Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ފްލެޓް

އައްޑޫ ސިޓީގެ ދެ ރަށަކުން ވިއްކަން ނިންމި ފްލެޓްތައް ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކޮށްލަނީ

6 ޖެނުއަރީ 2020 | ހޯމަ 09:51

ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބަހައްޓާފައިވަނީ 32 ފްލެޓް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖެނުއަރީ 2020 | ހޯމަ 09:51
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް

އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން ހިތަދުއާއި ހުޅުދޫގައި ޢިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ޢާންމުކޮށް މިހާތަނަށް ދޫނުކޮށް ހުރި ފްލެޓްތައް ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ދޫކުރުމަށް ނިންމާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިފްލެޓްތަކަކީ ކުރިން ވިއްކާގޮތަށް ބަހައްޓާފައި ހުރި ފްލެޓްތަކެއް ކަމަށެވެ. ނަމަވެސް ވިޔަފާރި އުޞޫލުން ވިއްކުމުގެ ބަދަލުގައި، އެފްލެޓްތައް ސޯޝަލް ހައުސިންގ ސްކީމްގެދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ދޫކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމާ އެކަން ކައުންސިލް އިދާރާއަށް އަންގާފައިވާކަމަށެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ފްލެޓްތައް ޢާންމުންނަށް ދޫކުރުމަށް އެކަން އިޢުލާންކޮށްފައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓީ 32 ފްލެޓެވެ. ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅާފައިވާ އުޞޫލާއި އެއްގޮތަށް މި 32 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫ ސިޓީގެ ހިތަދޫ ރައްޔިތުންނާއި ހިތަދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މަރަދޫ، މަރަދޫފޭދޫ، ފޭދޫ ރައްޔިތުންނަށް ކަަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ހުޅުދޫގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓުގެ ތެރެއިން ކުރިން ވިއްކާ ގޮތަށް ބެހެއްޓި 9 ފްލެޓެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ކުރިންވެސް ހައުސިންގ ޔުނިޓް ދޫކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް މި 9 ފްލެޓަށް ކުރިމަތިލެވޭނީ އައްޑޫސިޓީގެ ހުޅުދުއާއި މީދޫ ގެ ރައްޔިތުންނަށް ކަމަށެވެ.

ފްލެޓަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހެނީ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކަމަށް ކައުންސިލުން ބުނެއެވެ. ފްލެޓަށް އެދޭ ފޯމް އެ އިދާރާ އިންނާއި އަވަށު އޮފީސްތަކުން ލިބެން ހުންނާނެ ކަމަށާއި އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެކަމަށް ކައުންސިލުން ބުނެއެވެ.

ހިތަދޫގައި ޢިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން މީގެ ކުރިން ޢާންމުކޮށް ދޫކުރަން ހުޅުވާލީ 230 ފްލެޓެވެ. މިހާތަނަށް ޙަވާލުކުރެވުނީ 180 ފްލެޓެވެ. ޙަވާލުނުކުރެވި 50 ފްލެޓް ހުރިއިރު ހިތަދޫ ފްލެޓް ޞަރަޙައްދު ލޭންޑްސްކޭޕް ކުރުމާއި، ލައިޓް ޖެހުމުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ހުޅުދޫގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން މީގެ ކުރިން ޢާންމުކޮށް ދޫކުރަން ހުޅުވާލީ 38 ފްލެޓެވެ. ފްލެޓަށް އެދި ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުޠު ހަމަވީ 25 ފަރާތެކެވެ. ދާއިމީ ލިސްޓުގަ ހިމެނުނީ 20 ފަރާތެކެވެ. އެގްރީމަންޓްގައި މިހާތަނަށް ސޮއި ކުރީ 4 ފަރާތަކުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް