Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ބޭނުން ވާނަމަ ވަގުތު ފާއިތުނުވަނީސް ވިސްނަވާ!

ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ރައްޔިތުންނަށް ވެވުނު ވައުދުތައް މަތިން ހަނދުމަފުޅުކުރަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2020 | ހޮނިހިރު 09:35
ރައީސް ސޯލިހު

ރައީސް ސޯލިހު

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވަރަށް ސަރީހަ އިބާރާތުން ރައްޔިތުންގެ ބާރަކީ ކޮބައިކަން ބަޔާންކޮށްފައިއޮވެއެވެ. އެއީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ޖަޒީރާވަންތަ މި ދިވެހި ރާއްޖޭގައި ބަދަލެއް ނުވާ އެއް ހަގީގަތް އޮވެއެވެ. ވެރިކަން ރައްޔިތުންގެ ބާރުން ފެށިގެން އައުން ގާނޫނުގައި ބަޔާންކޮށްފައި އޮތަސް ހަގީގަތުގައި ކުރަން ބޭނުންވާ ކަމެއްކޮށް ނިމުނީމަ ކޮންމެ ބޭފުޅަކަށްވެސް ރައްޔިތުމީހާ މަތީން ހަނދުމަފުޅު ނެތޭވާހަކައެވެ.

މިއީ، އިއްޔެއަކު ނުވަތަ މިއަދަކު އިނގޭ ކަމެއް ނޫނެވެ. ދުރު ނޫން މާޒީގައިވެސް މިކަންތައް ރަނގަޅަށް ތަޖުރިބާކުރެވުނެވެ. ކޮންމެ އިންތިހާބާއި ދިމާކޮށް ރައްޔިތުމީހާގެ ލޮލުގައި އަނދުން އެޅުވުމަށް ކޮންމެ ކެންޑިޑޭޓަކުވެސް މަސައްކަތްކުރެއެވެ. ފުލުފުލުގައި އެކި އެކި މައިޒާންތަކުގައި ރައްޔިތުން ހައްލައި ބާރު ލިބިއްޖެނަމަ ކޮށްދޭނެހާ ވާހަކަތައް ދައްކައެވެ. ކޮންމެއަކަސް ވެރިކަމަށް މިއާދެވެނީ ރައްޔިތުމީހާ ހައްލައި އެތައް އަޅިއެއް ބުރުވުމަށް ފަހުގައެވެ.

އެއިރު ސަލާންޖަހައި ރައްޔިތުމީހާ ފައިބުޑަށް ވެއްޓި ކިތަންމެ ވައުދެއް ވިއަސް، ވެރިކަމުގެ ދިމިގްރާތީ ހަޔާތައް ބަލާއިރު، ވެރިކަމުގެ ވަސްޖެހޭ ހިސާބުން ރައްޔިތުމީހާ ފައިބުޑަށް ވެއްޓި ވެވުނު އާދޭސް މަތީން ހަނދާން ނެތެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ކަން ހިނގާފައި ހުރި ގޮތެވެ.

ޔާމީންގެ ދައުރަށް ބަލާލިކަމުގައިވިޔަސް ކުރިމަތި ލާންޖެހެނީ ހަމަ މިކަމާއެވެ. ގައުމަށް ތަރައްގީ ގެނެސް ރައްޔިތުމީހާއަށް ލުއި ފަސޭހަ ކޮށްދިނުމުގެ ނިޔަތުގައި އެކި މަޝްރޫއުތައް ހިންގިއިރު، ބާރު ގެއްލި ދެން އައި ސަރުކާރުން ބިތު ފަންގި ނެގީމަ ފެނުނީ ރައްޔިތުންނަށް ހިޔާނާތް ވެފައި ހުރި މިންވަރެވެ. ތަރައްގީގެ ނަމުގައި ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފައި ހުރި މިންވަރެވެ. މިލިއަނުން މިލިއަނުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ވައުދުވެވަޑައިގެން ވެރިކަމަށް އައި މީހާގެ ފެންވަރެވެ.

ކޮންމެއަކަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުން ގާތު އިންތިހާބީ ދުވަސްވަރު އެތައް ވައުދުތައްވެ އެތަކެއް ފޮނިހުވަފެންތަކެއް ދައްކައި ގައުމުގެ ހާލަތު ބަދަލުކުރުމަށް ވައުދުވެވަޑައިގަތެވެ. އެކަން ގަބޫލުކޮށް ދައުލަތް ހިންގުމަށް ބުރޫއަރާފާނެކަމަށް އަދި މަޝްރޫއުތައް ހިންގުމަށް ބުރޫއަރާފާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާރ މެޖޯރިޓީވެސް ދިނެވެ.

ވެރިކަމަށް އެއް އަހަރުވެފައިވާއިރު، ގިނަ ކާމިޔާބީތަކެއް ހޯދިފައި އެބަހުއްޓެވެ. މައުލޫމާތު ހޯދުމަށް ބައެއް ގޮންޖެހުންތަކާއި ކުރިމަތިވި ނަމެވެސް ޝަރުއީ ދާއިރާ އިސްލާހުކޮށް ގާނޫނަށް ވުރެން މަތީގައި އުޅުނު ފަނޑިޔާރުންވެސް ގާނޫނީ އިޖްރާއަތުގެ ތެރެއިން ބޭރުކޮށްލައިފިއެވެ. މުޅި ދައުލަތް ހިންގުމުގެ ވައްޓަފާޅިއަށް ބަދަލުއައިސްފައިވާއިރު އަނެއްކާވެސް ފެންމަތިވަނީ ހަމަ އެއް ވާހަކައެކެވެ.

ހަރަދުތަކުގެ ވާހަކައެވެ. އެއިރު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ހިއްސާކުރުމަށް ވައުދުވެވަޑައިގެންނެވި ކަންތައްތައް ކުރުމަށް ފަސްޖެހެމުންދާތަނެވެ. ރައީސް ސޯލިހު ކުރެއްވި ދަތުރުފުޅުތަކުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން ފަސްޖެހުނުތަނެވެ. ވަޒީރުންގެ ދަތުރުފުޅުތަކުގެ ހަރަދު ދިޔަ މިންވަރު ހާމަކުރުމަށް އެދުމުން މުޅި އަހަރުގައި އެންމެ 2 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ބުނެ އަނދުން އެޅުވި މަންޒަރެވެ.

ތެދުވާހަކައެކެވެ. މައުލޫމާތު ހާމަކުރެއެވެ. ނަމަވެސް ދަތުރުފުޅުތަކުގައި ވަޒީރުންނާއިއެކު އެތައް ބަޔަކު ދަތުރުކުރާއިރު، ހަރަދުވަނީ އެންމެ 2 މިލިއަން ރުފިޔާތޯ އެއީވެސް އުފެދޭ ސުވާލެކެވެ. ކޮންމެއަކަސް ކުރު ގޮތަކަށް ބުނަން މިއުޅެނީ، ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ ބޭފުޅަކުވެސް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަމަލުތަށް ނުބެހެއްޓުމަށެވެ. މާޒީން އިބުރަތް ނަގައި އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަންކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އިހްލާސްތެރި ބަޔަކަށްވެ ހިދުމަތް ދިނުމުގައި ނުވަތަ މައުލޫމާތު ހާމަކުރުމަށް އެއިރު ވި ވައުދާ އެއްގޮތަށް އެކަންކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު