Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކަރީނާ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ސްވިޒެލެންޑްގައި

ކަރިޝްމާ ވަނީ އެއާއިލާ ސްވިޒެލެންޑްގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އިންސްޓަރގްރާމަށް ޕޯސްޓުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 ޑިސެމްބަރު 2019 | ހޮނިހިރު 18:09
ކަރީނާ އާއި ސައިފް (ކ)، ކަރީނާ އާއި އޭނާގެ ދައްތަ ކަރިޝްމާ އަދި ދަރިފުޅު ތައިމޫރް (ވ)

ކަރީނާ އާއި ސައިފް (ކ)، ކަރީނާ އާއި އޭނާގެ ދައްތަ ކަރިޝްމާ އަދި ދަރިފުޅު ތައިމޫރް (ވ)

ކަރީނާ ކަޕޫރް ޚާނާއި އޭނާގެ ޢާއިލާ ސްވިޒަލެންޑުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މަޢުލޫމާތުދީފައިވާ ގޮތުގަ، ކަރީނާއާއެކު ފިރިމީހާ ސައިފް އަލީ ޚާނާއި، ދަރިފުޅު ތައިމޫރް އަލީ ޚާނުގެ އިތުރުން ކަރީނާގެ ދައްތަ ކަރިޝްމާ ކަޕޫރުވެސް ބައިވެރިވިއެވެ.

ކަރިޝްމާ ވަނީ އެ ޢާއިލާ ސްވިޒަލެންޑުގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް އިންސްޓަރގްރާމަށް ޕޯސްޓުކޮށްފަ އެވެ. ފޮޓޯތައް ޕޯސްޓުކުރަމުން ކަރިޝްމާ ބުނެފައިވަނީ މިއީ ޢާއިލާގެ ވަގުތުކަމަށެވެ. ސްވިޒަލެންޑަށް މިދުވަސްވަރަކީ ފިނިމޫސުންކަމުން އެންމެންވެސް ތިބީ ފިނި ހެދުންލައިގެންނެވެ.

ކަރީނާ އާއި ސައިފަކީ އަބަދުވެސް ޢައިލީ ވަގުތު ރާވައިގެން ޤައުމުން ބޭރުގައި ހޭދަކުރަމުންދާ ދެ ތަރިންނެވެ. ދެ ތަރިންގެ ސަޕޯޓަރުންވެސް މިދެތަރިން ޗުއްޓީ ހޭދަކުރަމުންދާ ގޮތް ގާތުން ބަލަމުންދެއެވެ. މިއަހަރު ކުރީ ކޮޅު ދެތަރިން ވަނީ ލަންޑަންގައި ޗުއްޓީ ހޭދަކޮށްފައެވެ. އެފަހަރު ތެރޭގައި ދެ ތަރިންގެ ދެ ފިލްމެއްގެ ޝޫޓިންގެ މަސައްކަތްވެސް ކޮށްފައިވެ އެވެ.

ކަރީނާގެ އެންމެ ފަހުގެ ފިލްމު ގުޑް ނިއުޒް މިހާރު ސިނަމާތަކުގައި އަޅުވާފައިވާއިރު، ފިލްމު އެޅުވި ދުވަހު އެފިލްމަށް 18 ކްރޯޑް ރުޕީޒް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

އިންޑިއާގެ ކުންފުންޏަކުން މުވައްޒަފުންނަށް ނަފްސާނީ ޗުއްޓީ ދޭން ފަށައިފި

11 އޮކްޓޯބަރު 2017
އިންޑިއާގެ ކުންފުންޏަކުން މުވައްޒަފުންނަށް ނަފްސާނީ ޗުއްޓީ ދޭން ފަށައިފި
10 އޮކްޓޯބަރު 2017

އާއިލާއާއެކު އުފަން ދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެ އައިސްފި

10 އޮކްޓޯބަރު 2017
އާއިލާއާއެކު އުފަން ދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެ އައިސްފި
28 އޯގަސްޓު 2017

"ވީރޭ ދި ވެޑިން"ގައި ތައިމޫރު ނުފެންނާނެ: ކަރީނާ

28 އޯގަސްޓު 2017
"ވީރޭ ދި ވެޑިން"ގައި ތައިމޫރު ނުފެންނާނެ: ކަރީނާ
26 ޖުލައި 2017

ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް

26 ޖުލައި 2017
ސައިފް އާއި ކަރީނާ 2 ހަފްތާގެ ޗުއްޓީއަކަށް
17 ޖުލައި 2017

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު