Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވީކޭ ޕީކާސް

ފުންމާ ކުދިން މިފަހަރު ކުޅުނީ ފިލްމެއް، އެއީ ޑެޑް ޑްރޮޕް

މިފިލްމު ފޭސްބުކަށް ލާފައިވަނީ 1 ޖެނުއަރީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2020 | ބުދަ 03:55
ޑެޑް ޑްރޮޕްގެ ޕޯސްޓަރ

ޑެޑް ޑްރޮޕްގެ ޕޯސްޓަރ

ޢާންމު ގޮތެއްގައި މީހުން އެކި ގޮތްގޮތަށް ތަންތަނުން ފުމެ އުދެހޭ މަންޒަރުތައް ފެންނަނީ ބޭރު ޤައުމު ތަކުންނެވެ. ބޭރުގެ އެކި ފިލްމުތަކުންނާއި ޔޫޓިޔުބާއި، ސޯޝަލް މީޑިޔާއިން މިފަދަ އެތައް ވީޑިއޯއެއް ފެނެއެވެ. ނަމަވެސް މިކަން ދިވެހިންގެ ތެރޭގައި ކުރާކަން އެއީ އަދި އެހާ ގިނަ މީހުންނަށް ނޭނގި އޮވެދާނެ ކަމެކެވެ.

މިއީ "ޕާކޯ" ނަމަކަށް ކިޔާ ކުޅިވަރެކެވެ. މިކުޅިވަރަކީ ރާއްޖޭގައި އެހާ ޢާންމު ކުޅިވަރަކަށް ނުވިނަމަވެސް މިކަން ރާއްޖޭގައި އެންމެ ފޯރިއާއެކު ކުރަމުންދާ "ވީކޭ ޕީކާސް" ގެ ނަން ބުނެފިނަމަ މިދައްކަން އުޅެނީ ކޮން ބައެއްގެ ކޮންވާހަކަ އެއްކަން އެނގޭ މީހުން ތިބޭނެކަން ޔަޤީނެވެ. ފޭސްބުކްގައި ވީކޭ ޕީކާސްގެ ވީޑިއޯތައް ވަކި ހިތްޕާލަމުންދާއިރު އެވީޑިއޯތަކަށް އެތައް ބަޔެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފަ އެވެ.

ޖެހިލުމެއް ނެތި ކުރިއަށް ދާން އޮންނަ މަގުގައި ހުންނަ ހުރަސްތައް، އިތުރު އެއްޗެއް ބޭނުންކުރުމަކާ ނުލައި، ފުންމަމުން ބުރު އެއްލުން ފަދަ ކަންކަން ކޮށްގެން ގިރާކުރުމުގެ ހުނަރު ކަމަށްވާ "ޕާކޯ" ގެ މިހުނަރުވެރިކަން ލިބިފައިވާ ކުދިންގެ ވީޑިއޯތައް ބަލާލުމުން ނޫނީ މިކަން އަދި ނަގައިގަންނަންވެސް ނޭނގިދާނެ އެވެ.

ޖެހިލުންކުޑަ ކަމާއެކު މިހުނަރު ދައްކަމުންދާ ވީކޭ ޕީކާސް ނިޞްބަތްވަނީ ރާއްޖޭގެ އުތުރުން ހދ އަތޮޅުގެ ވައިކަރަދޫ އަށެވެ. ސްކޫލްގައި އުޅުނުއިރު ލިބޭ ހުސްވަގުތުތަކުގައި ޔޫޓިޔުބް ބަލަނިކޮށް ފެންނަން ފެށި ސަޅި ސްޓަންޓްތައް ހެދުމަށް މިކުދިން ޝައުގުވެރިކަން އުފެދުނީއެވެ. އެއާއެކު 2015 ވަނަ އަހަރު މިކުދިން މިކަން ކުރަންފެށިއެވެ. މިކަންކުރެވޭތޯ ބެލުމަށް ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައި މިކަން ކުރަންފެށިއެވެ. އަދި މިކަން ދަސްވެ އާ ހުނަރުތައް އެނގެން ފެށުމުން ވީޑިއޯކޮށް އެވީޑިއޯތައް ސޯޝަލް މީޑިޔާއަށް އަޕްލޯޑްކުރުމުގެ ވިސްނުން އައެވެ. އެއާއެކު ފޭސްބުކް ޕޭޖެއް ހަދާ އެޕޭޖަށް މި ގްރޫޕުން ކުރަމުން އަންނަ ކަންކަން އަޕްކުރަމުންދިޔަ އެވެ.

ސްކޫލް ނިންމުމަށްފަހު މިހާރު މިގްރޫޕްގެ ގިނަ ކުދިން އުޅެނީ މާލޭގައި އެކި ވަޒީފާތަކުގަ އެވެ. ނަމަވެސް މިފަހުން ޑިސެމްބަރ މަހު ޗުއްޓީ ނަގައިގެން ވައިކަރަދުއަށް ގޮސް ކޮށްލީ އަދި މާ ސަޅި ކަމެކެވެ. 8 މިނެޓްގެ ކުރު ފިލްމެއް"ޑެޑް ޑްރޮޕް"ގެ ނަމުގައި އަމިއްލަ އަށް ކުޅެ އަމިއްލަ އަށް ވީޑިއޯކޮށް އަމިއްލަ އަށް އެޑިޓްކޮށް މިވަނީ އެމީހުންގެ ފޭސްބުކް ޕޭޖަށް ލާފަ އެވެ. ރާއްޖޭގައި އެންމެ ޢާންމުވެފައިވާ އެއް މައްސަލަކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ޚާއްސަކޮށްގެން އުފައްދާފައިވާ މިފިލްމާ ގުޅޭގޮތުން ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން މިކުރު ފިލްމު ޕްރޮޑިޔުސް ކުރި އަހުމަދު އަރްޝަމް ބުނީ މިކަމުގެ ޚިޔާލު އައީ ވަޒީފާ ގައި އުޅެފައި ރަށަށް ގޮސް ޗުއްޓީގައި ކަމެއް ނެތިފައި ނުތިބެންވެގެން ކަމަށެވެ.

އެގޮތުން މުޖުތަމަޢަށް ޚާއްޞަ މެސެޖެއް ދޭ ގޮތަށް ފިލްމެއް އުފެއްދުމަށް ނިންމާ ދެ މީހަކު ތިބެގެން މީގެ ވާހަކަ ލިޔުނީކަމަށް އަރްޝަމް ބުންޏެވެ. މިފިލްމުގެ ވާހަކަ ލިޔެފައިވަނީ އަރްޝަމް އާއި ޢަލީ ޢަބްދުﷲ އެވެ. މި ފިލްމުގައި ޙަރަކާތްތެރިވަނީ ވީކޭ ޕީކާސްގެ ގްރޫޕަށް ނިޞްބަތްވާ ކުދިންކަމަށްވާއިރު ފިލްމު ކުޅެފައިވަނީ އިނގިރޭސި ބަހުންނެވެ. އެކަމާ ގުޅޭގޮތުން އަރްޝަމް އާއި ސުވާލުކޮށްލުމުން ބުނީ މުޅި ފިލްމު އިނގިރޭސި ބަހުން އެއޮތީ އެއީ ޔޫޓިއުބަށް ފިލްމު ލާން ވިސްނައިގެން އުފައްދާފައިވާ ފިލްމަކަށް ވީމަ ކަމުގައެވެ.

މަސްތުވާތަކެއްޗާއި އެކަމުގެ ވިޔަފާރި އާއި ގޭންގް މާރީމާރީގެ ކަންކަން ދައްކުވައިދޭ މިފިލްމަށް ލިބޭ ތަރުޙީބާ މެދު އަރްޝަމް ހުރީ ހިތްހަމަޖެހިފަ އެވެ. އަރްޝަމް ބުނީ މިއީ މިހާތަނަށް އެގްރޫޕުން އުފެއްދި ވީޑިއޯތަކުން އެންމެ ބޮޑަށް މަޝްހޫރު ވި ވީޑިއޯކަމަށެވެ. މިފިލްމު އެމީހުން ފޭނުންނަށް ދޫކޮށްލީ އާ އަހަރާ ދިމާކޮށެވެ. އެއާއެކު 24 ގަޑިއިރު ތެރޭގައި 3000 މީހުން އެ ފިލްމު ބަލާފައިވާއިރު ފިލްމަށް 100 ށް ވުރެ ގިނަ ޝެއަރ ލިބިފައިވާ ކަމީ އަރްޝަމް ޤަބޫލުކުރާ ގޮތުގައި ބެލުންތެރިންގެ މެދުގައި މިފިލްމު މަޤުބޫލުވުން ރަމްޒުކޮށްދޭ ކަމެކެވެ.

ނަމަވެސް ފިލްމު އުފެއްދުމަކީ ވީކޭ ޕީކާސް ގެ މައިގަނޑު މަޤްޞަދެއް ނޫނެވެ. އެމީހުންގެ އަޞްލު ބޭނުމަކީ ފިލްމުގެ ޒަރީޢާއިން ޕާކޯ އިޝްތިހާރު ކުރުމެވެ. ގިނަ ބަޔަކަށް މިއީ ކޯއްޗެއްކަން އަންގައިދީ މިކަން ރާއްޖޭގައި ކުރިއެރުވުމެވެ. ކުރިޔަށް އޮތްތަނުގައިވެސް ވީކޭ ޕީކާސް އިން މިފަދަ ފިލްމުތައް ހަދާނެ އެވެ. ނަމަވެސް ދެން ހަދާނީ ދިވެހި އޯޑިއަންސަށް ޚާއްޞަ ފިލްމެއްކަމަށް އަރްޝަމް ބުންޏެވެ. ނަމަވެސް އެފިލްމުންވެސް އެމީހުން އަޞްލު މިކުރާ ކަންތައްކަމަށްވާ ޕާކޯގެ ހުނަރު ފެނިގެންދާނެ އެވެ.

ޑެޑް ޑްރޮޕް ބަލައިފިނަމަ ވީކޭ ޕީކާސްގެ ފުންމާ ކުދިންގެ ހުނަރާއި އެމީހުންގެ ކުޅަދާނަކަން ފެނިގެންދާނެ އެވެ. މިއާއެކު ފިލްމުގެ އެކި ޝޮޓް ތަކާއި ބެކް ގްރައުންޑް މިޔުޒިކް އަދި އެޑިޓިންއަށް ބަލައިފިނަމަ މިއީ ހަމައެކަނި ފުންމާ ކުދިންނޭ ބުނެ ނިންމާލެވޭކަށްވެސް ނޯންނާނެ އެވެ. އެއީ އެކަންވެސް މިމީހުން ކޮށްފައިވާލެއް ފުރިހަމަ ކަމުންނެވެ.

ވީކޭ ޕީކާސް ގައި މިވަގުތު 12 މެމްބަރުން އެބަތިއްބެވެ. މާލޭގައި އުޅޭ މީހުން ކޮންމެ ހަފުތާ ބަންދެއްގައި ވިލިގިއްޔަށް ގޮސް ޕްރެކްޓިސް ކުރެއެވެ. މީގެތެރެއިން ގިނަ ކުދިންނަކީ 18 އަހަރުން މަތީގެ ކުދިންނެވެ. ނަމަވެސް ވީކޭ ޕީކާސްގެ ފަހަތުން ފިޔަވަޅު އަޅަން ދަސްކޮށްގެން މިހާރު ވައިކަރަދޫން ވަނީ އެހެން ގްރޫޕެއްވެސް ނިކުމެފަ އެވެ.ވީކޭ ރިވައިވަލްސްގެ ނަމުގައިވެސް ކުދިންތަކެއް އެބައުޅެއެވެ. މިކުދިންވެސް ނިޞްބަތްވަނީ ހަމަ ވައިކަރަދޫއަށެވެ. އެގްރޫޕުން ވާހަކަ ދެއްކި ޔޫސުފް މައިސަން ބުނީ މިކަމަށް ޝައުޤުވެރިކަން އުފެދުނީ ވީކާ ޕީކާސް އިން ކުރަމުންދާ ކަންކަން ބަލައިގެން ކަމަށެވެ. އަދި ވީކޭ ޕީކާސް އިން ކުޅެފައި ހުންނަ ވީޑިއޯތައް ބަލައިގެން އެގޮތަށް ތަންތަނުން ފުމެ އުދުހެން މިކުދިންވެސް ބޭނުންވީ ކަމަށް މައިސަން ބުންޏެވެ. މިކުދިންގެ ތެރެއިން އެންމެ ހަނގު ކުއްޖާގެ އުމުރަކީ 12 އަހަރެވެ. މިހުރިހާ ކުދިންނަކީވެސް ކިޔަވާ ކުދިންނަށްވާއިރު މިކުދިން ޕްރެކްޓިސް ކުރަމުންދަނީ ކިޔަވާ ނިމުމަށްފަހު ހަވީރު ގަޑީގަ އެވެ.

ކޮންމެ އަކަސް ވައިކަރަދޫ ވެފައިމިވަނީ ޕާކޯ އަށް ޝައުޤުވެރިކަން ހުރި ކުދިންތަކެއް އުޅޭ ރަށަކަށެވެ. މިދެ ގްރޫޕުންވެސް ވާހަކަ ދެއްކި ކުދިން ބުނީ މިކަމަށް ޢާއިލާގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އަދި ބޭނުންވަނީ ޕާކޯ ރާއްޖޭގައި ކުރިއަރުވާ މިކަމަށް ގިނަ ބަޔަކު ނިކުތުން ކަމަށާއި، އެއީ އެންމެ ބޮޑު ޢަމާޒުކަމަށް މި ދެ ގްރޫޕުންވެސް ބުންޏެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަކަށް މިފަހަރު ކެނެޑާ

02 ސެޕްޓެމްބަރު 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

އެއްމާބަނޑު ހަތަރު ކުދިންގެ ބައްޕަގެ އިހްސާސްތައް!

19 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު