Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުލްތާން ގަބޫސް އަވަހާރަވުން

އޮމާންގެ ރަސްގެފާނު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސުލްތާން ގަބޫސް އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހުގަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2020 | ހޮނިހިރު 15:02
އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސާއިދް

އޮމާންގެ ރަސްގެފާނު ސުލްތާން ގަބޫސް ބިން ސާއިދް

އޮމާންގެ ރަސްގެފާނު ސުލްޠާން ޤަބޫސް ބިން ސާޢިދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށް ފަހު، ސުލްޠާން ޤަބޫސް އަވަހާރަވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ސުލްޠާން ޤަބޫސްގެ މަރާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވަމުން ރައީސް ޞާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްޠާން ޤަބޫސްގެ މަރުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، އެމަނިކުފާނަކީ ޤަލްފުގަވެސް ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

ރައީސް ޞާލިޙު ވަނީ ސުލްޠާން ޤަބޫސްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

އޮމާނުން މިހާރު ދެކެމުން އަންނަ ޒަމާނީ ތަރައްޤީގެ ބާނީ، ސުލްޠާން ޤަބޫސް އަވަހާރަވުމާއި ގުޅިގެން އެ ޤައުމުގައި ހިތާމަ ފާޅުކުރުމުގެ ތިން ދުވަސް އޮންނާނެކަން ވަނީ އިޢުލާންކޮށްފައެވެ. އަދި 40 ދުވަސް ވަންދެން އެ ޤައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށްވެސް ވަނީ ނިންމާފައެވެ.

50 އަށް ވުރެ ގިނަ އަހަރު ވަންދެން އޮމާންގެ ވެރިކަން ކުރެއްވި ސުލްޠާން ޤަބޫސްއަކީ، އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޢަރަބި ދުނިޔޭގައި ވެރިކަން ކުރެއްވި ބޭފުޅާއެވެ. އެއްވެސް ލޭ އޮހޮރުވުމަކާ ނުލާ 1970 ވަނަ އަހަރުގެ ތެރޭގައި ކުރެއްވި ބަޢާވާތަކަށް ފަހު، ސުލްޠާން ޤަބޫސް އޮމާންގެ ވެރިކަމަށް ވަޑައިގެންނެވީ، ބައްޕާފުޅު ރަސްކަމުގެ ތަޚުތުން ދުރުކުރެއްވުމަށް ފަހުގައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު