Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ- ރަޝިއާ

ނިރުބަވެރި ހަމަލާއެއްގެ މައުލޫމާތު ދެއްވުމުން ޕުޓިންގެ ޝުކުރު ޓްރަމްޕަށް!

އާދިއްތަ ދުވަހު ޕުޓިން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޑިސެމްބަރު 2019 | އާދީއްތަ 18:51
ޑޮނަލްޑް ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވަނީ

ޑޮނަލްޑް ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވަނީ

ނިރުބަވެރި ޙަމަލާއެއްގެ މަޢުލޫމާތު ދެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޝުކުރު އަދާކުރައްވައިފިއެވެ.

ޖާސޫސީ މަޢުލޫމާތުގެ އެހީގައި ޓެރަރިސްޓް ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ހިއްސާކުރެއްވުމާއި ގުޅިގެން އާދިއްތަ ދުވަހު ޕުޓިން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެ ޙަމަލާއަކީ އައު އަހަރާއި ދިމާކޮށް ރަޝިއާގެ ސިޓީއެއްކަމަށްވާ ސެއިންޓް ޕީޓަރސްބާރގ އަށް ދޭން އުޅުނު ޙަމަލާއެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ރަޝިއާގެ މީޑިއާތަކާއި ޙަވާލާދީ ބީބީސީގައި ރިޕޯރޓު ކޮށްފައިވެއެވެ.

ރަޝިއާގެ ޖާސޫސީ އިދާރާގެ ތަރުޖަމާނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯރޓުކުރާގޮތުގައި، އެ މަޢުލޫމާތުތައް ލިބުމާ ގުޅިގެން ރަޝިއާއިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުޞީލު ހާމަކޮށްފައެއް ނުވެއެވެ.

ޕުޓިންއާއި ޓްރަމްޕް ވަނީ މީގެ ކުރިންވެސް ފޯނުން ބައްދަލު ކުރައްވައި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުންތަކާއި، ސީރިއާއާއި، އުތުރު ކޮރެއާގެ އިތުރުން ވިޔަފާރިއާއި ގުޅުންހުރި ކަންކަން ހިމެނެއެވެ.

2017 ވަނަ އަހަރުގެ ޑިސެންބަރު މަހުވެސް ޕުޓިން ވަނީ ނިރުބަވެރި ޙަމަލާއެއްގެ މަޢުލޫމާތު ހިއްސާކުރެއްވުމާއި ގުޅިގެން ޓްރަމްޕަށް ޝުކުރުއަދާ ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2019

އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ދުއްވަން އިން ޕައިލެޓްގެ ލައިސެންސާ ބެހޭ މައުލޫމާތު ހާމަކޮށްފި

26 ފެބުރުއަރީ 2019
އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ދުއްވަން އިން ޕައިލެޓްގެ ލައިސެންސާ ބެހޭ މައުލޫމާތު ހާމަކޮށްފި
03 ފެބުރުއަރީ 2019

ސިންގަޕޫރުގެ އެޗް އައި ވީ އާއިބެހޭ މައުލޫމާތުތައް އޮންލައިންކޮށް ލީކު ކޮށްލައިފި

03 ފެބުރުއަރީ 2019
ސިންގަޕޫރުގެ އެޗް އައި ވީ އާއިބެހޭ މައުލޫމާތުތައް އޮންލައިންކޮށް ލީކު ކޮށްލައިފި
15 އޮކްޓޯބަރު 2018

ޚަޝޯގީއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނަން: ސައުދީ

15 އޮކްޓޯބަރު 2018
ޚަޝޯގީއާއި ބެހޭ ތަހުގީގީ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރާނަން: ސައުދީ
06 ޖުލައި 2018

ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން

06 ޖުލައި 2018
ޕޮމްޕެއޯ އުުތުރު ކޮރެއާ އަށް ވަޑައިގެންނެވީި އެގައުމުން ނިއުކްލިއަރ ހަތިޔާރުން ގެންގުޅުމުން ހުއްޓާލުމާ ބެހޭ ތަފްސީލީ މައުލޫމާތު ހޯއްދަވަން
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު