Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިއްޒުއްދީން ސްކޫލް

އިއްޒުއްދީން ސުކޫލު ހުޅުވައިފި، މިއީ މާލޭ ސަރަޙައްދުގެ 16 ވަނަ ސުކޫލް

ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖެނުއަރީ 2020 | އާދީއްތަ 06:19
ރައީސުލްޖުމްހޫރިއްޔާ އިއްޒުއްދީން ސުކޫލު ހުޅުވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިއްޒުއްދީން ސުކޫލު ހުޅުވައިދެއްވަނީ

މާލޭ ސިޓީގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރަމަށްޓަކައި، މާލެ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތުގައި، ތަރައްޤީކުރި ޢިއްޒުއްދީން ސްކޫލު ހުޅުވައިފިއެވެ.

އާދިއްތަ ދުވަހު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި ސުކޫލު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އޭގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިއްޒުއްދީން ސުކޫލު ހުޅުވުމާއެކު އެ ސުކޫލުވެފައިވަނީ މާލޭ ސަރަޙައްދުގެ 16 ވަނަ ސުކޫލަށެވެ. އެގޮތުން މި ސުކޫލުގެ ކޮންމެ ކްލާހެއްގައި 25 ކުދިންގެ ޖާގަ ހުންނައިރު 2021 ވަނަ އަހަރު ގްރޭޑް ހަތަކުން ފެށިގެން ދިހަ އަކަށް ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އިއްޒުއްދީން ސުކޫލަކީ ސަރުކާރުގެ ވަށައިޖެހޭ ސިޔާސަތު ފުރިހަމައަށް ތަންފީޒްވާނެގޮތަށް، އެއް ދަންފަޅިއަށް ކިޔަވއިދޭނެ ސުކޫލެކެވެ. ސުކޫލަށް އިއްޒުއްދީން ސުކޫލުގެ ނަމުން ނަންދެވުނީ ދިވެހިރާއްޖޭގައި 1757 އިން 1766 ރަސްކަންކުރެއްވި ދޮންބަންޑާރައިން ނުވަތަ އަލްސުލްތާން އަލްގާޒީ ހަސަން އިއްޒުއްދީންގެ ނަންފުޅާ އެވެ. ސުކޫލުގެ ބެޖުން ރަމްޒުކޮށްދެނީ ދޮންބަންޑާރައިންގެ އައްޑަނަ އެވެ.

ސުކޫލްގެ ކުލައިގެ ގޮތުގައި ހަމަޖައްސާފައިވަނީ ދަނބު ކުލަ އެވެ. އެއީ ދިވެހި ވެށީގައި ވަރަށް ފަސޭހައިން ހެދޭ މަލިކުރުވާ މަލާ ގުޅުވަ އެވެ. ކެންސަރުގެ ފަރުވާއެއްގެ ގޮތުގައި މިޒަމާނުގައި އެންމެގިނައިން ބޭނުންކުރާ އެއް ބޭހަކީ ފަސްފިޔަލީ މަލިކުރުވާ މަލުން ނަގާ މާއްދާއެކެވެ.

ސުކޫލްގެ މޮޓޯއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހައްޤު ތެދު ހޯދާށެވެ.

އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ ކަންކަމުގެ ހަގީގަތް އުނގަންނައިދިނުމަކީ އަދި ހަގީީގަތްތަށް ހޯދައިދިނުމަކީ ސްކޫލެއްގެ އެންމެ ބޮޑު ބޭނުންކަމަށެވެ. ސްކޫލު ނިންމިއަސް ހަގީގަތް ހޯދުމަށް ޝައުގުވެރިކަން ހުރުމާއި އެކަމުގެ މަޝްއޫލުވެގެން އުޅުމަކީ އިންސާނަކަށް ވީތީ ކުރަންޖެހޭކަމެއްކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ޒަމާނަކީ ދޮގު ހަބަރުތައް ގިނަ އަދި ހަބަރުތައް ފަތުރަން ފަސޭޙަކަމު ސްކޫލުގެ މޮޓޯ ހާލަތާއި މާހައުލަށް ހާއްސަކޮށް ގުޅޭކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ޢިއްޒުއްދީން ސްކޫލްގައި ގްރޭޑް ދިހައަކާއި ހަމަޔަށް ކިޔަވައިދޭން ނިންމާފައިވީ ނަމަވެސް މި އަހަރު އެ ސްކޫލްގައި ކިޔަވައިދޭނީ ގްރޭޑް ހަޔަކާއި ހަމައަށެވެ. އެއީ ގްރޭޑް އެކަކުން ހަތަރަކަށް ކޮންމެ ގްރޭޑެއްގައި ތިން ކްލާސް، އަދި ގްރޭޑް ފަހެއް އަދި ހައެއްގެ ކޮންމެ ގްރޭޑް އެއްގެ ދެ ކްލާހެވެ.

މިއީ، 500 ދަރިވަރުންގެ ޖާގަ ދިނުމަށް ޢަމާޒުކޮށް ހުޅުވޭ ސްކޫލެކެވެ.

އިއްޒުއްދީން ސުކޫލު ހުޅުވުމާއެކު މިހާރު ރާއްޖޭގެ ސުކޫލުތަކުގެ އަދަދަކީ 212 އެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު