Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލީ އަޝްފާގް

ދަގަނޑޭ ޓީސީއަށް ބަދަލުވެއްޖެ

ދަގަނޑޭ ވަނީ އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޓީސީ އާއިއެކު ކާމިޔާބުކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2020 | ހުކުރު 18:08
ދަގަނޑޭ (މ)

ދަގަނޑޭ (މ)

ކްލަބް ގްރީންސް ސްޓްރީޓްސްއަށް މި ސީޒަނުގައި އަލަށް ގުޅުނު އަލީ އަޝްފާގް (ދަނގަޑޭ) އަލުން އޭނާގެ ކުރީގެ ކްލަބް ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.

ދަގަނޑޭ ޓީސީއާއިއެކު ހުކުރު ދުވަހު އެއްބަސްވުމަކަށް އައިސްފައިވާއިރު ހުކުރު ދުވަހު ހަވީރު ބޭއްވި އެކްލަބްގެ ޕްރެކްޓިހުގައިވެސް ދަގަނޑޭ ވަނީ ބައިވެރިވެފައެވެ.

މި ފަހަރުގެ ޓްރާންސްފަރ މާކެޓްގައި ޓީސީއިން އެ ކްލަބްގެ ސްކޮޑް ވަރުގަދަކުރަމުން އަންނައިރު އެކްލަބުން ވަނީ މި ޓްރާންސްފަރ މާކެޓްގައި ފޯކައިދޫގެ ތިން ކުޅުންތެރިޔެއްގެ ސޮއި ހޯދައިފައެވެ. އެގޮތުން އެ ކްލަބްގެ ޕާކިސްތާން ކީޕަރު ސާގިބާއި މިސްރުގެ ޑިފެންޑަރ މަހުމޫދު ސައީދާއި ޑިފެންޑަރ އަލީ ޝާމިސް (ތޮއްޕޭ) ގެ ސޮއި ހޯދައިފައެވެ. މި ތިން ކުޅުންތެރިންވެސް ޓީސީ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅެފައިވެއެވެ.

އުމުރުން 16 އަހަރުގައި ވެލެންސިއާއިން ކެރިޔަރު ފެށި ދަގަނޑޭ ކުޅުނު ފުރަތަމަ މުބާރާތުގައިވެސް އޭނާ ވަނީ ރަން މެޑައްޔެއް ކާމިޔާބުކޮށްފައެވެ.

މި ސީޒަނުގައި ގްރީންއަށް ބަދަލުވުމަށްފަހު ދަގަނޑޭ ވަނީ އެޓީމަށް މިހާތަނަށް 15 ލަނޑު ކާމިޔާބުކޮށްދީފައެވެ. ދަގަނޑޭ ޓީސީއަށް ބަދަލުވީ ގްރީންއިން އޭނާއަށް ރިލީޒް ދިނުމުންނެވެ. މި ނިންމުމަށް ޓީސީއިން ވަނީ ގްރީންއަށް މަރުހަބާ ކިޔައިފައެވެ.

ޓީސީއިން މި ޓްރާންސްފަރ މާކެޓްގައި އެޓީމުގެ ސްކޮޑް ވަރުގަދަ ކުރަމުން މިދަނީ އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެގޮތުން ޓީސީގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ޝާޒްލީ ބުނީ އޭނާ އަށް ޓީސީގެ ހާލަތު ވަރަށް ރަނގަޅަށް އިނގޭ

ކަމަށާއި އޭނާގެ އަމަޒަކީ އަންނަ އަހަރު އޮންނަ އޭއެފްސީ ކަޕްގައި ޓީސީ އަށް ރަނގަޅު ނަތީޖާ އެއް ނެރެދިނުން ކަމަށެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު