Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖިއެމްއެޗް ފްލޫ ކްލިނިކް

ފްލޫއާ ގުޅިގެން ނުވަ މީހަކު އައިސީޔޫގައި ދަނީ ފަރުވާ ދެމުން: އައިޖީއެމްއެޗް

މިހާތަނަށް 3499 މީހުންނަށް ފްލޫ ކްލިނިކުން ވަނީ ފަރުވާ ދެވިފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 މާރިޗު 2017 | އަންގާރަ 16:11
އައިޖިއެމްއެޗް ފްލޫ ކްލިނިކް

އައިޖިއެމްއެޗް ފްލޫ ކްލިނިކް

މިހާރު ފެތުރެމުންދާ ރޯގާތަކާއި ގުޅިގެން ހޯމަ ދުވަހުގެ ނިއަލަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ނުވަ މީހުން ފަރުވާ ދެމުންގެންދާ ކަމަށް އެހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ރާއްޖޭ ޓީވީގެ "ޚަބަރުފީތާ"ގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާގެ ޑިރެކްޓަރ އަހްމަދު މައުސޫމް ވިދާޅުވީ، މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މަދުވަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ، ހޯމަ ދުވަހުގެ ނިއަލަށް 27 މީހުން އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް މިހާތަަނަށް 3،499 މީހުންނަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ދަނީ މާބަނޑު މީހުންނަށް އިންފްލުއެންޒާ ވެކްސިން ޖަހަމުންނެވެ.

" މިހާތަނަށް މާބަނޑު 888 މީހުންނަށް ވަނީ ވެކްސިން ދެވިފަ. މާބަނޑު މީހުންނަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ވެސް ވެކްސިން ދެމުންގެންދަނީ،" މައުސޫމް ވިދާޅުވި އެވެ.

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ސާފުތާހިރު ކަމަށް ހުރިހާ ފަރާތްތަކުން ވެސް އިސްކަން ދެއްވުމަށް އައިޖީއެމްއެޗުގެ ޕަބްލިކް ހެލްތު ސްޕެޝިއަލިސްޓް ޑރ. އަބްދުލް މަލިކް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލަށް ކޮންމެހެން، އަންނަން ނުޖެހޭ ހާލަތްތަކުގައި ހޮސްޕިޓަލަށް ނުދިއުމަށް ވަނީ އެދިފަ އެވެ. މަލިކް ވިދާޅުވީ، މިހާރު ފެތުރެމުންދާ ފްލޫއާ ގުޅިގެން އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންނަކީ ކޮންމެވެސް އެހެން ބައްޔެއް ހުންނަ ފަރާތެއް ކަމަށެވެ. އެހެން ކަމުން، ބޮޑެތި ބަލިތައް ހުރި ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.

އައިޖީއެމްއެޗުގައި ފްލޫ ކްލިނިކް ހުޅުވާފައިވަނީ 11 މަރޗްގަ އެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު