Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ

އެއްވަނަ ޑިވިޝަނުގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން: ވިކްޓްރީ

ވިކްޓްރީ ވަނީ މި ސީޒަނުގެ މެދުތެރެއިން ސަސްޕެންޑް ކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް | 10 ޖެނުއަރީ 2020 | ހުކުރު 21:14
ވިކްޓްރީގެ ކުޅުންތެރިން

ވިކްޓްރީގެ ކުޅުންތެރިން

މި ސީޒަނުގެ މެދަކުން ސަސްޕެންޑްކުރެވުނު ވިކްޓްރީ ސްޕޯރޓްސް ކްލަބް އެއްވަނަ ޑިވިޝަނުގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް އެ ކްލަބުން ބުނެފިއެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބުން ނެރުނު ނޫސްބަޔާނުގައި އެކްލަބުން ބުނީ އެއްވަނަ ޑިވިޝަންގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެފްއޭއެމް އިން ވަކިގޮތަކަށް އަމާޒުކޮށް ދަތިކުރުމުގެ އަމަލުތަކުގެ ތެރެއިން އެއްވަނަ ޑިވިޝަންގެ ފުޓްބޯޅައިން ބޭރުވާންޖެހިއްޖެ ހާލަތެއްގައި ކުލަބުން ދިވެހި ފުޓްބޯޅައަށް ދެމުންދާ ހިދުމަތް މެދުކެނޑުމެއްނެތި ކުރިޔަށްގެންދާނެ ކަމަށެވެ.

މީގެއިތުރުން ވިކްޓްރީއިން ބުނީ ދިވެހިރާއްޖޭގެ ބަދަލުވަމުންދާ އިޖްތިމާއީ މާހައުލާއި ފުޓްބޯޅައިގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް، ރާއްޖޭގެ ކުލަބުތަކުގެ މާލީ ހިންގުމާއި އިދާރީ ވައްޓަފާޅި ހަމަކުރެވެމުން ނުދާތީ، ރާއްޖޭގެ ޒަމާންވީ ކުޅިވަރު ކުލަބުތަކުގެ މާލީ އަދި އިދާރީ ހިންގުންވަނީ އަތްނުފޯރާފަށަށް ފަހަތަށް ގޮސްފައިކަމަށެވެ. އެގޮތުން ކުލަބުތަކަށް ލިބޭ ފައިސާ އާއި ނުބައްދަލު މިންވަރަކަށް ކުލަބުތަކުން ކުރަންޖެހޭ ހަރަދުއިތުރުވުމުން، އަހަރުން އަހަރަށް ދަރަނީގެ މިންވަރުވަނީ ކުލަބުތަކުގެ މާލީ ގާބިލިއްޔަތަށް ނުކަތާވަރުވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ކޮންމެ ހާލަތެއްގައި ކުލަބުތަކުން ގެންނަ އިސްލާހީ ފިޔަވަޅަކަށް ވެފައިވަނީ އެ ކުލަބެއްގެ ހިންގާ ބޯޑު ބަދަލުކޮށް ފައިސާވެރި ކޮންމެވެސް ފަރާތަކާއި ކުލަބުހަވާލުކުރުން ކަމަށާއި ނަމަވެސް މިއީ ވަގުތީހައްލަކަށްވެ ކުލަބުތަކުގެ ޒަމާންވީ ދަރަނި ދަރަނީގެ ގޮތުގައި ދެމިއޮވެ ކުޅިވަރު ސީޒަންތައް ނިމިދާ ކަމަށް ވިކްޓްރީން ބުންޏެވެ.

ވިކްޓްރީއިން ބުނީ ކުލަބުން ދެކޭގޮތުގައި، ކުލަބަށް ދެމެހެއްޓެނިވި ބަދަލެއް ގެނެވޭނީ ކުލަބުގެ މިހާރުގެ ދަރަންޔާއި ކުރިމަތިލުމާއިއެކު ދުރުރާސްތާ ޕްލޭންއެއް އެކުލަވާލާ، ޒަމާނަށް އެކަށީގެންވާގޮތަށް ކުލަބުގެ ހިންގުންބަދަލުކޮށް، އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރުގައި ވާދަކުރެވޭނޭ ގޮތަކަށް ކުލަބުގެ ހިންގުމުގެ ނިޒާމު ބައްޓަންކޮށްގެންކަމަށެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބަކީ 1971 ވަނަ އަހަރުން ފެށިގެން ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންއައި ކްލަބެކެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި

02 އެޕްރީލު 2017
ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް ހަމަޖެހިލައިފި
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
02 މާރިޗު 2017

ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް

02 މާރިޗު 2017
ސްޕެނިޝް ލަލީގާ: ލަސްޕާމަސް އަތުން އެއްވަރުވެ ރެއާލް ދެވަނަ އަށް ވެއްޓުނުއިރު، ބާސާ އެއްވަނައަށް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
04 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު