Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ. އަތޮޅު

ހދ. އަތޮޅުގެ ވެރިކަންކުރާ ރަށެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިޔަށް އެބަދޭ: ރައީސް އޮފީސް

6 ޖެނުއަރީ 2020 | ހޯމަ 11:44

އެންމެ ރަނގަޅީ ކުޅުއްދުއްފުށީގައި ވެރިކަން ކުރުން: ނޮޅިވަރަން ދާއިރާގެ މެމްބަރު

އަލީ ސަމާޚް
އަލީ ސަމާޚް | 6 ޖެނުއަރީ 2020 | ހޯމަ 11:44
ހދ. ކުޅުއްދުއްފުށި

ހދ. ކުޅުއްދުއްފުށި

ހދ. ކުޅުއްދުއްފުށިއަށް ސިޓީގެ ދަރަޖަދެވިގެން ދިޔުމާއިއެކު އެ އަތޮޅު ވެރިކަން ކުރާ ރަށެއްގެ ކަނޑައެޅުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަދީފައިވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އާބާދީގައި 10،000 މީހުން ހަމަވެއްޖެނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

ސީޓީއެއްގެ ދަރަޖަ ލިބިފައިވިޔަސް އަދިވެސް ހދ. އަތޮޅުގައި ވެރިކަން ކުރަމުން ދަނީ ކުޅުދުއްފުށީގައެވެ. ސިޓީއެއްގެ ދަރަޖަ އެ ރަށަށް ދިން ހިސާބުން ފެށިގެން ވެރިކަން ކުރަން އެ އަތޮޅުގެ ރަށެއް ހަމަޖައްސަންޖެހެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ސިޓީ ކައުންސިލްގެ ޝަރުތުހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއަކަށް އަތޮޅު ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށެވެ. ޤާނޫނުގައި ބުނެފައިވާގޮތުން ރާއްޖޭގެ ދެ ވަނަ އިދާރީ ދާއިރާއަކީ ހދ. އަތޮޅު އެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވުމުން އެ އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައަަޅަންޖެހޭނެ އެވެ.

ރާއްޖެ.އެމްވީއާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެކަންތައްތަކުގެ މަޝްވަރާތައް މިހާރު ކުރިޔަށްދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި އެ އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައެޅޭނެ ވަކި ތާރީހެއްވެސް ހޫދު ވިދާޅެއްނުވެއެވެ.

ހދ. އަތޮޅުގެ ވެރިކަން ކުރާނެ ރަށަށް ކަނޑައެޅުމާއި މެދު ބަހުސްތަކެއް ކުރެވެމުންދާއިރު އަތޮޅުވެރިކަން އަލުން ނޮޅިވަރަންފަރަށް ބަދަލުކުރަން އެ ރަށު ކައުންސިލުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރާއްޖެ.އެމްވީއާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވީ، އޭނާގެ ނަޒަރުގައި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަކީ ކުރިން އޮތްގޮތަށް ވެރިކަންކުރާ ރަށުގެ ގޮތުގައި ކުޅުދުއްފުށި އޮތުން ކަމަށެވެ. ނަޝީދު އެހެން ވިދާޅުވާ ސަބަބަކީ، މާލެ ފިޔަވާ ކުޅުދުއްފުއްޓަކީ އުމްރާނީ ގޮތުންނާއި އިޖްތިމާއި ގޮތުން ކުރިއަރާފައިވާ އެއް ރަށަށް ވާތީއެވެ. އަދި އެ ރަށް ނޫން އެހެން ރަށެއްގައި ވެރިކަން ކުރާނަމަ އަތޮޅު ކައުންސިލަށް ދިޔުމަށް ދަތުރެއްކޮށްފައި ދިޔުމުން ރައްޔިތުންގެ ޖީބުން ބޮޑު އެއްޗެއްދާނެ ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެހެން ނޫންނަމަ ދެން އަތޮޅުވެރިކަން ކުރަން އެންމެ ރަނގަޅުވާނީ އެ އަތޮޅު މެދުގައި އޮންނަ ރަށެއް ކަމަށެވެ. އެކަމަކު އެއީ ކުރިނބި، ނޮޅިވަރަން ނުވަތަ ނޮޅިވަރަންފަރު ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.

ހދ. އަތޮޅުގައި 14 ރަށެއް އޮވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟

12 މާރިޗު 2017
ފ. އަތޮޅުގެ ނަން "ސައުދީ އަތޮޅަށް" ބަދަލުކޮށްފި!؟
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް