަސައްކަތް ކުރާ މީހުން އަންނަނީ އެވާހަކަ ކެނޑިނޭޅި ދައްކަމުންނެވެ. މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފައިނުގެ ރައްޔިތުން ވަނީ ސޯޝަލް މީޑިޔާގައި ވަރުގަދަ މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ކަމާބެހޭ ފަރާތްތަކާއި މިމައްސަލަ ފައިނުގެ ރައްޔިތުން ވަނީ ހިއްސާކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެޞަރަޙައްދު ބެލުމަށް ހޯމަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ޓީމެއް ފައިނަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމުގެ ވާހަކައަކީ އަބަދުވެސް ދައްކަމުންދާ ވާހަކަ އެކެވެ. ދިވެހިން މިވާހަކަތައް އަޑަށް ބާރުލާފައި މުޅި ދުނިޔޭގައި ދައްކާތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެހެންނަމަވެސް ރަށްރަށަށް ދިމާވަމުންދާ މިފަދަ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ތަރައްޤީގެ ނަމުގައި މިކުރެވޭ ކަންތައްތަކަކާމެދު ވިސްނާލާކަށް ނުވޭބާ؟ ތިމާވެއްޓާ ރައްޓެހި ތަރައްޤީ ގެނެވެން އޮންނަ އިރު އެގޮތްގޮތަށް ތަރައްޤީ ގެނައުން އެއީ ނުކުރެވޭނެ ކަމަކީ ބާ؟ އެގަސް ވެއްޓުނަ ނުދީ ހިމާޔަތްކުރުމަށް ވާ ޖަހާ ގައިގައި ހުރި ބާރެއްލާފައި ވަލަށް ދަމަން އެތިބަ ކުޑަކުދިންގެ މުސްތަޤުބަލަށްޓަކައި ނަމަވެސް އެކަން ކުރަން ނުވޭބާ؟ ކުރިޔަށް އޮތްތަނުގައި އެކުދިންވެސް އެއަތިރިމަތީގައި އެގަސްތައް ކައިރީގައި ރީތި ފޮޓޯތައް ނަގާ ފަހަށް ރައްކާކުރާނެ އެތައް ސަތޭކަ މަންޒަރުތަކެއް ފޮރުވަން ބޭނުންވާނެ ނޫންހެއްޔެވެ؟ އެފުރުޞަތުން އެކުދިން މަޙުރޫމް ވާންވީ ކީއްވެތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

ރައީސް މުއިއްޒު ގެ ބައްދަލުވުން ތަކުން ފެންނަނީ، ޖުމްލަ ގޮތެއް ގައި މުޅި ސަރުކާރު ފެއިލް ވެއްޖެކަން!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

15 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު