ރާއްޖެ
ޕްލޭނިންގް މިނިސްޓްރީ
ހަ ރަށެއްގެ މަގު ހެދުމަށް ސަރވޭ ކުރުމުގެ މަސައްކަތް ހަވާލުކޮށްފި
ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި

އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2019 | އަންގާރަ 08:50

އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާއި ހަވާލުކުރުން
ހަ ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ ސަރވޭ ކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ސަރވޭ، ޑިޒައިން އަދި އީ.އައި.އޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިންގ ކޮންސަލްޓެންޓްސް އޮފީހާ އެވެ.
އެގޮތުން މަގު ހެދުމުގެ ސަރވޭގެ މަަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، މ.މުލި، ލ.ގަން އަދި ތ. ގުރައިދޫއެވެ.
3,176,164.50 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 120 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.







