Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ

މިއަހަރު ހިނގާ ހުރިހާ ޝަރީޢަތެއް އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ޕީޖީ އެދިވަޑައިގެންފި

ޕީޖީ ވިދާޅުވީ އެ މަސައްކަތް އެމަގަށް ހިންގުމަށްޓަކައި ޕީޖީ އޮފީހުން ދޭންއޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖެނުއަރީ 2020 | އާދީއްތަ 12:51
ޕީޖީ ހުސައިން ޝަމީމް- ޝަރީޢަތްތައް އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންނެވި

ޕީޖީ ހުސައިން ޝަމީމް- ޝަރީޢަތްތައް އާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގެންނެވި

މިއަހަރަކީ، ރާއްޖޭގައި ހިނގާ ހުރިހާ ޝަރީޢަތެއް ޢާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އަހަރުކަމަށް ހެދުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް އެމަގަށް ހިންގުމަށްޓަކައި ޕީޖީ އޮފީހުން ދޭންއޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށެވެ. މީގެއިތުރުން ޕީޖީ ވިދާޅުވީ އިތުބާރު ކުރެވޭނީ ހާމަކަން ބޮޑުކޮށްގެން ކަމަށެވެ. ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި، ޝަރީޢަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯރމު ފުރުމާއި ވަނުމަށް ފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.

އަދި ނޫސްވެރިންނަށްވެސް އެމީހުންގެ އަމިއްލަ ނޯޓު ފޮތް ވެއްދެން ޖެހޭ ކަމަށްވެސް ޕީޖީ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި މިހާރު ކުރިޔަށްދާ ޝަރީޢަތްތަކުގެ ތެރެއިން ބައެއް ޝަރީޢަތްތައް ކުރިޔަށްދަނީ ޢާންމުންނަށް ހުޅުވާނުލައެވެ. އަދި ޢާންމުން ވަނުމަށް ވަކި ގަޑިއެއްގެ ކުރިން ނަން ނޯޓުކުރަން ޖެހޭއިރު ނޫސްވެރިންވެސް ޝަރީޢަތްތައް ކަވަރުކުރުމަށް ވަކި ގަޑިއެއްގެ ކުރިން ނަން ނޯޓުކުރަން ޖެހެއެވެ. މީގެއިތުރުން ޝަރީޢަތުގެ މަޖިލީސް ހިނގާ ތަނުގައި ޖާގަ ނެތުމުގެ ސަބަބުން، އެ ޝަރީޢަތްތައް އަޑުއަހަން ބޭނުންވާ ހުރިހާ އެންމެންނަށް އެ ޝަރީޢަތްތަކަށް ވަނުމުގެ ފުރުޞަތުވެސް ނުލިބެއެވެ.

މިފަހުގެ ތާރީޚެއްގައި ރާއްޖޭގައި ވަނީ ޝަރީޢަތުގެ މަޖިލީހެއް ވަގުތުން ޓީވީތަކުން ދައްކާފަ އެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކުރި މަނީލޯންޑަރ ކުރުމުގެ ޝަރީޢަތުގެ އަޑުއެހުންތައް ޓީވީ ތަކުން ވަގުތުން ދުރަށް ދައްކާފައިވެއެވެ. އޭގެކުރިން ޝަރީޢަތުގެ އަޑުއެހުންތަކެއް ވަގުތުން ދުރަށް ފޮނުވާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައި ޝާމިލުވާ މީހުންނާ ދެކޮޅަށް ކުރިޔަށް ގެންދިޔަ ޝަރީޢަތްތަކެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު