Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސި ޝާހީ އާއިލާ

ޑަޗަސް މޭގަން ޑިޒްނީއާއެކު އެއްބަސްވުމެއްގައި ސޮއި ކުރެއްވީތަ؟

ހެރި އާއި މޭގަން ޝާހީ އާއިލާގެ މަތީ ރޯލުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވީ މިދިޔަ ހަފްތާގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 12 ޖެނުއަރީ 2020 | އާދީއްތަ 07:19
މޭގަން ޑިޒްނީގެ \"ދަ ލަޔަން ކިންގް\" ޕްރިމިއަރގައި، ބިޔޯންސޭ އާއި ޖޭ-ޒީއާއެކު

މޭގަން ޑިޒްނީގެ \"ދަ ލަޔަން ކިންގް\" ޕްރިމިއަރގައި، ބިޔޯންސޭ އާއި ޖޭ-ޒީއާއެކު

ޝާހީ މަސައްކަތުން ދުރަށް ޖެހިވަޑައިގަތުމަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް ނިންމެވިކަން ނިމިގެންދިޔަ ހަފްތާގައި އިއުލާން ކުރައްވާފައިވާއިރު، މޭގަން ފިލްމާ ގުޅުން ހުރި މަސައްކަތް ފެއްޓެވިކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

ހެރީއާ ކައިވެނި ބެއްލެވުމުގެ ކުރިން އެމެރިކާގެ މަޝްހޫރު ސީރީޒްއެއްކަމަށްވާ "ސޫޓްސް"ގެ މައި ރޯލަކުން ފެނިވަޑައިގެންނެވި މޭގަން ޑިޒްނީއާ އެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާކަމަށް ބޭރުގެ ނޫސްތަކުން ވަނީ ރިޕޯޓްކުރަން ފަށާފައެވެ.

ޑިޒްނީގެ އެނިމޭޝަން ފިލްމްތަކަށް އަޑު އަޅުއްވަން މޭގަން އެއްބަސްވެލެއްވީ ވައިލްޑްލައިފް އޯގަނައިޒޭޝަންއެއްކަމަށްވާ "އެލެފަންޓްސް ވިތައުޓް ބޯޑަރސް"އަށް ފައިސާ ހަދިޔާ ކުރާ ގޮތަށެވެ. މި ވާހަކަތައް ކަމާއިގުޅުން ހުރި އެއްވެސް ފަރާތަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހެރި އާއި މޭގަން ޝާހީ އާއިލާގެ މަތީ ރޯލުން ދުރަށް ޖެހިވަޑައިގެން އަމިއްލަ ދިރިއުޅުމެއް ފަށްޓަވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނީ ބުދަ ދުވަހުއެވެ. މިކަން އިއުލާން ކުރައްވާ ނެރުއްވި ބަޔާނުގައި ދެމަފިރިންގެ ވަގުތު އިނގިރޭސިވިލާތާއި އުތުރު އެމެރިކާގައި ހަމަހަމައަށް ހޭދަކުރެއްވުމަށް ނިންމަވާފައިވާކަމަށާއި، ފައިސާގެ މިނިވަން ދިރިއުޅުމެއް އުޅުއްވަން ނިންމަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

މި އިއުލާން ކުރެއްވީ އެތަކެއް މަހެއް ވިސްނެވުމަށްފަހު ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވީ ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން އިއުލާންކޮށްފައިވަނީ ހެރީގެ މާމަ ރާނީ އެލިޒަބަތު ދެވަނަ އެކަން ފަސްކުރައްވަން އެދިލައްވާފައި ވަނިކޮށެވެ.

ހެރީ އާއި މޭގަންގެ މި އިއުލާނަށް ފަހު މެޑަމް ޓުސޯޑްސްގައި ހުންނަ ޝާހީ އާއިލާގެ ވެކްސް ސްޓެޗޫތަކުން އެ ދެމަފިރިންގެ ސްޓެޗޫތައް ނަގާފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2018

ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި

12 އެޕްރީލު 2018
ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި
10 އެޕްރީލު 2018

ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން

10 އެޕްރީލު 2018
ރޯޔަލް ވެޑިން: ހެރީއާއި މޭގަން ބޭނުންވަނީ ޕާޓީގެ ހަދިޔާގެ ބަދަލުގައި ޗެރިޓީތަކަށް އެހީވާން
26 މާރިޗު 2018

ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި

26 މާރިޗު 2018
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި
11 މާރިޗު 2018

މަހާތަމާ ގާންދީ ސޮއިކުރި ފޮޓޯއެއް 27 ލައްކަ ރުޕީސްއަށް ވިއްކާލައިފި

11 މާރިޗު 2018
މަހާތަމާ ގާންދީ ސޮއިކުރި ފޮޓޯއެއް 27 ލައްކަ ރުޕީސްއަށް ވިއްކާލައިފި
10 ޖެނުއަރީ 2018

މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި

10 ޖެނުއަރީ 2018
މޭގަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު